Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްޙޫރިއްޔާ ޑރ މުޢިއްޒު

ހާހުން ހަތްދިހަ ހަތަކަށް، ދެން ވެއްޓުނީ ޔަޤީންކޮށްލުމަށް!

މިނިވަންކަމާއި އިސްތިޤުބާލު ހެސްކިޔާފަ މުހިންމުވި ރައީސަށް، އިންޑިއާ ސިފައިން ތިބި އަދަދެއް އަދިވެސް ޔަޤީން ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2023 | އަންގާރަ 05:10
ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި، އަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އެންމެ ގަދަޔަށް ދެއްކި ވާހަކަ އަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ވާހަކަ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫ އަރާ ވާހަކަ އެވެ. ދިވެހިންގެ އަމިއްލަ ވަންތަކަން ގެއްލިގެންދާ ވާހަކަ އެވެ. އެހެންކަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ، އިންޑިއާ ސިފައިން މި ޤައުމުން ބޭލުން ކަމަށް ވެސް ރައީސް ޑރ މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުށްފަހު، ބައިނަލްއަޤުވާމީ މީޑިއާ އަކަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހާހުން އިންޑިއާ ސިފައިން ތިބި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ދުވަހު ވެސް ވިދާޅުވީ، ދިވެހި ރާއްޖޭގައި އެންމެ އިންޑިއާ ސިފައިންގެ މީހަކަށް ވެސް ނުހުރެވޭނެ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ދިވެހިން ކަމަށް ވިދާޅުވި އެވެ. ގެންގުޅުއްވާނީ "ޕްރޯ މޯލްޑިވްސް"ގެ ސިޔާސަތު ކަމަށް ހަރު އަޑުން ވިދާޅުވި އެވެ. އެއަށްފަހު، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ފިސާރި ފަލަކޮށް ދަމާލައްވާނެ ކަމަށެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގައި ޤާއިމުވެ ތިބީ 77 އިންޑިއާ ސިފައިން ކަމަށެވެ. ފިރުޒުލްގެ މި ޖަވާބާއެކު، ދެން ކުރިމަތިވީ އިތުރު ސުވާލުތަކެކެވެ. މީގެ ކުރިން ހާހުން ތިބި ކަމަށް ވިދާޅުވީ އަދަދު، ކުއްލި އަކަށް 77 އަށް ވެއްޓެންވީ ކީއްވެތޯ އެވެ. ބިރުން ފިއްކަނޑައިގެންދާ މިންވަރަށް އިންޑިއާގެ ސިފައިން ތިބި ކަމަށް ޑރ. މުޢިއްޒު ކެމްޕެއިންގައި ދެއްކެވި ވާހަކަފުޅާއި ވެރިކަމަށް ވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުތައް ދިމަލެއް ނުވެ އެވެ.

އެވާހަތައް އެހެން އޮއްވާ ރައީސް ވަޑައިގަތީ ތުރުކީވިލާތާއި ޔުއޭއީއަށެވެ. ތުރުކީ ދަތުރުފުޅަށްފަހު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެ ވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ އަށް ވަޑައިގެންނެވި އެވެ. ކޮޕް ސަމިޓުގެ ހަވާސާގައި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވިއިރު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ކުރެއްވި މަޝްވަރާތައް ރައީސުލްޖުމްޙޫރިއްޔާގެ އޮފީހާއި އިންޑިއާގެ ފޮރިން މިނިސްޓްރީން ޝާޢިއުކުރިއިރު، އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކެވި ކަމަކަށް ނެތެވެ. އަނެއްކާ ވެސް ސުވާލެކެވެ؟ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާލައްވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ވިދާޅުވީއިރު، އެ ވާާހަކަފުޅު ސީދާ އިންޑިއާގެ ބޮޑު ވަޒީރު ގާތު ދަންނަވަން ނުކެރުނީ ކީއްވެތޯ އެވެ؟ ސާފުކޮށް އިންޑިއާ ސިފައިން ބޭލުމަށް ބޮޑު ވަޒީރު ގާތު ދެންނެވޭނެ ނޫންތޯ އެވެ؟

އެ ދަތުރުފުޅަށް ފަހު އާދީއްތަ ދުވަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެން މީޑިއާތަކާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނާ އަދަދަށް ބަދަލު އައީ ކީއްވެތޯ ނޫސްވެރިޔަކު ރައީސް އަރިހުގައި ސުވާލެއް ދެންނެވި އެވެ. ޖަވާބުގައި ވިދާޅުވީ، އަދަދާ ގުޅޭ ގޮތުން އިތުރަށް ބައްލަވާލަން ޖެހޭނެ ކަމަށެވެ. އަނެއްކާ ވެސް ބޮޑު ސުވާލެކެވެ! މީގެ ކުރިން ވިދާޅުވީ ހާހުން ތިބި ކަމަށެވެ. ދެން ވިދާޅުވީ 77 ސިފައިން ތިބި ކަމަށެވެ. އަނެއްކާ މިފަހަރު މި ވިދާޅުވީ، އަދަދު ބައްލަވައި، ޔަޤީންކޮށްލަން ޖެހޭ ވާހަކަ އެވެ.

ދަންނަވަންތޯ އެވެ؟ މިނިވަންކަމަކީ ދިވެހިންނަށް ވަރަށް ވެސް މުހިންމު އެއްޗެކެވެ. އެއީ އިންސާނީ އެންމެ ބޮޑު އެއް ހައްޤު ވެސް މެއެވެ. އެހެންވިޔަސް، އިންޑިއާ ސިފައިން ތިބި ކަމަށާއި، އެކަމުގެ ސަބަބުން މިނިވަންކަމަށް ބުރޫ އަރާ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވިތާ މަސް ދުވަސް ވާން ކައިވެރިވެއްޖެ އެވެ. މިނިވަންކަމާއި، އިސްތިޤުބާލު ހެސްކިޔާފަ މުހިންމުވި ރައީސަށް، އިންޑިއާ ސިފައިން ތިބި އަދަދެއް އަދިވެސް ޔަޤީން ނުވެ އެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް ލިބިފައި އޮތްއިރު، މިހާ ދުވަސްވީއިރު ވެސް، ޔަގީން އަދަދު ރައީސަށް ނޭންގެންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އިންޑިޔާ ސިފައިންގެ މައްސަލަރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު