Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކުޅުން ދަށްވެ، ޒަވީ އަށް ޕްރެޝަރު ބޮޑު ވަނީ

12 ޑިސެމްބަރު 2023 | އަންގާރަ 01:40

ޒަވީ ބޭނުންވާ ކަހަލަ ކުޅުންތެރިންނާއެކު ވެސް ބާސެލޯނާ އަށް ސްޕެނިޝް ލީގުގެ ތަށި ދިފާއު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން، ޒަވީ އަށް ޕްރެޝަރު ބޮޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2023 | އަންގާރަ 01:40
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް، ކުލަބުގެ ވެރިންގެ ޕްރެޝަރު ބޮޑުވާން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޒަވީ އަށް ޕްރެޝަރު ބޮޑު ވަނީ ބާސެލޯނާގެ ކުޅުން ދަށްވުމުގެ ސަބަބުންނެވެ. ކުޅުން ދަށްވުމުގެ ސަބަބުން، ބާސެލޯނާ އަށް ނަތީޖާ ނެރުމަށް ވެސް ވަނީ އުނދަގޫވެފަ އެވެ. އެންމެ ފަހުން ސްޕެނިޝް ލީގުގައި ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބާސެލޯނާ އަށް ވަނީ ހައިރާންވާ ނަތީޖާއެއް ލިބިފަ އެވެ. އެއާއެކު މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ވެސް ބާސެލޯނާ އަށް ކާމިޔާބު ކޮށްދިން ކޯޗު، ޒަވީ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޒަވީ ބޭނުންވާ ކަހަލަ ކުޅުންތެރިންނާއެކު ވެސް ބާސެލޯނާ އަށް ސްޕެނިޝް ލީގުގެ ތަށި ދިފާއު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން، ޒަވީ އަށް ޕްރެޝަރު ބޮޑު ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

މީގެ ކުރިން ވެސް ޒަވީ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބާސެލޯނާ އިން ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް މީޑިއާ ތަކުގައި އެވާހަކަތައް ފެތުރުނެވެ. ނަމަވެސް، ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ސްޕޯޓިން ޑިރެކްޓަރު ޑެކޯ ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އެގޮތުން ބާސެލޯނާގެ އިސްވެރިންގެ ފުރިހަމަ ތާއީދު ޒަވީ އަށް އޮންނާނެ ކަމަށާއި، އޭނާ ކުރަމުން އަންނަ މަސައްކަތަށް ކުލަބުން އެއްބާރުލުން ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ، ބާސެލޯނާގައި ޒަވީ ކުރަމުން އަންނަ މަސައްކަތާމެދު، ކުލަބުގެ ވެރިން ހިތްހަމަ ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އުމުރުން 43 އަހަރުގެ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާާލްޑް ކޫމަން މަގާމުން ވަކި ކުރަން ނިންމުމާއެކު އެވެ. ބާސެލޯނާ އާއެކު ޒަވީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2024 ވަނަ އަހަރު އެވެ. ނަމަވެސް، މިއަހަރު ބާސެލޯނާ އިން ވަނީ އޭނާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން، ބާސެލޯނާ އާއެކު މިހާރު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް