Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީނު އިސްރާއީލް ހަނގުރާމަ

ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީން ވެއްޓަށް ދޭ ގެއްލުން ކޮޕް-28 އަށް ނުފެންނަނީތަ؟

ޣައްޒާ ނަރުހެއް ބުނި ގޮތުގައި ކޮޕް-28ގަ އޭނާ ބުނަން ބޭނުންވަނީ، ތަޣައްޔަރުކަން ސާފުކޮށް، މީހުންގެ ފުރާނަ ހުއްޓާ ސަލާމަތް ކުރުން ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ޑިސެމްބަރު 2023 | އަންގާރަ 09:34
މަޙްމޫދު ހިޝާމް އަބޫ ލިމިދީ؛ ގެދޮރު ގެއްލުނު ޣައްޒާ ނަރުހެއް

މަޙްމޫދު ހިޝާމް އަބޫ ލިމިދީ؛ ގެދޮރު ގެއްލުނު ޣައްޒާ ނަރުހެއް

ޢުމުރުން 23 އަހަރުގެ މަޙްމޫދު ހިޝާމް އަބޫ ލިމިދީއަކީ ޣައްޒާގެ އުތުރުގައި އޮތް އަލް-ޝާތީ ރެފިއުޖީ ކޭމްޕުން ގެދޮރު ގެއްލުނު ޒުވާނެކެވެ. ދެކުނުގެ ޚާން ޔޫނިސްގައި ދަމާލާފައި އޮތް ދިގު ސަފުގައި، ރީނދޫ ހަންތަކެއް ހިފައިގެން އެ ހުރި ޒުވާނާއަކީ ޣައްޒާގެ ނަރުހެކެވެ. އެތައް އިރެއް ވަންދެން އެ ސަފުގައި މަޙްމޫދު އެ ހުރީ، ސާފު ބޯފެން ފޮދެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

މަޙްމޫދު މަސައްކަތް ކުރަމުން ދިޔައީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ގޮތުގައި ބަލާ، އަލް-ޝިފާގައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި އެ ހޮސްޕިޓަލު ބޭނުން ކުރާ ކަމަށް ބުނެ، ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ޝިފާ ހޮސްޕިޓަލު ސުންނާފަތިކޮށްފައެވެ.

މަޙްމޫދު، އޭނާގެ ދިރިއުޅުން ދެން ބަދަލު ކުރީ އދއިން ޣައްޒާގައި ހިންގާ ސްކޫލުތަކުގައި ޤާއިމުކޮށްފައި ވާ ވަގުތީ ހިޔާތަކުން ހިޔާވައްސަކަށެވެ. އެ ސަރަޙައްދުގައި ސާފު ފެންފޮދެއް ލިބެން ނެތް އިރު، ލޮނު ފެންފޮދެއްގެ މިންވަރުވެސް މިއަދު ނުލިބޭ ކަމަށް މަޙްމޫދު ބުންޏެވެ. ޣައްޒާއަށް މިއަދު ކުރިމަތިވެފައި އޮތް ތަޣައްޔަރުކަމުގެ ވާހަކަ ދެއްކުމަށް ވުރެ، ރަނގަޅުވާނީ ނުދެއްކުން ކަމަށް މަޙްމޫދު ޤަބޫލު ކުރެއެވެ.

މި ދުވަސްވަރަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ އެންމެ ވަރުގަދަ ހަރަކާތް ކަމަށް ވާ ކޮޕް-28ގެ ބައްދަލުވުންތައް ދުބާއީގައި ކުރިއަށް ދާ ދުވަސްވަރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އެންމެ އިސް ލީޑަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން އެއް މާޙައުލަކުން ފެނިގެންދާ ބައްދަލުވުމުގެ ބައިވެރިންނަށް، މަޙްމޫދު ވަނީ މެސެޖެއް ދީފައެވެ. ޔަހޫދީން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުޢާންމުގެ ސަބަބުން ވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް ލޯހުޅުވައިދެމުންނެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާއަކީ ހިސާބަކަށް މަސްވެރިކަމާއި ދަނޑުވެރިކަންވެސް ކުރަމުން އައި ބަޔަކު ދިރިއުޅެމުން ދިޔަ ރަށެކެވެ. ނަމަވެސް އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު، ނަސްލު ދޮވެލުމުގެ ޤަތުލުޢާންމު ފެށިފަހުން މުޅި ޣައްޒާ އޮތީ ހުއްޓުމަކަށް އައިސްފައެވެ. ދަނޑުބިންތައްވެސް އޮތީ މިލާމޯޅިވެފައެވެ. ނޫނީ ނޮޅާ ސުންނާފަތިކޮށްފައެވެ. އިންސާނީ ކަރާމާތާއި ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލާގައި އިޒްރޭލު ގޮވައިގެން ބައިނަލްއަޤުވާމީ ކޯޓެއްގައި ދަޢުވާއެއް ހިންގަން ނުކުރިފައި އޮތް އަދުގެ މުޖުތަމަޢުގައި، އިޒްރޭލާ ދެކޮޅަށް، ވެއްޓަށް ގެއްލުން ދިނުމުގެ ދަޢުވާ އުފުލާލަން ކެރޭނެ އެންމެ ބައިވެރިއަކު ނަމަވެސް ހުރެދާނެބާއެވެ؟

ފަލަސްތީނުކޮޕް28ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު