Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދިއްޕޮޅު ބަންކަރިން ހިދުމަތް

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށްގެންދާނެ - ސައީދު

12 ޑިސެމްބަރު 2023 | އަންގާރަ 05:17

އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތަކާ މެދު ސަރުކާރުން ގޮތެއް ނުނިންމާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޑިސެމްބަރު 2023 | އަންގާރަ 05:17
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ވ)

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ) އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ވ)

މި ސަރުކާރުގެ އިންޓެންޝަނަކީ ބަންކަރިންގެ ހިދުމަތާއި، ދެންވެސް އިހަވަންދިއްޕޮޅު ސަރަހަދުން ދަތުރުކުރާ ބޯޓު ފަހަރަށް ދޭންޖެހޭ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ސަލީމުގެ ސުވާލުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ އުތުރަކީ އެތައް ކާގޯބޯޓުފަހަރެއް ކޮންމެ ދުވަހަކު ވެސް ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ސަރަޙައްދަކަށްވުމުން، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކުރެވެންދެން، އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ބޭނުންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ނިމިދިޔަ ސަރުކާރުން އެ ސަރަޙައްދުގައި ތެޔޮ ސްޓޯރޭޖެއް ޤާއިމުކޮށް ބަންކަރިންގެ ޚިދުމަތް ފެށުމަށް ޤަތަރުގެ އާބަކޮން ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާ އެކު ސޮއިކޮށްފައިވާއިރު، އެ މަސައްކަތް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ކުރީ ސަރުކާރުން ނިންމި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓަވާލެއްވީތޯއެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މިހާރު ނިންމަވާފައިވާގޮތަކީ ކޮބައިތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެ ސުވާލު އަމާޒުވަނީ ބަންކަރިންގެ ހިދުމަތެއް ދިނުމަށްޓަކައި އުތުރުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ކުރިއަށް ގެންދާ އެމްއޯޔޫއަށް ކަމަށާއި، އެ އެމްއޯޔޫގައި ސޮއިކޮށްފައި އޮތްކަމަށް މައުލޫމާތު ލިބިވަޑައިގަންނަވަނީ އެސްޓީއޯއާއެކު ގަތަރުގެ ކުންފުންޏަކުން ކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ހުއްޓާލައްވާފައި ނުވާނެ ކަމަށާއި އަދި އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތަކާ މެދު ސަރުކާރުން ގޮތެއް ނުނިންމާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމްއޯޔޫ އެކްޓިވްކޮށް އޮތްކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރު ސުވާލު ކުރުމުގެ ބައިގައި، އިކޮނޮމިކް މިނިސްޓަރުގެ ޖަވާބާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމުގައި ބުނެފައިވާ ބަންކަރިންނާއި އާގުބޯޓުފަހަރަށް ހިދުމަތް ދިނުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތެއް ނުނިންމަވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓްރީން ކަމަށާއި އެހެންކަމުން ސަރުކާރުން އެ ކަންކަން ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް ނެތްކަމަށް މެންބަރު ވިދާޅުވިއެވެ.

މީގެއިތުރުން މިބާވަތުގެ ކަމެއް ފަށަން ނަގާނީ ކުޑަ މުއްދަތެއް ކަމަށާއި ސަރުކާރުގެ ސިޔާސަތުގެތެރޭގައި އެކަން ފެށުމަށް ވަޒީރަކު ނެތީތޯ ވަނީ މެންބަރު ސަލީމް ވަނީ ސުވާލުކުރައްވާފައެވެ.

މެންބަރުގެ މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ އިންޓެންޝަނަކީ ބަންކަރިންގެ ހިދުމަތާއި، ދެންވެސް އެ ސަރަހަދުން ދަތުރުކުރާ ބޯޓު ފަހަރަށް ދޭންޖެހޭ ހިދުމަތް އިންވެސްޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެމްއޯޔޫއަކީ އެސްޓީއޯއާއި ގަތަރުގެ ކުންފުންޏަކާއެކު ވެފައިވާ އެމްއޯޔޫއެއް ކަމަށާއި އެމްއޯޔޫއާއި ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ އަރިހުން ސާފުކުރެއްވުމުން ވިދާޅުވެފައިވަނީ ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ގަތަރުން ސޮއިކުރި ކުންފުނިން ޕާޓްނާޝިޕް ދެވިދާނެތޯ ބެލުމަށް ސޮއިކޮށްފައިވާ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުންފުންޏަކާ ހަވާލުކުރީ އޮގަސްޓް 11 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަަމަ ކުރިއަށްދާނީ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމެވެ. އަދި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވެއް ހަދާނެއެވެ. މި މަސައްކަތުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ސްޓޯރޭޖެއް ގާއިމްކުރުމަށް ވަނީ ރާވާފައެވެ.

ބަންކަރިން ހިދުމަތާ އެކު ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ހޭންޑްލިން ނުވަތަ ބޯޓު ފަހަރު ސާވިސް ކުރުމާއި މަރާމާތު ކުރުމާއި ސްޕެއާ ޕާޓްސް ފޯރުކޮށްދޭނެއެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކުރުމަކީ އެތައް އަހަރެއްގެ އިގުތިސާދީ ހިފެހެއްޓުމަކުން މިންޖުވާނެ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް