Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ކީޕަރު ސްޓެގެން އަށް މި ސީޒަންގައި ދެން ނުކުޅެވޭނެ

އޭނާ އަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ ދެ މަސް ދުވަސް ފަހުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޑިސެމްބަރު 2023 | ބުރާސްފަތި 01:32
ބާސެލޯނާގެ ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން

ބާސެލޯނާގެ ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން

ސްޕެއިންގެ ބާސެލޯނާގެ އެއް ނަންބަރު ގޯލު ކީޕަރު  މާކް އަންދްރޭ ޓާ ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ޖަރުމަނަށް ނިސްބަތްވާ ކީޕަރަށް އަނިޔާވީ ޖަރުމަނު ޤައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިންނެވެ. އޭގެ ފަހުން ޤައުމީ ޓީމުގެ ފަރިތަކުރުންތަކުން ވެސް އޭނާ ދުރަށް ދާން ޖެހުނުއިރު، އޭގެ ފަހުން ބާސެލޯނާގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ. ސްޓެގެން އަށް ލިބުނީ ބުރަކަށީގެ އަނިޔާ އެކެވެ.

އޭގެ ފަހުން ބާސެލޯނާގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، ސްޓެގެން އަށް ޖެހެނީ ސާޖަރީއެއް ކުރާށެވެ. އެ ސާޖަރީގެ ސަބަބުން އަހަރުގެ ބާކީ ބައި ދެން އޭނާ އަށް ނުކުޅެވޭނެ އެވެ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ސްޓެގެންގެ ސާޖަރީ ކުރާއިރު، އޭނާ އަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ ދެ މަސް ދުވަސް ފަހުންނެވެ.

ސްޓެގެން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، އޭނާ އަކީ ބާސެލޯނާގެ މުހިންމު ކުޅުންތެރިޔެކެވެ. 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ފަހުން އޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. މިހާތަނަށް ސްޓެގެން ވަނީ ބާސެލޯނާ އަށް 394 މެޗު ކުޅެދީފަ އެވެ. މިހާތަނަށް އޭނާ ވަނީ ބާސެލޯނާ އާއެކު 15 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާމާކް އަންދްރޭ ޓާ ސްޓެގެން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު