Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޕާސްޕޯޓު ހިފެހެއްޓުމުން ބައްސާމް ސަރުކާރުގެ ހިމާޔަތް ހޯދަނީ

ސަރުކާރު މެދުވެރިކޮށް ހިފަހައްޓާފައިވާ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ، ރަމީޒަށް ވެސް ފައިސާ ދިނުމަށް ބައްސާމް ހުށަހަޅުއްވާފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 06:36
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި، ސަރުކާރުގެ ހިމާޔަތް ހޯދުމަށް ބައްސާމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުކޮށްފިއެވެ.

ދިވެހި ފުލުހުންގެ އިދާރާ އިން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން ކޯޓު ޙުކުމެއްގެ ދަށުން ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ މައްސަލައިގައި ބައްސާމް ވަނީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އާދަމް ރަމީޒާ ބައްދަލުކޮށްފައިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފަ އެވެ. ރަމީޒަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ރައީސް މުޢިއްޒު ހުންނެވިއިރު ވެސް އެންމެ އަރިސްކޮށް ފެނުނީ ރަމީޒް އެވެ. އެނގިފައިވާ ގޮތުގައި ބައްސާމް މަސައްކަތް ކުރައްވަނީ ސަރުކާރު މެދުވެރިކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުން ބާތިލު ކުރާށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެފްއޭމަށް ދިން ދެ މިލިއަން ޑޮލަރަށް ބައްސާމް ވަނީ ޚިޔާނާތްތެރިވެވަޑައިގެންފައެވެ. އޭގެ ތެރެެއިން އެއް މިލިއަން ޑޮލަރަށް ބައްސާމް ވަނީ ޕެންޓް ހައުސްއެއް ބައްލަވައިގެންފަ އެވެ. ބައްސާމާ ދެކޮޅަށް ކުރަމުން އަންނަ ތުހުމަތުގައި ސަރުކާރު މެދުވެރިކޮށް ހިފަހައްޓާފައިވާ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ، ރަމީޒަށް ވެސް ފައިސާ ދިނުމަށް ބައްސާމް ހުށަހަޅުއްވާފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިން ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ބައްސާމް ރައީސް މުޢިއްޒާއެކު "ޑީލެއް" ހެއްދެވި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެއީ ރައީސް މުޢިއްޒުގެ ކެމްޕެއިނަށް ބައްސާމް މެދުވެރިކޮށް ފައިސާ ހޯދުމަށެވެ. އެއާއެކު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސަރުކާރުން ބައްސާމް ބެކަޕް ކުރާ ގޮތުގެ މަތިން ކަމަށް ވެސް މައުލޫމާތު ލިބުނެވެ. އެކަމާ ގުޅިގެން އޭރު ރައީސް މުޢިއްޒުގެ ކެމްޕެއިން ޓީމާ ސުވާލު ކުރުމުން ސީދާ ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި އެކިއެކި ފަރާތްތަކާ ބައްްދަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އިދާރާގެ ވެރިންނާއި އެ އިދާރާގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. މައްސަލަ ތަހުގީގު ކުރަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތަށެވެ. ނަމަވެސް ތުހުމަތުތަކަށް އެފްއޭއެމްއިން އިންކާރު ކުރެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ހިމެނޭ ގޮތަށް އެ އިދާރާގެ ވެރިންގެ މައްޗަށް ދައުވާކުރެވޭނެ ހެކި ލިބިފައިވާ ކަމަށެވެ. އެ ތަހުގީގުގައި އެންމެ އިސް ތުހުމަތު ކުރެވެނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު