Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ބަންދުނުކުރި މައްސަލައިގައި ދެން އޮތީ ޙުކުމް

ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ޙައްޤު މި މައްސަލައިގައި ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 08:02
ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ނަދީމްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ސަލާމަތްވި މީހުން، އިސްތިއުނާފުގެ އަޑުއެހުންތައް ނިމެންދެން ބަންދު ނުކޮށްދޭން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޚުލާސާ ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ.

ދައުލަތުން ބުނެފައި ވަނީ އިސްތިއުނާފް މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު އަމަލުކުރާނެ ތަފްސީލީ އިޖުރާއަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން ކަމަށެވެ.

ވުމާއެކު، ހައިކޯޓުގެ ނިންމުން ބާތިލުކޮށް، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން އުސޫލުތަކެއް ކަނޑައަޅަން ޖެހޭނަމަ ބަޔާންކުރައްވައި، އެ އުސޫލުތަކުގެ ތެރެއިން އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓަށް މައްސަލަ ތަހުވީލު ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެއަށްފަހު މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަކީލު ވަނީ އިސްތިއުނާފަށް ޖަވާބު ދެއްވާފައެވެ.

ވަކީލު ވިދާޅުވީ، ތަފްސީލީ އިޖުރާއަތެއް ނެތްކަމަށް ހައިކޯޓުގެ ޙުކުމުގައި ބުނެފައި ނެތް ކަމަށާއި، ހައިކޯޓުގެ ޙުކުމުގައި ނެތް ވާހަކައެއް ހިފައިގެން ދައުލަތުން ސުޕްރީމް ކޯޓަށް އައިސްގެން ނުވާނެ ކަމަށެވެ.

ހައިކޯޓުގެ ޙުކުމުގައި ވަނީ އިސްތިއުނާފު މަރުޙަލާގައި މީހަކު ބަންދުކޮށްފިނަމަ އެކަން ތަންފީޒު ކުރާނެ އިޖުރާއަތެއް ނެތްކަމަށްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އިސްތިއުނާފީ މަރުޙަލާގައި އިސްތިއުނާފު ނިމެންދެން ހައިކޯޓުން މީހަކު ޖަލަށް ލައިފިނަމަ އޭނާ ބަހައްޓަން ޖެހޭނީ ކޮން ބާވަތެއްގެ ޖަލެއްގައިތޯއާއި، އެކަން ކަނޑައަޅާފައިވަނީ ކޮން ޤާނޫނެއްގައިތޯވެސް ދިފާއީ ވަކީލު ވަނީ ސުވާލު ކުރައްވާފައެވެ.

އޭގެ އިތުރުން، ކަރަމް ސުހައިލްއާއި ހުސައިން ޝާމީންއަކީ މިވަގުތުވެސް ދައުލަތުގެ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކެއްކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ވީއިރު، އިސްތިއުނާފީ މަރުޙަލާގައި އެމީހުން ބަންދު ކުރަންޖެހޭ ސަބަބަކީ ކޮބައިކަން ދައުލަތުން ކިޔާދޭންޖެހޭކަމަށް ވަކީލު ވިދާޅުވިއެވެ.

ތަފްސީލީ އިޖުރާއަތެއް ނެތްކަމަށް ހައިކޯޓުގެ ޙުކުމުގައި ބުނެފައި ނެތް ކަމަށް ވިދާޅުވެ ދިފާއީ ވަކީލު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވަނީ ހައިކޯޓުގެ ޙުކުމުގައިވާ އިބާރާތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހައިކޯޓުގެ ނިންމުމުގައި 3 ކަމަކަށް އަލިއަޅުވާލާފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފުރަތަމަ ކަމަކީ އިސްތިއުނާފު މަރުޙަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދު ކުރަންޖެހޭ ފަދަ ޟަރޫރީ ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ. ދެވަނަ ކަމަކީ ޖިނާއީ މައްސަލައިގައި އިސްތިއުނާފީ މަރުޙަލާގައި ދައުވާލިބޭ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދު ކުރާނެ ގޮތެއް ކަނޑައެޅުމުގެ އިޖުރާއަތެއް ނެތްކަމަށެވެ. ތިންވަނަ ކަމަކީ އެކަން ތަންފީޒު ކުރާނެ ގޮތުގެ އިޖުރާއަތެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި ބަޔާންކޮށްފައި ނެތްކަމަށެވެ.

އެއަށްފަހު ފަނޑިޔާރުން ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެމީހުން ބަންދުގައި ތިބި މުއްދަތާއި، މިހާރުގެ ޙާލަތަށް ބަލާއިރު، އެމީހުން ބަންދުގައި ބެހެއްޓުން ނުވަތަ ބަންދުގައި ބެހެއްޓުމަށް އެދުން ފިޔަވައި އިތުރު "އޮޕްޝަންއެއް" ނިޒާމުގެ ތެރެއިން ހަމަޖެއްސުމުގެ ފުރުސަތު ޕީޖީ އޮފީހަށް އެބައޮތްތޯ ފަނޑިޔާރަކު ވަނީ ސުވާލު ކުރައްވާފައެވެ.

އެކަމުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ފަނޑިޔާރުން ބަންދުކުރަން ނިންމައިފިނަމަ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލަން އެދުމުގެ ޙައްްގު ލިބިދޭކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ގައި ބުނެފައިވާކަމަށެވެ. ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ޙައްޤު މި މައްސަލައިގައި އޮތްތޯ ބަލާއިރު، މަރުގެ މައްސަލަތަކަށް ކަފާލާތު ނުލިބޭ ކުށްތަކެއް ހުންނަކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވުމާއެކު، އެ މާއްދާގެ ތެރެއިން ލިބޭ ލުއި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ހަނި ކުރެވިފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ބައެއް އިތުރު ސުވާލުތައް ފަނޑިޔާރުން ކުރައްވާފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ބުދަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުހައި ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު