Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

އޭސީސީއަށް ޕޯޓަލް އެކްސެސް ދީފައިވާކަމަށް ދެންނެވުނީ އޮޅުމަކުން، އެކްސެސް ދެވޭނީ ބުރާސްފަތި ދުވަހު: ހައުސިންގ މިނިސްޓަރު

ފްލެޓުތަކާ ގުޅިގެން 7000 އަށްވުރެ ގިނަ ޝަކުވާ އޭސީސީއަށް ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޑިސެމްބަރު 2023 | ހޯމަ 11:47
ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު

ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފެލްޓު ދޫކުރުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އޭސީސީން ހިންގާ ތަހުގީގަށް ބޭނުންވާ ޕޯޓަލް އެކްސެސް ދީފައިވާ ކަމަށް ކުރިން ދެންނެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން 27 ނޮވެމްބަރުގައި ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީއަށް ބޭނުންވާ އެކްސެސް ދީފައިވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި އަސްލު ދަންނަވަން އުޅުއްވީ އެކްސެސް ދޭން ނިންމަވާފައި އޮތް ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގައި ހައިދަރު އޭސީސީން ބޭނުންވާ ކަންކަން އެ ކޮމިޝަނަށް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި ފަހުން އޭސީސީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން އެ ކޮމިޝަނުން ވަނީ މައްސަލަ ލަސްވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހުޅުވާލި ޕޯޓަލްގެ އެކްސެސް ދޭން އެދުމުން ވެސް އެއެކްސެސް ދީފައި ނުވާތީ ކަމަށެވެ. އާދީއްތަ ދުވަހު ޕެޓިޝަން ކޮމިޓީގައި ވެސް އޭސީސީން ވަނީ އެ ވާހަކަތައް ތަކުރާރުކޮށްފައެވެ.

އޭސީސީގެ މި ވާހަކަތަކާ ގުޅިގެން މެންބަރުން ސުވާލު ކުރެއްވުމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އޭސީސީން އެދިފައިވަނީ ޝަރުތުތަކާއެކުގައި އެކްސެސް ދިނުމަށް ކަމަށާއި ވަގުތު ނަގަނީ ޕޯޓަލަކީ ޑިވެލޮޕަރުން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗަކަށްވާއިރު އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަަމަށެވެ. އަދި ހަފުތާއެއްގެ ތެރޭގައި އެކަން ކޮށް ނިމޭނެކަން ހާމަކުރެއްވުމަށްފަހު ސީދާ ތާރީހެއް ދެންނެވުމަށް މެންބަރުން އެދިވަޑައިގަތުމުން މި ހަފުތާގެ ބުރާސްފަތި ދުވަހު އޭސީސީއަށް އެކްސެސް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ ލިސްޓަށް ބަދަލު ގެންނަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އޭސީސީން ދޭ ލަފާގެ ދަށުން ރީ އިވެލުއޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ލަސްކުރުމުގެ ނިޔަތެއް ނުގެންގުޅުއްވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓުތަކާ ގުޅިގެން 325 ރައްޔިތުންގެ 7000 އަށްވުރެ ގިނަ ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. އެހެންވެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރަން ނިންމީ ކަމަށް ވަނީ ބުނެފައެވެ. މިހާރު ފެލްޓު ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލާފައިވާއިރު އެ މައްސަލަ ދިގުދެމިގެންދާތީ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީރައްޔިތުންގެ މަޖިލިސްޑރ. އަލީ ހައިދަރު އަހުމަދު، ހައުސިންގ މިނިސްޓަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
16 ނޮވެމްބަރު 2025

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު