Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު ޝަރުތުތަކާއެކު ބަންްދުން ދޫކޮށްލައިފި

ބަންދުން ދޫކޮށްލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2023 | ހުކުރު 08:07
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު ޝަރުތުތަކާއެކު ބަންްދުން ދޫކޮށްލައިފިއެވެ.

ބަންދުން ދޫކޮށްލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ފުލުހުން ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދުމުންނެވެ.

އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވަނީ ޝަރުތުތަކާއެކުއެވެ. ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވީނަމަވެސް، ދެފަރާތުން ދެއްކި ވާހަކަތަށް ބަލާއިރު އަދި ހުށަހެޅިފައިވާ ހެކި ގަރީނާއިން ނިއުޅިފައިވާ ކަންކަމަށް ބަލާއިރު، ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލިޔަސް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނާތީ ޝަރުތު ކުރުމަށްފަހުއެވެ.

ބަންދުން ދޫކޮށްލާފައިވާއިރު، މި މައްސަލައިގައި އޭނާ ވަނީ 5 ފަހަރަށް ކޯޓަށް ހާޒިރުކުރެވިފައެވެ. އަދި އޭނާ ބަންދުން ދޫކޮށްލިނަމަވެސް މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ހުރަހެއް އޮތްކަމަށް ނުފެންނަ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ހައްޔަރު ބަންދު ރިކޯޑް އޮތްކަމަށް ބަޔާންކުރި ނަމަވެސް، އޭނާގެ ހައްޔަރު ބަންދު ލޮގަށް ބަލާއިރު އެންމެ ފަހުން އޮތީ 2015 ވަނަ އަހަރުގެ އެއް ރެކޯޑް ކަމަށާއި، އެއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑެއް ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައަށް ބަލާއިރު މި މައްސަލައިގެ ޕްރައިމަރީ ޓާގެޓަކީ އޭނާ ނޫން ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

އަދި ފުލުހުން ހުށަހަޅާފައިވާ ހެކި ބަޔާންތަކަށް ބަލާއިރު، ބަލާފާސްކުރެވުނު ތަނުން ފެނުނު ތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށް ދެން މި މައްސަލައިގައި ހައްޔަރުކުރެވިފައިވާ މީހާގެ ތަކެތިކަމަށް ބުނެފައިވެއެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އިންކާރުކޮށްފައި ނުވުމާއި، މަސްތުވާތަކެތި އަތުލައިގަނެވުނު ގެއަށް އޭނާ ދިޔައީ ދައުވަތަކަށް ކަމަށް ބުނެފައިވެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު