Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމްގެ ތަސައްވަރު

މޭޔަރުކަން ލިބިވަޑައިގެންފިނަމަ އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް: އާޒިމް

އެންމެ ބޮޑަށް ކުރައްވާނެ ކަމަކީ މާލެ ސިޓީ ކައުންސިލާމެދު ރައްޔިތުންގެ އިތުބާރު ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޑިސެމްބަރު 2023 | އާދީއްތަ 00:50
މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރުކަން ލިބިވަޑައިގެންފިނަމަ އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުން ކުޑަކޮށް މާލެއަކީ އެންމެން ދިރިއުޅޭ ހިތްވާ ތަނަކަށް ހެއްދެވުމަށްކަމަށް މާލެ ސިޓީގެ މޭޔަރކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީއާ މެދު ގެންގުޅުއްވާ ތަސައްވަރާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރ ކަމަށް ކުރިމަތިލެއްވީ މާލެ ސަރަހައްދަކީ ރައްޔިތުން އުޅޭ ހިތްވާ ތަނަކަށް ހެދުމަށްކަމަށެވެ. މިހާރު މިތަނުގައި މީހުން ދިރިއުޅެނީ އުޅޭ ހިތުން ނޫންކަމަށާއި އުޅެން ޖެހިގެންކަމަށް އާޒިމް ވިދާޅުވިއެވެ.

ކުރަން އޮތީ ވަރަށް އުނދަގޫ ގޮންޖެހުން ބޮޑު މަަސައްކަތެއްކަމަށާއި އެމަސައްކަތް ކުރުމަށް އެންމެ ބޮޑަށް ކުރައްވާނެ ކަމަކީ މާލެ ސިޓީ ކައުންސިލާމެދު ރައްޔިތުންގެ އިތުބާރު ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުންކަމަށް އާޒިމް ވިދާޅުވިއެވެ. ސިޓީ ކައުންސިލަށް ލިބޭ އާމްދަނީ އާއި ޚަރަދުގެ ތަފްސީލުތައް ދެ ފުށް ފެންނަ ގޮތަކަށް އާންމުކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަން ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން ހިންގަމުންދިޔަ ހައުސިންގ މަޝްރޫޢުތައް އެގޮތުގައި ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން މިސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހިއްކަން ބޭނުންވާ ފުށިދިއްގަރުފަޅަކީ މިވަގުތަށް މުހިންމު މަޝްރޫޢެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަސައްކަތްކުރައްވާނީ ހުރިހާ އެންމެންނާވެސް ގުޅިގެން މާލެއަށް ދިމާވެފައިވާ މައްސަލަތަށް ހައްލު ހޯދުމަށްކަމަށެވެ.

އާދަމް ޢާޒިމްމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު