Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން ބައްސާމްގެ ބަހެއް ނެތް!

ބައްސާމްގެ ފޯނަށް ގުޅުމުން ބިޒީކޮށްލުމަށްފަހު، މެސެޖު ކުރުމަށް ވަނީ އެދިފައި، ނަމަވެސް މެސެޖަށް ޖަވާބެއް ނުދެއްވައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޑިސެމްބަރު 2023 | ބުދަ 00:31
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ރާއްޖެ އިން ފުރުންމަނާކޮށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި އެއްޗެއް ވިދާޅުވާން ބައްސާމް ދެކޮޅު ހައްދަވައިފަ އެވެ.

ފުލުހުން އެދިގެން ބައްސާމް ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާ ކަމަށް ފުލުހުން ބުނީ އަންގާރަ ދުވަހު އެވެ. އެކަމާ ގުޅިގެން ބައްސާމްގެ ބަހެއް ހޯދުމަށް ރާއްޖެ ޓީވީން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ބައްސާމްގެ ފޯނަށް ގުޅުމުން ބިޒީކޮށްލުމަށްފަހު، މެސެޖު ކުރުމަށް ވަނީ އެދިފަ އެވެ. ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ވިދާޅުވާން ބޭނުންފުޅުވަނީ ކީކޭތޯ މެސެޖަކުން ދެންނެވި ނަމަވެސް، ބައްސާމް ރިޕްލައި ކުރައްވައިފައެއް ނުވެ އެވެ.

އެފްއޭއެމާ ދެކޮޅަށް ކުރާ ތުހުމަތަކީ ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އިދާރާގެ ވެރިންނާއި، އެ އިދާރާގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރާ މައްސަލަ އެވެ. އެ މައްސަލަ ތަހުގީގު ކުރަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތަށެވެ. ނަމަވެސް ތުހުމަތުތަކަށް އެފްއޭއެމްއިން އިންކާރު ކުރެ އެވެ. އެހެން ނަމަވެސް، އެ މައްސަލަ މިހާރު އޮތީ ދަޢުވާ ކުރާ ހިސާބުގަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ދާދި ފަހުން ވިދާޅުވެފައި ވަނީ ދެ ހަފުތާއެއްގެ ތެރޭގައި އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވޭ ވަރަށް ހެކި ލިބޭނެ ކަމަށެވެ. އަދި އެ މައްސަލައިގެ މައިގަނޑު ސަސްޕެކްޓަކީ ބައްސާމް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. އެ ދުވަހު ޕީޖީ ވިދާޅުވީ އެފްއޭއެމުން ލިޔެ ކިޔުންތައް ބަލަހައްޓާފައި ވަނީ ވެސް އިންސާނުން އެކަން ކުރާ ގޮތަށް ނޫން ކަމަށެވެ.

އެފްއޭއްގެ މާލީ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު، އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ވެސް އެތައް މަހެއް ވެއްޖެ އެވެ. އެކަމުގެ ސަބަބުން ބައެއް މުވައްޒަފުން ވަނީ މަސައްކަތަށް ނިކުންނަން ދެކޮޅު ހަދައިފަ އެވެ. މީގެ އިތުރުން އެކި އެކި ތަންތަނުން ޚިދުމަތް ހޯދުމަށްފަހު ދައްކަން ޖެހޭ ފައިސާ އޮތީ ނުދައްކަ އެވެ. އެކަމުގެ ސަބަބުން ޝަރުއީ މަރުހަލާގެ ތެރެއިން އެފްއޭއެމާ ދެކޮޅަށް ވަނީ ޙުކުމް ވެސް ކޮށްފަ އެވެ. ނަމަވެސް، އެ ޙުކުމްތަކާ އެއްގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައިވާކަން ސާފެއް ނުވެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު