Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ދެވަނަ ޑިވިޝަންގައި 15 ޓީމަކުން ބައިވެރިވެއްޖެ

ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބޭއްވޭނެ އެފްއޭއެމުން އުންމީދު ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2023 | ހޯމަ 23:13
މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގައި ނިއު އާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގައި ނިއު އާއި އެލްޓީ ބައްދަލުކުރި މެޗުގެ ތެރެއިން

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޖުމްލަ 15 ޓީމެއް ބައިވެރިވެފައިވާ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް އަންނަ އާދީއްތަ ދުވަހު ފެށުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރެކޭ އެއް ގޮތަށް މިއަހަރުގެ މުބާރާތަށް ވެސް ޓީމުތަކުން އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. ޚާއްސަކޮށް ޓީމުތަކުގެ މެދުގައި މުބާރާތުގެ ވާދަވެރިކަމާއި ފޯރި ވެސް ވަނީ އިތުރުވެފަ އެވެ.

މިއަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ފެށުމަށް އެންމެ ފުރަތަމަ އެފްއޭއެމުން ނިންމީ ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ދިމާވި އެކި އެކި ސަބަބުތަކާ ހުރެ އެފްއޭއެމުން ވަނީ މުބާރާތް ފަސް ކުރަން ނިންމައިފަ އެވެ. އެއަށްފަހު މިހާރު އަންނަނީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތަށް އެންމެ ދުރާލާ ތައްޔާރުވާން ފެށީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބުކަމަށްވާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި ވިކްޓްރީސް ސްޕޯޓްސް ކުލަބެވެ. ދެ ޓީމުން ވެސް ދުރާލާ ފަރިތަކުރުންތައް ފަށާފައިވާއިރު، ދެ ޓީމުގައި ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން ދެ ޓީމުގައި ބިދޭސީ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރީ ބުރު ސްޕޯޓްސް ކުލަބުންނެވެ. އެއަށްފަހު މިހާރު ކުރިއަށްދާ ސީޒަންގައި އެ ޓީމު އަންނަނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު