Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީނީ މަގު މަޝްރޫއު

އަމީނީމަގުގެ ފަހު ދެ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށައިފި

9 ޑިސެމްބަރު 2023 | ހޮނިހިރު 03:19

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޑިސެމްބަރު 2023 | ހޮނިހިރު 03:19
އަމީނީމަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން

އަމީނީމަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން

އަމީނީމަގުގެ ފަހު ދެ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މަގު އެއްކޮށް ނިންމާލުމަށް ބާކީ އޮތީ ދެ ސެގްމަންޓުގެ މަސައްކަތެވެ.

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން ބުނީ، އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހުގެ ހެނދުނު 6:00ގައި ފަށާފައިވާކަމަށާއި، މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ. މަސައްކަތް ނިންމާލެވޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުގެ ދެ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށާފައިވާތީ، އެމަގާ ގުޅިފައިވާ މަގުތަކާއި ގޯޅިތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހަނދުވަރީހިނގުމާ ބޮޑުތަކުރުފާނުމަގާ ދެމެދު، ބުރުޒުމަގާ އުޖާލާހިނގުމާ ދެމެދު، އަދި ބުރުޒުމަގާ އަމީނީމަގާ ދެމެދު ވަނީ ބަންދުކޮށްފައެވެ. އަދި ބުރުޒުމަގު 341 ނަންބަރު ކޮށި ހިމެނޭ ސަރަހައްދުގެ ދުއްވާ ކޮޅު ވަނީ ހުޅަނގުން އިރަށް ބަދަލުކޮށްފައެވެ.

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 ސެޕްޓެންބަރު 2022ގައެވެ.

ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ. މިމަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަގު ހެދުމަށް ބޭނުންވާ ބައެއް އާލާތްތައް ލިބުމުގައި ދަތިވުމާއި، ވިއްސާރަވުމާ ގުޅިގެން މަސައްކަތް ކުރިއަށް ނުގެންދެވުމާއި، އަދިވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މަޝްރޫއުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ވަނީ ނުނިމިފައެވެ.

ނަމަވެސް މި މަގު ތަރައްގީކުރެވިގެންދާނީ އެންމެ ޒަމާނީ ފެންވަރަށް، އެންމެންނަށް ބޭނުންކުރެވޭނެހެން، ރައްކާތެރިކޮށެވެ.

އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު މަގު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން މަގުގެ ފެންހިންދުމުގެ ނިޒާމު ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕު ސްޓޭޝަންތައް ބަހައްޓާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އަމީނީ މަގުއާރްޑީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
07 ޖުލައި 2024

ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި

07 ޖުލައި 2024
ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް