Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން

ޕާސްޕޯޓު ހިފެހެއްޓީ ފުލުހުން ކުރިއަށް ގެންދާ ތަޙުޤީގާ ގުޅިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޑިސެމްބަރު 2023 | އަންގާރަ 08:18
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ދިވެހި ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ އެފްއޭއެމްގެ މައްސަލައާ ގުޅިގެން، ބައްސާމް ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ.

އެފްއޭއެމް އަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވާ ކަމުގެ ތުހުމަތުގައި އެ މައްސަލަ ދިވެހި ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި ޕީޖީގެ އަމުރަށް ފުލުހުން އެފްއޭއެމް އަށް ވަދެ އެތަން ބަލާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދިއެވެ.

ބައިނަލްއަޤްވާމީ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ އެ އިދާރާގެ ވެރިންނާއި އެ އިދާރާގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރާ ކަމަށް ވެސް ތުހުމަތު ކުރެއެވެ. މައްސަލަ ތަހުގީގު ކުރަނީ އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތަށެވެ. ނަމަވެސް ތުހުމަތުތަކަށް އެފްއޭއެމްއިން އިންކާރު ކުރެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ރައީސް ހިމެނޭ ގޮތަށް އެ އިދާރާގެ ވެރިންގެ މައްޗަށް ދައުވާކުރެވޭނެ ހެކި ލިބިފައިވާ ކަމަށެވެ. އެ ތަހުގީގުގައި އެންމެ އިސް ތުހުމަތު ކުރެވެނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު