Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ބައްދަލުކޮށްފި

ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖުލައި 2017 | ބުދަ 17:05
އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރު އާއި ބައްދަލުކުރަނީ

އިދިކޮޅު ކޯލިޝަނުން ބްރިޓިޝްގެ ޑެޕިއުޓީ ހައިކޮމިޝަނަރު އާއި ބައްދަލުކުރަނީ

އިދިކޮޅު ކޯލިޝަނުން ބްރިޓިޝް ޑެޕިއުޓީ ހައިކޮމިޝަނަރު ޓޮމް ބާރންއާ ބައްދަލުކޮށްފިއެވެ.

ކުރީގެ ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގައި އިތުރަށް ނުތަނަވަސްވަމުންދާ ސިޔާސީ ޙާލަތާ ގުޅިގެން ބްރިޓިޝްގެ ހައިކޮމިޝަނަރާ ބައްދަލުކޮށް، މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަރލަންޑްސް، ނޯވޭ، ސްވިޒަލެންޑް، އިގިރޭސިވިލާތް، އެމެރިކާ އަދި ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އީޔޫ ޑެލިގޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން، ރާއްޖޭގެ ޑިމޮކްރަސީ އަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް ކަމަށެވެ.

އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ވަނުމުން ހުރަސް އަޅާ، އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކުރުމާއި، މެންބަރުންނަށް ބިރު ދެއްކުމާއި ހައްޔަރުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުހިއްމު ކަންކަން ކަމެވެ. އަދި އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރަށް ހުރަސް ނޭޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!
27 މާރިޗު 2017

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު