Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ހިލާލް

ލިބުނީ މުހިންމު މޮޅެއް، ނަމަވެސް ކުރަން ޖެހޭ މަސައްކަތް ބޮޑު: ޖީސަސް

މޮޅާއެކު އިތުރު އެހެންކަމެއް ހާސިލުނުވާކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ކުރަން ޖެހޭ މަސައްކަތް މާބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޑިސެމްބަރު 2023 | ހޮނިހިރު 04:03
އަލް ހިލާލްގެ ކޯޗު ޖޯޖު ޖީސަސް

އަލް ހިލާލްގެ ކޯޗު ޖޯޖު ޖީސަސް

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ މުހިންމު މޮޅެއް ކަމަށާއި، ނަމަވެސް ކުރަން ޖެހޭ މަސައްކަތް ބޮޑު ކަމަށް އަލް ހިލާލްގެ ކޯޗު ޖޯޖު ޖީސަސް ބުނެފި އެވެ.

އަލް ނަސްރު އަތުން މޮޅުވެ، އެއް ވަނައިގަައި ހަތް ޕޮއިންޓުގެ ލީޑު ނެގި މެޗަށްފަހު ވާހަކަ ދައްކަމުން ޖީސަސް ބުނީ، އަލް ހިލާލްގެ ކުޅުންތެރިން އަދި ސަޕޯޓަރުންނަށް މަރުޙަބާ ކިޔަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އަލް ނަސްރާ ދެކޮޅަށް ކުޅުނު މެޗުން އަލް ހިލާލަށް ލިބުނީ ލީގުގައި ކުރިއަށް ދާން ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ނަމަވެސް، އެ މޮޅާއެކު އިތުރު އެހެންކަމެއް ހާސިލުނުވާކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ކުރަން ޖެހޭ މަސައްކަތް މާބޮޑު ކަމަށެވެ. އެގޮތުން ސައުދީ ލީގުގައި ކުރިއަށް ހުރި ކޮންމެ މެޗަކީ ވެސް އެ ޓީމަށް މުހިންމު މެޗެއްގެ ގޮތުގައި ޖީސަސް ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް އޭނާ ބުނީ އެ މެޗަކީ ފެންވަރު ރަނގަޅު، މޮޅު ދެ ޓީމުގެ މެދުގައި ކުޅެވުނު މެޗެއް ކަމަށެވެ. އެގޮތުން ދެ ޓީމުގައި ވެސް ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ. އަނެއްކޮޅުން މެޗުގެ ފަހު ކަށިގަނޑާ ހަމައަށް ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެއްކަން ފާހަގަކޮށް އޭނާ ބުނީ، ސައުދީ ލީގުގެ ޓީމުތައް ދުވަހަކުން ދުވަހަށް އަންނަނީ ވަރުގަދަވަމުން ކަމަށެވެ. އޭނާ ބުނީ މެޗުގައި ރެފްރީގެ ނިންމުތައް އައި ގޮތާ ގުޅޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، އަބަދު ވެސް ރެފްރީގެ ނިންމުމަށް އިހުތިރާމް ކުރަން ވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ދެން މަސައްކަތް ކުރަން އޮތީ ކުރިއަށް އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗަށް ކަމަށެވެ. އެއަށްފަހު ލީގު މެޗުތަކަށް ސަމާލުކަން ދޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަލް ހިލާލްޖޯޖު ޖީސަސް

އިތުރަށް ކިޔާލަން

06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު