Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާޖިދާ ކޮންޓްރެކްޓް މަގާމަކަށް

ސާޖިދާ އާއެކު ކޮންޓްރެކްޓް ހަދައިފި، ގަޑިއިރަކަށް 75 ރުފިޔާ

މަހަކު 40 ގަޑިއަރަށް މަސައްކަތް ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޑިސެމްބަރު 2023 | ހޯމަ 09:51
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މި މަހުގެ 7 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު، މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮންޓްރެކްޓް ހަދާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި، ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ހުންނެވުމަށްފަހު ރައީސް ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވުމާއެކު، އެ ވަޒީފާގައި ހިދުމަތްކުރައްވަން ހުންނަވަން ބޭނުންފުޅުވާތީ، އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭން ނިންމި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ނާސިހު ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހު ފަސްޓްލޭޑީ ސާޖިދާ ކޮންޓްރެކްޓުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވި ވަޒީފާ 4 އަހަރު ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ވީއްލުމަށްފަހުގައި ކޮންޓްރެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ނާސިހު ވިދާޅުވިއެވެ. ނާސިހު ވިދާޅުވީ އެ ކޮންޓްރެކްޓުގައި ފަންނީ ލަފާ ހޯއްދަވަން ބޭނުންވާ ގޮތްތައް އޮންނާނެ ކަމަށާއި މުވައްޒަފުން ތަމްރީނުކުރުމާއި ގަވާއިދުތައް ހެދުމުގައި އެހީތެރިވުމަށް ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގައި ވާ ކަމަށެވެ. އަދި މަސައްކަތުގެ ގަޑީގެ ގޮތުގައި މަހަކު 40 ގަޑި އިރު މަސައްކަތް ކުރައްވާ ގޮތަށް އުޖޫރައިގެ ގޮތުގައި 75 ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ނާސިހު ވިދާޅުވީ އެ އުސޫލު މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިފެކްޓިވް ކަމަށާއި، މިއީ ފަސްޓްލޭޑީއަށްވުމުން ހާއްސަ އުސޫލަކުން ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް މިގޮތަށް ދޫކޮށްފައިވާ ތިބޭނެ ކަމަށާއި އެއީ މިނިސްޓްރީތަކުގެ ޕްރޮޖެކްޓްތަކަށް، ޕްރޮޖެކްޓުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ވީއްލުމަށްފަހުގައި ޕްރޮޖެކްޓުގެ ކޮންޓެރެކްޓުގެ ދަށުން މަސައްކަތް ކުރެވޭ ގޮތަށް ކަމަށް ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ ގާނޫނީ ގޮތުން ބެލި އިރުގައި މިހާރު ރާއްޖޭގެ ހުރި އެއްވެސް ގާނޫނަކުން، ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންނަށް މަސައްކަތް ނުކުރެއްވޭނެކަމަށް ބުނެފައި ނުވާކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ރިކުއެސްޓް އައިސްފައި އޮތީ އެ އިދާރާއަށް ހިދުމަތްކުރުމަށް ބޭނުންފުޅުވާކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ނާސިހު ވިދާޅުވީ މިނިސްޓްރީއިން ވެސް، ފަސްޓްލޭޑީގެ ތަޖުރިބާ މުހިންމުކަމަށްދެކޭތީ އެގޮތަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން އެގޮތަށް ކުރިއަށްގެންދަން ބޭނުންވާ ކަމަށް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

ފުރަތަމަ އެދިވަޑައިގަތީ ކުރިން އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ހުންނަވާ ލުއިތަކެއް ދިނުމަށް ކަމަށާއި ނަމަވެސް ވަކި މުވައްޒަފަކަށް އެގޮތަށް ލުއިތަކެއް ދެވޭގޮތަށް ގަވާއިދު ތަން ނުދޭތީ، ކޮމިޝަނުން ނިންމީ ފަސްޓްލޭޑީ ހުންނެވި ވަޒީފާ މުސާރު ނުލިބޭގޮތަށް ވީއްލުމަށްފަހުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެކަމަށް ލަފާދީފައިވާ ކަމަށެވެ.

މަހަކު 40 ގަޑި އިރު މަސައްކަތް ކުރާ ގޮތަށް ގަޑި އިރަކަށް 75 ރުފިޔާގެ ރޭޓުން 30 ދުވަހަށް ބަލާނަމަ 3000 ރުފިޔާ ޖެހޭނެއެވެ. ފަސްޓްލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބޭނެއެވެ. އެހެންކަމުން ސާޖިދާއަށް 33،330 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

30 ޖޫން 2017

ބަޑި ޖަހައި 20 މެމްބަރުން މަރާލިޔަސް މެޖޯރިޓީއާއެކު ކުރިއަށް ދާނަން: މަޙްލޫފު

30 ޖޫން 2017
 ބަޑި ޖަހައި 20 މެމްބަރުން މަރާލިޔަސް މެޖޯރިޓީއާއެކު ކުރިއަށް ދާނަން: މަޙްލޫފު
13 ޖޫން 2017

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި

13 ޖޫން 2017
ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
01 މެއި 2017

ފުލުހުން ދިވެހި ރައްޔިތުންނަށް ދޮގު ހަދައިފި: ތޮލާލް

01 މެއި 2017
ފުލުހުން ދިވެހި ރައްޔިތުންނަށް ދޮގު ހަދައިފި: ތޮލާލް
23 އެޕްރީލު 2017

ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!

23 އެޕްރީލު 2017
ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!
31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ހަދައިފި

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ހަދައިފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު