Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ ސިފައިންގެ މައްސަލަ

އިންޑިޔާގެ ސިފައިން އަނބުރާ ގެންދަން އެގައުމުން ވަނީ އެއްބަސްވެފައި: ރައީސް

މިހާރު ކުރެވެމުން ދަނީ ފޮނުވާލުމުގެ ޓެކްނިކަލް މަސައްކަތްތަކެއް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 3 ޑިސެމްބަރު 2023 | އާދީއްތަ 12:26
އިންޑިޔާގެ ސިފައިންތަކެއް ރާއްޖޭގައި

އިންޑިޔާގެ ސިފައިންތަކެއް ރާއްޖޭގައި

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ބާލައި އަނބުރައި އެގައުމަށް ގެންދިޔުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުރުކީ އަދި ކޮޕް-28 ސަމިޓުގެ ދަތުރުތައް ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން، ވެލާނާ އެއާޕޯޓުގައި އާދިއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކެމްޕެއިނުގެ ތެރޭގައި ވެސް ވާހަކަ ދެކެވުނު ބީދާއިން، ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާ އަދި މިހާރާ ހަމައަށް ވެސް އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް، ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެކަން އެފަދައިން ޙާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީއިންތިގާލީ މަރުހަލާގެ ތެރޭގައި އެ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިޔާގެ ސަފީރާ ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އިންޑިޔާގެ ސަރުކާރުގައި ރަސްމީކޮށް އެކަމަށް އެދިވަޑައިގެންނެވި ކަމަށާއި، އެ ހުރިހާ މަޝްވަރާތަކެއްގެ ތެރެއިން، ކޮޕް-28 ގެ ހަވާސާގެ ތެރެއިން އެގައުމުގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ އާ ކުރެއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަ ދެކެވުނު ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމުކުރައްވާނެ ކަމަށާއި، އެ ނިންމުމަށް ތަބާވުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރާ އެކު ކުރެވުނު މަޝްވަރާތަކުގައި އެންމެ މަތީ ފެންވަރުގެ ކޮމެޓީއެއް ވެސް އެކުލަވަލަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ކޮމެޓީގެ ތެރެއިން އިގްތިސާދީ ބޮޑެތި މަޝްރޫއުތަކުގެ ނިންމުންތަކުގެ އިތުރުން، ސިފައިންގެ މައްސަލައިގެ މަޝްވަރާތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު އެއްހާހަށް އަރާ ކަމަށް ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު އަދި އެ ޓީމު ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން، ވެރިކަން ލިބުނު ފަހުން ރައީސް އޮފީހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނީ ރާއްޖޭގައި ތިބީ 77 އިންޑިޔާގެ ސިފައިން ކަމެވެ.

އިންޑިއާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު