Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑު ޤައުމީ ޓީމު

އިންގްލެންޑުގެ ކުޅުންތެރިންނަށް ސައުތުގޭޓުގެ އިތުބާރު ބޮޑު

އޭނާ ބުނީ ފަސް އަހަރު ވަންދެން އިންގްލެންޑު ވަނީ ދުނިޔޭގެ ގަދަ ފަސް ޓީމުގެ ތެރޭގައި ހިފަހައްޓާފައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2023 | ހޯމަ 00:32
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް

އިންގްލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާމެދު އިތުބާރު ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް މިހެން ބުނީ، އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ގުރޫޕް ސްޓޭޖުގައި ސްލޮވޭނިއާ، ޑެންމާކު އަދި ސާބިއާ އާއެކު އިންގްލެންޑު ހިމެނުނީ ގުރޫޕް ސީގަ އެވެ.

ސައުތުގޭޓް ބުނީ، އެ ގުރޫޕުގައި ވިސްނަން ޖެހޭ ޓީމަކަށް އޮތީ ހަމައެކަނި ޑެންމާކު ނޫން ކަމަށެވެ. އޭނާ ބުނީ ސާބިއާ އަކީ ވެސް ވަރަށް ވަރުގަދަ، މޮޅު ޓީމެއް ކަމަށެވެ. ސާބިއާ އަކީ ނުރައްކާތެރި ޓީމެއްކަން އެކި ފަހަރު މަތިން އެ މީހުން ސާބިތުކޮށްދީފައިވާ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ. ތިން ވަނަ އަށް އެ ގުރޫޕުގައި އޮތް ސްލޮވޭނިއާއާ ގުޅޭ ގޮތުން ސައުތުގޭޓް ބުނީ، އެ ޓީމަކީ ވެސް ތަފާތު ޓީމެއް ކަމަށެވެ. އޭނާ ބުނީ، އެއްވެސް ޓީމަކީ ދަށް ޓީމެއްގެ ގޮތުގައި ދެކުމުގެ ފުރުސަތު ފުޓުބޯޅައިގައި ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ފީފާ ރޭންކިންގައި އިންގްލެންޑު އޮތީ ތިން ވަނައިގައި ކަމަށެވެ. އޭނާ ބުނީ ފަސް އަހަރު ވަންދެން އިންގްލެންޑު ވަނީ ދުނިޔޭގެ ގަދަ ފަސް ޓީމުގެ ތެރޭގައި ހިފަހައްޓާފައި ކަމަށެވެ. އެކަމުން ދައްކައި ދެނީ އިންގްލެންޑުގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އިންގްލެންޑުގެ ކުޅުންތެރިންނާމެދު އަބަދު ވެސް އުންމީދު އޮންނަ ކަމަށާއި، ކުޅުންތެރިންގެ މަސައްކަތް ބަލައި ގަންނަ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޤަވާއިދުން އިންގްލެންޑު ކުރަމުން އަންނަ މަސައްކަތް އެންމެނަށް ވެސް ފެންނާނެ ކަމަށެވެ. މިއަދާ ހަމައަށް އައިއިރު، އިންގްލެންޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮންނަ ކަމަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ވަނީ އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް އިޓަލީ އަތުން އިންގްލެންޑު ބަލިވީއިރު، ކޯޗަކަށް ހުރި ސައުތުގޭޓް އެވެ. ސައުތުގޭޓާއެކު އިންގްލެންޑުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ.

ޔޫރޯ 2024 (ޖަރުމަނު)އިންގްލެންޑުގެ ގައުމީ ޓީމުގެރެތު ސައުތުގޭޓް

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
14 އޮކްޓޯބަރު 2024

އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި

14 އޮކްޓޯބަރު 2024
އިންގްލެންޑުން ފިންލެންޑު ބަލިކޮށްފި
12 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
27 އޯގަސްޓު 2024

އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ

27 އޯގަސްޓު 2024
އިންގްލެންޑުގެ ކުރީގެ ކޯޗު އެރިކްސަން މަރުވެއްޖެ
20 ޖުލައި 2024

އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި

20 ޖުލައި 2024
އިނގިރޭސި އެފްއޭއިން ގައުމީ ކޯޗެއް ހޯދަން ޢާއްމުކޮށް އިއުލާނުކޮށްފި
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު