Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމާންކަން ގެއްލުން

އަމާންކަން ގެއްލި، ކުށްކުރުމާއި މާރާމާރީތައް އިތުރުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ކޮމިޝަނަރަކު އައްޔަންކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް ސަރުކާރަށް ވަނީ ގޮވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 14:12
ފުލުހުން، މާލޭގައި ހިންގި މާރާމާރީއެއް ކޮންޓްރޯލް ކުރަނީ

ފުލުހުން، މާލޭގައި ހިންގި މާރާމާރީއެއް ކޮންޓްރޯލް ކުރަނީ

ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުށްކުރުމާއި މާރާމާރީ އިތުރުވާތީ އެމްޑީޕީގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމުނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެމްޑީޕީން ވަކާލާތުކުރާ، އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަމާން ރާއްޖެއެއްގެ ހިޔާދަށުގައި، ފިކުރުބޮޑުނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށެވެ.

Advertisement - newsAdvertisement

މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަންކުރީ އެމްޑީޕީގެ އަސާސްތަކާ ނުކިއްސަރުކޮށް ކަމަށާއި، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ތަންތަނަށް ވެގެންދިޔަ ކަމަށެވެ. އަދި އެ ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް ހުރީ އެމަގުން ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ޚިދުމަތަށް އިސްވެރިޔަކު އައްޔަންކޮށްފައި ނުވާކަމަށެވެ. މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި ކޮމިޝަނަރަކު އައްޔަނު ކުރުން (ޕޮލިސް ބޯޑު މެދުވެރިކޮށް) ވީ އެންމެ އަވަހަށް ފެށުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ނިމިގެންދިޔަ ދައުރަކީ، ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދުކުރެވުނު ފަސް އަހަރުކަމަށް ބުނެފައިވެއެވެ. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މޯލްޑިވްސް ޕޮލިސް ސަރވިސްގޭންގް މާރާމާރީ އަނިޔާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު