Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަމުގެ ދާއިރާ

މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި ޤަރާރެއް ހުށަހަޅައިފި

މިފްކޯގެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ 60 އިންސައްތަ ޑޮލަރުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޑިސެމްބަރު 2023 | އަންގާރަ 10:15
މިފްކޯގެ މުވައްޒަފުންނާއި މަސްވެރިން ކޫއްޑޫ ބަނދަރުގައި

މިފްކޯގެ މުވައްޒަފުންނާއި މަސްވެރިން ކޫއްޑޫ ބަނދަރުގައި

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި އަދި މިފްކޯގެ މުވައްޒަފުންނަށް ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއެވެ. ސައުދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތަކީ ޒަމާނުއްސުރެ ދިވެެހިރާއްޖެއަށް ބޭރު ފައިސާ ވައްދަމުންދާ މުހިންމު އެއް ސިނާއަތަށްވެފައި މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނަކީ މަސްވެރިކަމުގެ ވިޔަފާރިކޮށް މަސް އެކްސްޕޯޓްކޮށް ގައުމުގެ އިގްތިސާދަށް ބޭރުފައިސާ ވެއްދުމަށް އާމްދަނީ ހޯދާ ކުންފުނިތަކުގައި މަސައްކަތް މުވައްޒަފުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި މަސައްކަތްތެރިންނާއި އަދި ހާއްސަކޮށް މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއްނެތި 24 ގަޑިއިރު އެ ސިނާއަތަށް ގައުމީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ކުރަމުންދާ ބަޔެއްކަމަށް ސައުދު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ.

އަދި މަސްވެރިންނާއި މިފްކޯގެ މުވައްޒަފުން ރެއާއި ދުވާލު ގަދަވަޔާއި ވިއްސާރައިގައި ދޭހާ އަވީގައި ކަނޑުމަތީގައި މަސައްކަތް ކުރަމުންދާ ބަޔަކަށްވުމުން އަމިއްލަ ނުވަތަ އާއިލީ ޒަރޫރީ ބޭނުންތަކަށް ދިވެހިރާއްޖެއިން ބޭރުން ހޯދަންޖެހޭ ހިދުމަތްތައް ހޯދުމަށް ބެނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ދިވެހި މަސްވެރިންނަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މެންބަރު ސައުދު ހުށަހެޅުއްވި ޤަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނަށް ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، މަސްވެރިންނާއި މަސްވެރިންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމަށާއި ބޭސްފަރުވާ ކުރުމަށާއި މަސްވެރިންނާއި މަސްވެރިންގެ އާއިލާތަށް ހައްޖު އަދި އުމުރާ ދަތުރުތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައަކަށްވެ، އެއީ މަސްވެރިންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން މަސްވެރިންކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްދޯނިފަހަރުގެ އޮޑިވެރިންނަކީ މަސްވެރިކަމުގެ ސިނާއަތް ދިރުވާ ދަމަހައްޓާ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިވެރިންކަމަށާއި އޮޑިވެރިން މަސްދޯނިފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގަތުމަށާއި މަސް ފިނިކުރުމަށް ބޭނުންވާ އާރުއެސްޑަބްލިއު ސިސްޓަމްތަކާއި އެއާއި ގުޅޭ މެޝިނަރީޒް ގަތުމަށާއި މަސްދޯނިފަހަރަށް ބޭނުންވާ ސްޕެއަރޕާޓްސް ފަދަ ރާއްޖެއިން ބޭރުން ގަންނަންޖެހޭ ތަކެތި ގަތުމަށާއި، އޮޑިވެރިންނާއި އާއިލާތައް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށާއި އޮޑިވެރިންނާއި ދަރިން ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމަށާއި އަދި އޮޑިވެރިންނާއި އާއިލާ ހައްޖު އަދި އުމުރާއަށް ދިއުމަށް ބޭނުންވާ ޑޮލަރު މިފްކޯ ނުވަތަ ބޭންކް މެދުވެރިކޮށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ އޮޑިވެރިންގެ އަގުވަޒަންކުރުމަށް ބޭނުންތެރި އަދި މަސްދޯނި ފަހަރަށް ބޭނުންވާ މުހިންމު ސްޕެއަރފަދަ ތަކެތި ލަސްނުވެ ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެކަަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މަސްކުންފުނި ކަމުގައިވާ މިފްކޯގެ މުވައްޒަފުންނަކީ ވެސް ރެއާ ދުވާލު ކަނޑުމަތީގައާއި އެކިއެކި ސައިޓްތަކުގައި މަސައްކަތް ކުރާ ބަޔަކަށްވުމާއި އަމިއްލަ ޒަރޫރީ އާއިލީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިފްކޯގެ މުވައްޒަފުންނަށް ދެވޭ މުސާރައިގެ 60 އިންސައްތަ ޑޮލަރުން ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މުވައްޒަފުން އަދި މުވައްޒަފުންގެ ދަރިން ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމަށާއި، މުވައްޒަފުންނާއި އާއިމާ ހައްޖު އަދި އުމުރާއަށް ދިއުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ މުވައްޒަފުންގެ އަގު ވަޒަންކުރުމާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަންނީ ތަޖުރުބާ ލިބިފައިވާ މަސައްކަތްތެރިން މަސްވެރިވެރިކަމުގެ ސިނާއަތުގައި ދެމިތިބުމަށް ދެވޭ ހިތްވަރަކަށް ވުމުން މަސްވެރިކަމުގެ ސިނާއަތަށް ދިރުން ލިބިގެންދާނެ ކަމަށް ޤަރާރުގައި މެންބަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މަސްވެރިންނާއި، އޮޑިވެރިންނާއި، މަސައްކަތްތެރިންނަކީ ގައުމުގެ އިގްތިސާދަށް ބޭރުފައިސާ ވައްދާ ދިވެހި އިގްތިސާދުގައި މުހިންމު އަދި އެހާމެ ބުރަ މަސައްކަތްކުރާ ބަޔަކަށްވުމާއި، ގައުމުގެ ފުޑް ސެކިއުރިޓީ ދަމަހައްޓާ ގާއިމްކުރާ އެއް ސިނާއަތުގެ ބައިވެރިންކަމުގަައި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި ޒުވާނުން ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މަސްވެރިކަމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) 6 ވަނަ ނަންބަރުގައިވާ ގޮތަށް މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއާއި ނަފާ ހޯދުމަށް އެހީތެރިވެދިނުމުގެ މަގުސަދު ހާސިލްވެގެންދާނެ މުހިންމު ކަމަކަށްވާތީ ޤަރާރު ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު