Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެސިޓީ ތަރައްގީ ކުރުން

މާލެ ކުނި ސިޓީއަކަށް ވަނީ ހަދާފައި، އަމާޒަކީ ބަގީޗާ މާލެއަކަށް ބަދަލުކުރުން: އާޒިމް

މާލެސިޓީއަކީ ސާފު ރީތިތަނަށް ވުމަށް އެންމެން ވެސް އެދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2023 | އާދީއްތަ 12:49
މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް

މާލެ ކުނި ސިޓީއަކަށް ހަދާފައިވާ ކަމަށާއި، އަމާޒަކީ ބަގީޗާ މާލެއަކަށް ބަދަލުކުރުން ކަމަށް މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މާލޭގައި ކުނީގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މިމައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. މާލެސިޓީ ކައުންސިލްގެ އިތުރުން ވެމްކޯ ވެސް ކުނި ނެގުމުގެ މަސައްކަތް ކުރާއިރު، އެދެވޭ ހައްލެއް ނާންނަކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލެސިޓީއަކީ ސާފު ރީތިތަނަށް ވުމަށް އެންމެން ވެސް އެދޭ ކަމަށާއި، ކުނިވެފައި އޮންނަން ބޭނުންނުވާ ކަމަށެވެ.

މޭޔަރު ކަމަށް އިންތިޚާބުވެއްޖެނަމަ ސަރުކާރުގެ އިތުރުން ހުރިހާ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ވެމްކޯއާއެކު ގުޅިގެން ކުނީގެ މައްސަލަ، ސްޓެލްކޯއާއި ގުޅިގެން ކަރަންޓުގެ މައްސަލަ، އެމްޓީސީސީއާ ގުޅިގެން ޓްރާންސްޕޯޓުގެ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މާލެ ފެން ބޮޑުވާ މައްސަލަ އާއި މާލެއަށް އުދައަރާ ގެއްލުންވާ މައްސަލައަށް ވެސް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށެވެ. މިކަންކަމަކީ ގުޅިގެން މަސައްކަތްކޮށްފިނަމަ ކުރެވޭނެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކަމެއް ކުރަން ބޭނުންވާނަމަ ދައްކާނެ 1000 އުޒުރު އޮންނަ ގޮތަށް ކުރަން ބޭނުންވާ ކަންކަން ނުކުރުމަށް ވެސް ދައްކާނެ 1000 އުޒުރު އޮންނާނެ ކަމަށެވެ. ނަމަވެސް މަގާމުތަކަށް އިންތިޚާބުވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި، އިންތިޚާބު ކޮށްފިކަމަށްވާނަ ތަފާތު ދައްކާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިސްވެ ހުންނައި ކުރެއްވި ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީ ހުޅުވި ކަމަށާއި، އެއީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެމްޓީސީސީ ކޮޅަށް ޖެހުމަށް ކުރި މަސައްކަތް ވެސް ކާމިޔާބު ކަމަށާއި، ރައްޔިތުން ބަލައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވަނީ ރައީސް ސާލިހުގެ ސަރުކާރުގެ އެމްޓީސީސީގެ ސީއީއޯގެ މަގާމު، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު