Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުންފުނީގެ ބިލު

ކުންފުނީގެ ބިލު މަޖިލީހުން ފާސްކޮށްފި

5 ޑިސެމްބަރު 2023 | އަންގާރަ 10:08

މި ބިލަކީ ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހެޅި ބިލެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ޑިސެމްބަރު 2023 | އަންގާރަ 10:08
ކުންފުނީގެ ބިލު މަޖިލީހަށް ހުށަހެޅީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު

ކުންފުނީގެ ބިލު މަޖިލީހަށް ހުށަހެޅީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު

ކުރީ ސަރުކާރުން ހުށަހެޅި ކުންފުނީގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ. އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމުމަށް ފަހު ބިލު ފާސްކުރަން ފުރަތަމަ އެޖެންޑާކުރީ އިއްޔެގެ ޖަލްސާއަށެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ 44 މެންބަރުންގެ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މި ބިލު ފާސްކުރުން އަންގާރަ ދުވަހަށް އެޖެންޑާކުރުމަށެވެ.

ކުންފުނިތަކާ ބެހޭ އައު ބިލަކީ ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކޮށް, އައު ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްޓަކައި އެކުލަވާލާ ގާނޫނެކެވެ. މިހާރު އަމަލުކުރަމުން އަންނަ ކުންފުންޏާބެހޭ ގާނޫނަކީ މީގެ ފަންސަވީހަކަށް އަހަރުކުރިން އެކުލަވާލައި އަމަލުކުރަމުން އަންނަ ގާނޫނެކެވެ.

ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީވެފައިވާ ގާއުމުތަކުން ވެސް އެ ގައުމުތަކުގެ ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓަށް ފަހި، ދެފުށް ފެންނަ މިންގަނޑުތައް ޚިޔާރުކޮށްފައިވެއެވެ. އެހެންކަމުން ރާއްޖޭގައި ވެސް ކުންފުންޏާބެހޭ ގާނޫނަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ކުރީ ސަރުކާރުން ގަބޫލުކޮށް މި ބިލު މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުއެވެ.

ކުންފުންޏާބެހޭ ބިލުގެ އެންމެ މުހިއްމު މަގުސަދަކީ އިގުތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގުތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސުލްމާލު އިންވެސްޓްކޮށް، އިގުތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގުތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ދިވެހިރާއްޖޭގައި ވެސް ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީ ކުރުމާއި ކުންފުނި ހިންގުމާއި ކުންފުނި އުވާލުމުގެ ހަމަތަކާއި އެކަންކަމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.

މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 53 މެންބަރުންނެވެ. އެއް މެންބަރަކު ވަނީ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލިސްކުންފުނީގެ ބިލު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް