Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ޞައްޙަ އަޤީދާގެ މައުލޫމާތު އުނގަންނައިދޭންޖެހޭ، ޞައްޙަ އަޤީދާއާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ: ޚުތުބާ

8 ޑިސެމްބަރު 2023 | ހުކުރު 08:03

އަގީދާއަކީ އީމާންކަމުގެ އަސާސް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2023 | ހުކުރު 08:03
އިސްލާމީ މަރުކަޒުގައި ޚުތުބާ އަޑުއަހަނީ

އިސްލާމީ މަރުކަޒުގައި ޚުތުބާ އަޑުއަހަނީ

ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދޭންޖެހޭ ކަމަށާއި، ސައްހަ އަގީދާ އަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިއްމުކަން'' މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ މައިންބަފައިން އަބަދުވެސް އެބައިމީހުންގެ ދަރިންނާމެދު ފޮނި އުންމީދުތައް ކުރާ ކަމަށާއި، އެ ދަރިން ދީނީ ކަންތައްތަކަށް ހުރުމަށްތެރިކޮށް ހިތައި ކިޔެވުމުގައި މޮޅު އަދި ގައުމާއި މުޖުތަމައަށް ފައިދާކޮށްދޭނެ ކުދިންނަށްވުމަށް އެދޭ ކަމަށެވެ. އަދި މައިންބަފައިން އެ އުއްމީދުތައް ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރާ ކަމަށާއި ބޮޑެތި ހަރަދުތައް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުދިން ޅަފަތުގައި ކިޔަވައި ދިނުމަށް މައިންބަފައިން މަސައްކަތް ފަށައި، ކިޔެވުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދައިދޭ ކަމަށާއި ގަޑިންގަޑިއަށް އެކުދިން ސްކޫލަށް ފޮނުވުމާއި ގުރުއާން ކިލާސްތަކަށް ގެންދިޔުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް މިހާރަކަށް އައިސް އެބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބަޔެއްގެ ފޮނި އުންމީދުތައް އެންމެ އެދެވޭ ގޮތުގައި ހާސިލުވަމުން ނުދާކަން ފާހަގަކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިން މިކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތަކަށްނުވާތީ އެކަމާއިމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަނީ ކިތައް ކިތައް މައިންބަފައިކަމާމެދު ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށް އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެނެވިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށް ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބާއްވާ ކަމަށެވެ. އަދި ކުދިންނަށް އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ނުކޮށްދެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަގީދާއަކީ އީމާންކަމުގެ އަސާސް ކަމަށާއި، އެ އަސާސުގެ މައްޗަށް ދަރިން ތަރުބިއްޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ. އިންސާނުންގެ އަގީދާ ރަނގަޅުކޮށް މާތްﷲ ނޫން އެހެންފަރާތަކަށް އަޅުކަން ނުކުރުމަށް މީސްތަކުންނަށް އެންގެވުމަށްޓަކައި މާތްﷲ ވަނީ ރަސޫލުބޭކަލުން ފޮނުއްވައި އެބޭކަލުންނަށް ފޮތައް ބާވައިލައްވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށާއި އިސްލާމްދީން ބިނާވެގެންވަނީ އަގީދާއާއި އަމަލުގެ މައްޗަށް ކަމަށެވެ. އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށާއި ސައްހަ އަގީދާއަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިންސާނާއަށް މެދުވެރިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްވުމާއި މާޔޫސްވުން ފަދަ ކަންތައްތަކުން އެމީހަކު ސަލާމަތްކޮށްދޭ އެއްޗަކީ އިސްލާމީ ރަނގަޅު އަގީދާ ކަމަށެވެ. އެއީ މާތްﷲގެ ގަޟާގަދަރަށް އީމާންވެ، އެކަލާނގެއީ ތައުބާވާމީހުންގެ ތައުބާ ގަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަން ގަބޫލުކުރާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް ފުރިހަމަައަށް އީމާންނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަސްލަހަތު ކަމަށާއި އެގޮތަށް އަމަލުކުރުމަކީ އެހެން މީހުންނަށް ގެއްލުން ލިބޭ ކަމެއްކަމުގައި ވީނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ ކަމަށެވެ. އަދި ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފުސަށް ގެއްލުންދީ ނުރައްކަލުގެ ތެރެއަށް ފުރާނަ ހުށަހެޅޭ ކަންކަމަށް އަރައިގަންނަމުން ދަނީވެސް މިންވަރަށް އީމާންނުވެވޭތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅުނެގިފައިނުވާ ނަމަ އެ ދަރިން އިސްލާމް ދީނާ ހިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި ހައްގު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާއިމެދު ސަމާލުވާންޖެހޭ ކަމަށެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުން އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި ދަރިންނަކީ ދީނުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ އަދި ސައްހަ އަގީދާގެ މަތީގައިވާ ދަރިންކަމުގައިވާނަމަ އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެކުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމަށެވެ. މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް