Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގައި ނުރައްކާތެރި އެކްސިޑެންޓް ހިނގުން

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 ޒުވާނުންގެ ހާލު ސީރިއަސް

މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2023 | ބުރާސްފަތި 04:41
އައިޖީއެމްއެޗް

އައިޖީއެމްއެޗް

މާލޭ ބޮޑުތަކުރުފާނު މަގުގައި ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 3 ޒުވާނުން ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އަޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަކާއި ގުޅިގެން ތިން ޒުވާނަކު ހޮސްޕިޓަލަށް ގެނެސް ރެޑް ޒޯންގައި ފަރުވާ ދެމުންދާ ކަމަށެވެ. އެއީ 19 އަހަރުގެ ފިރިހެނެކާއި، 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، ބުދަ ދުވަހުގެ ރޭ 23:26 އެހާކަންހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިންނެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މާލެސިޓީގައި މި ފަހަކަށް އައިސް ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ. އަދި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަނީ މިމަހުގެ 28 ވަނަ ދުވަހު ނިޔާވެފައެވެ.

އެކްސިޑެންޓު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
10 ނޮވެމްބަރު 2025

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

10 ނޮވެމްބަރު 2025
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
10 ނޮވެމްބަރު 2025

މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

10 ނޮވެމްބަރު 2025
މި މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
05 ނޮވެމްބަރު 2025

ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީ ވެހިކަލް އިން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

05 ނޮވެމްބަރު 2025
ހުޅުދޫ ގައި ރައީސްގެ ސެކިއުރިޓީ ވެހިކަލް އިން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު