Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީނަށް ހުސްކުރި ގޮނޑި

ހާލުގެ ދުލުން، ފިޔާތޮށި ގޮނޑި: މާފެއް ނުކުރާނަން

ހުސް ގޮނޑީގެ އެއް ފަރާތުގައި ކެންޑިޑޭޓު އިންނަވާއިރު، ޕާޓީގެ ވަގުތީ ލީޑަރު އަނެއް ފަރާތުގައި އިންނަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2023 | އަންގާރަ 09:14
ޖަލްސާތަކުގައި އޭރު "ޔާމީން" ގެ ނަންފުޅު ޖަހާފައި ހުސްގޮނޑިއެއް ބަހައްޓާ

ޖަލްސާތަކުގައި އޭރު "ޔާމީން" ގެ ނަންފުޅު ޖަހާފައި ހުސްގޮނޑިއެއް ބަހައްޓާ

އެ ދުވަސްވަރަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފޯރިޔާއެކު ކުރިއަށްދިޔަ ދުވަސްވަރެވެ. އޭރު އޮތް އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު ޖަލުގައި އޮންނެވުމާއެކު، އެ ލީޑަރުގެ ހަނދާނުގެ ރަމްޒެއްގެ ގޮތުން އޭރު ސިޔާސީ ޙަރަކާތްތަކުގައި ފަރިކޮށް، ނަލަކޮށްފައި ބަހައްޓަނީ އަހަންނެވެ. އެއީ ބަޔާންކުރަންވެސް ދަތި، އުފާވެރި އިހުސާސެކެވެ.

އޭރު އިދިކޮޅުން ބާއްވާ ކޮންމެ ޙަރަކާތެއްގައި، ޒިޔާރަތްކުރާ ކޮންމެ ރަށެއްގައި އެންމެ އިސް މަޤާމު ދީ، އެންމެ މަތީ ޝަރަފު ދީ، އެންމެ އަހުރަވެތި ޤަދަރެއް ދީއުޅުނީ އަހަންނަށެވެ.

އަހަރެންދާ ކޮންމެ ޖަލްސާއެއްގައި އެންމެ މަތިވެރި މަޤާމުގައި އިންނަނީ އަހަންނެވެ. އަހަރެންގެ އެއް ފަރާތުގައި ކެންޑިޑޭޓު އިންނަވާއިރު، ޕާޓީގެ ވަގުތީ ލީޑަރު އަނެއް ފަރާތުގައި އިންނަވައެވެ. އެބޭފުޅުން ބައެއް ފަހަރު ތަފާތު ނަޒަރަކުން އަހަރެންނާ ދިމާއަށް ބަލާވެސްލައެވެ. ބައެއް ފަހަރު އަހަރެން ލަދުވެސް ގަނެއެވެ. ލިބޭ ލޯތްބާއި ސަމާލުކަމުގެ ބޮޑުކަމުންނެވެ.

އޭރު އަހަރެންނަށް އިހުސާސް ކުރެވުނީ ސިޔާސީ ކޮންމެ ޖަލްސާއެއްގައި އަހަރެންނަށް ރަސްކަން ކުރެވޭހެންނެވެ. މުޅި މާހައުލުގެ ރޫހަކީ، ދިރުމަކީ އަހަރެންހެންނެވެ.

އެއް ދުވަހަކު އަހަރެންނަށް ރަށުތެރެއިން އިވުނު ވާހަކައަކުން އަހަރެންގެ ހިތަށް އުނދަގޫތަކެއްވިއެވެ. ސިއްރު ސިއްރުން، މަޑުމަޑުން، ކޯޅިކޯޅިއަށް ތިބެ ދައްކަމުން ދިޔައީ، އިންތިޚާބަށްފަހު އަހަރެންގެ ބޭނުން ކެނޑޭނެ ވާހަކައެވެ. އެ ވާހަކަތަކުން އަހަރެންގެ ހިތުގައި ކުޑަ ކޫރުމެއް އެޅުނުނަމަވެސް، އަހަރެން ޕާޓީގެ ލީޑަރޝިޕަށް އިތުބާރުކުރަން ނިންމީމެވެ.

ޕާޓީގެ ޖަލްސާތަކުގައި، އަހަރެންގެ ކުރީމަތީގައި ލީޑަރޝިޕްގެ ބޭފުޅުން އަޑަށް ބާރުލައްވައި ވިދާޅުވެފައި ހުރި ބަސްތަށް ހަނދާން ކޮށްލާފައި އަހަރެން ހިތަށް ތަސައްލީއެއް ހޯދީމެވެ. އަދި ރަށުތެރޭގައި ފަތުރަމުންދާ ފިތުނައިގައި ނުޖެހުމަށް ނިންމީމެވެ.

ކޮންމެއަކަސް، އިންތިޚާބު ނިމި، އަހަރެންގެ ޕާޓީއަށް ކާމިޔާބީ ލިބިއްޖެއެވެ. އަހަރެންގެވެސް އުފާވެރިކަމުގެ ކޮޅެއްނެތެވެ. އެހެން ނުވާންވީވެސް ކީއްވެތޯއެވެ. އެތައް ދުވަހަކު އަހަރެންވެސް އެކަނި ކުރި އިންތިޒާރަށް ނިމުން އަންނަނީއެވެ. އަހަރެން ދެން ގައިމު ހުހަށް އިންނާކަށް ނުޖެހޭނެއެވެ. ނިއްކުރީގައި މީހެއްގެ ނަން ޖަަހައިގެން، ދެނެއް އިންނާކަށް ނުޖެހޭނެއެވެ. އެމީހަކަށްޓަކައި ކުރި އިންތިޒާރުގެ ފޮނިމީރުކަން މިއޮއްގެން ލިބެނީއެވެ.

އަހަރެންގެ ޕާޓީގެ ކެންޑިޑޭޓު މަޤާމުގެ ހުވާ ކުރައްވައިިފިއެވެ. އެ ޖަލްސާއަށް އަހަރެންނެއް ނުގެންދެއެވެ. ފަހަރުގައި އެއީ ޕާޓީން އިންތިޒާމުކުރި ޙަރަކާތަކަށް ނުވާތީ އަހަރެންނަށް އެ ފުރުސަތު ނުލިބުނީކަމަށް ޤަބޫލުކުރީމެވެ.

ދެން ފެށިގެންދިޔައީ ޕާޓީ ވެރިކަމަށް އައުމުން އުފާ ފާޅު ކުރުމާއި، ޕާޓީ ވަރުގަދަ ކުރުމުގެ ޖަލްސާތަކާއި ޙަރަކާތްތަކެވެ. ނަމަވެސް އެއިން އެއްވެސް ޙަރަކާތަކަށް އަހަންނެއް ނުގެންދެއެވެ. އަހަރެން އޮތީ ޕާޓީގެ ގޮނޑިމޭޒު ބަހައްޓާ ގުދަނުގައެވެ. ކޮންމެވެސް ވަަރަކަށް ގައިގައި ހިރަފުސް ހޭކި، ކުޑަކޮށް ރޯގާވެސް ޖެހިފައެވެ. ނަމަވެސް އަހަަރެން ކެތްކުރީމެވެ.

ކޮންމެ ރެއަކު ޖަލްސާ ނިންމާފައި ގޮނޑިތަކާއި މޭޒުތައް ގުދަނަށް ލާން އަންނަ މީހުން ދައްކާ ވާހަކަތަކުން އަހަރެންނަށް މާޔޫސްކަން ނޫންކަމެއް ނުލިބެއެވެ. އަލުން މި އަނދިރިކަމުން ނުކުމެ، ކުރިން ލިބުނު ލޯތްބާއި އޯގާތެރިކަން އަހަންނަށް ލިބޭނެކަމުގެ އުއްމީދު މަޑުމަޑުން ފަނޑުވާން ފެށިއެވެ.

އެންމެ ފަހުން އިވިގެންދިޔައީ އެމީހަކަށްޓަކައި އަހަރެން ޚާއްސަކުރި މީހާއަށްވެސް ޖެހިގެން އުޅެނީ ހަމަ މިފަދަ ޙާލެއްކަމުގެ ވާހަކައެވެ. އެހިސާބުން އަހަންނަށް ވިސްނުނެވެ. އަހަންނަކީ އިންތިޚާބަށް ޚާއްސަކޮށް، ޒީނަތްތެރިކޮށްގެން ނެރުނު ނިކަމެއްޗަކީމެވެ.

އެހިސާބުން އަހަރެންގެ ހިތުގައިވެސް ބަދަލު ހިފުމުގެ ރޫހު އަށަގަތެވެ. އަހަރެންގެ އަތުގައި ހިފި މަދު ބަޔަކާއެކު އަހަރެންވެސް އަލުން ނުކުތީމެވެ. އެމީހުން ދާ ކޮންމެ ރަށަކުން އަހަރެން އެމީހުންނާ ބައްދަލުކުރީމެވެ. އަހަރެންނަށް ދިން ނިކަމެތިކަން ހަނދާން ކޮށްދިނީމެވެ. އެމީހުން އިންތިޚާބަށްޓަކައި އަހަރެންގެ ބޭނުން ހިފާލި ގޮތް ކިޔަމުން ފަހަތުން ދިޔައީމެވެ.

އަަހަރެންގެވެސް ހިތެއް އޮވެއެވެ. މާފެއް ނުކުރާނަމެވެ. އަހަންނަށް ދިން އަނިޔާ ހަނދާނެއް ނުނެތޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018
ފޮއިގޮނޑި އެޅުން: ކިހިނެއް ކުރާ ކަމެއް؟

ފޮއިގޮނޑި އެޅުން: ކިހިނެއް ކުރާ ކަމެއް؟

17 ޖެނުއަރީ 2018
ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

11 ޖެނުއަރީ 2018
ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

ގާރީގެ މަޖުބޫރީ ހާލާތު ޝާފިއުގެ ދުލުން: ފާރިސް ގޮޅިއަކަށް ފެއްތުން!

09 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު