Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމު

ސްކަލޯނީ އެންމެ ފަހުގެ ނިންމުން ނިންމާނީ މެސީގެ މަޝްވަރާ އާއެކު

ނިންމާ ނިންމުމެއް ނިންމާނީ، އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމަށް ފައިދާ ހުރި ގޮތަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2023 | އަންގާރަ 01:42
އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ އަދި ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށްލުމާމެދު، އެންމެ ފަހުގެ ގޮތެެއް ނިންމުމުގެ ކުރިން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ މަޝްވަރާ ކުރާނެ ކަމަށް އެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ދާދި ފަހުން ސްކަލޯނީ ވަނީ އާޖެންޓީނާ ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިވާން އުޅޭ ފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ވާދަވެރި ބްރެޒިލް ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުން ސްކަލޯނީ، އާޖެންޓީނާގެ ކޯޗުކަމުގައި ހުންނަން ޖެހޭނީ ވަރަށް ހިތްވަރު އަދި ބުންވަރު ހުރި މީހެއް ކަމަށެވެ. އާޖެންޓީނާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންނަ އަހަރު އޮންނަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތަށްފަހު ސްކަލޯނީ ޤައުމީ ކޯޗުކަމުން ވަކިވާނެ އެވެ. ނަމަވެސް، އެއީ ސީދާ ވަކި ކޮން ސަބަބެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އާޖެންޓީނާގެ މީޑިއާއަކާ ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، އޭނާ މެސީއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް މެސީއާ ވާހަކަ ދައްކައި، މަޝްވަރާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއަށްފަހު ނިންމާ ނިންމުމެއް ނިންމާނީ، އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމަށް ފައިދާ ހުރި ގޮތަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ސްކަލޯނީއާ އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަނާ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް އޭނާ ވަނީ ރައްދު ދީފަ އެވެ. އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަނާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާނެ ކަމަށާއި، އެ އިދާރާގެ އިސްވެރިންނާ ވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެ ނަޒަރުގައި މައްސަލައެއް ނެތް ކަމަށާއި، އެއީ އޭނާގެ އަމިއްލަ ޒާތީ ކަމެއް ކަމަށެވެ.

އާޖެންޓީނާގެ ކޯޗުކަމާ އޭނާ ހަވާލުވީ، 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ބައްރުތަކުގެ މެދުގައި ކުޅޭ ފައިނަލިސިމާ އަދި ފީފާ ވޯލްޑް ކަޕް އޭނާ ވަނީ އާޖެންޓީނާ އަށް ކާމިޔާބު ކޮށްދީފަ އެވެ. އާޖެންޓީނާ ޤައުމީ ޓީމާ ހަވާލުވި ފަހުން ސްކަލޯނީ އާއި ކެޕްޓަން މެސީއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ޤައުމީ ޓީމާ ގުޅުން ހުރި ގިނަ ކަންކަމުގައި ސްކަލޯނީ މެސީއާ މަޝްވަރާ ކުރެ އެވެ.

މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރި ފަހުން، އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ސްކަލޯނީގެ އެއްބަސްވުން އައު ކޮށްފަ އެވެ. އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފި

ގދ.ތިނަދޫއިން ފަހަތުން އަރައި އެންމެ ފަހުގެ ރަނަރަޕް ސ.ފޭދޫ ބަލިކޮށްފި

09 ޖުލައި 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
 އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ފައިނަލަށް

އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ފައިނަލަށް

21 ޖޫން 2017
މޯލްޑިވިއަން ޓީމް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާއިފި

މޯލްޑިވިއަން ޓީމް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާއިފި

21 ޖޫން 2017
ވެޓަރެންސް މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނާއި ރަނަރަޕް

ވެޓަރެންސް މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނާއި ރަނަރަޕް

23 މެއި 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު