Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ފެނުނީ ވާދަވެރި މެޗެއް، މިއީ މުހިންމު މޮޅެއް: އަންޗެލޮޓީ

30 ނޮވެމްބަރު 2023 | ބުރާސްފަތި 07:14

އަންޗެލޮޓީ ބުނީ، މެޗުން މޮޅުވެވުނީ ކުޅުންތެރިން އަވަސް އަރުވާލުމުގެ ބަދަލުގައި، ހަމަޖެހިގެން ރޭވުންތެރިކަމާއެކު މެޗު ކުޅުމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 07:14
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހުނީ ވަރަށް ވާދަވެރި މެޗެއް ކަަމަށާއި، އެ މެޗުން ލިބުނޫ ވަރަށް މުހިންމު މޮޅެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ނަޕޯލީ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެއީ ވަރަށް ހަމަހަމަ އަދި އެހާމެ ވާދަވެރި މެޗެއް ކަމަށެވެ. ޚާއްސަކޮށް އިދިކޮޅު ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި، އެމީހުންނާ ދެކޮޅަށް ކުޅެން އުނދަގޫވި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ރެއާލްގެ ކުޅުންތެރިން މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ، މެޗުގެ ކޮންޓްރޯލް ނެގިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، މެޗުން މޮޅުވެވުނީ ކުޅުންތެރިން އަވަސް އަރުވާލުމުގެ ބަދަލުގައި، ހަމަޖެހިގެން ރޭވުންތެރިކަމާއެކު މެޗު ކުޅުމުން ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އަދިވެސް ރެއާލަށް އެއަށްވުރެ ފުރިހަމަ އަށް ޑިފެންސްގައި ކުޅެވޭނެ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މެޗުންް މޮޅުވުމުގެ ހަކަތަ ރެއާލްގެ ކިބިގައި ނެތްކަމަށް ހީކުރެވުނު ނަމަވެސް، ކުޅުންތެރިން ދެއްކީ އެއާ މުޅިން ޚިލާފު މަންޒަރެއް ކަމަށެވެ. ޚާއްސަކޮށް އިދިކޮޅަށް ކުޅެން އޮތް ޓީމަށް ވުރެ، މާ ވަރުގަދަ ހަކަތައެއް ރެއާލްގެ ކުޅުންތެރިން ދެއްކި ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އަންޗެލޮޓީ ވަނީ ރެއާލަށް ކުލެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމްގެ ވާހަކަ ވެސް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ، ބެލިންހަމް އަންނަނީ އަބަދު ވެސް ތަފާތު ދައްކަމުން ކަމަށާއި، އޭނާގެ ހުނަރާއި، ކުޅުމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

މޮޅާއެކު ރެއާލުން ވަނީ ގުރޫޕް ސީގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ. ނަޕޯލީ މެޗަށް ކުރިމަތިލީއިރު، އަންޗެލޮޓީ އަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަ އެވެ. ނަމަވެސް އެކަން ބަހަނާއަކަށް ދައްކަން ބޭނުންނުވާ ކަމަށް އޭނާ ވަނީ މެޗުގެ ކުރިން ވެސް ބުނެފަ އެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް