Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުރު ސްޕޯޓްސް ކުލަބު

އައު ބޯޑާއެކު ބުރު ސްޕޯޓްސް ކުލަބުން އުންމީދުގައި

ބުރުގެ ބޯޑަށް މެމްބަރުން އިންތިޚާބު ކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 00:30
ބުރުގެ އައު ބޯޑު މެމްބަރުން

ބުރުގެ އައު ބޯޑު މެމްބަރުން

ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ކުލަބުގެ އައު ބޯޑަށް މެމްބަރު އިންތިޚާބު ކޮށްފި އެވެ.

ބުރުގެ ބޯޑަށް މެމްބަރުން އިންތިޚާބު ކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު އައު ބޯޑުގެ ފުރަތަމަ ބައްދަލުވުން ވަނީ މިދިޔަ ހޯމަ ދުވަހު، މަންހެޓަން ބިޒްނަސް ހޮޓަލުގައި ބާއްވައިފަ އެވެ. އައު ބޯޑުގެ ރައީސަކީ މުޙައްމަދު އަޙުސަން އެވެ. ނައިބު ރައީސަކަށް މުޙައްމަދު ޙަސަން އިންތިޚާބުކުރިއިރު، ޚާޒާންދާރަކީ މުޙައްމަދު ރީހާން އެވެ. ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަކީ އަރުޝަދު އަޝްރަފް އެވެ. މީގެ އިތުރުން ބޯޑުގެ މެމްބަރުގެ ގޮތުގައި ޙަސަން ފަރުހާން މުޙައްމަދު ވެސް ވަނީ އިންތިޚާބު ކޮށްފަ އެވެ.

ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ މިއަހަރު ކުލަބުން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. ހަމައެހެންމެ، ފުޓުބޯޅަ އާއި އެހެނިހެން ދާއިރާތަކުގައި ވެސް ބުރުން ޙަރަކާތްތެރިވާނެ ގޮތާމެދު މަޝްވަރާ ކުރި އެވެ. މީގެ އިތުރުން އަންނަ އަހަރަށް ކުލަބުން ލަފާ ކުރާ ބަޖެޓާއި، ބަޖެޓުން ފައިސާ ޚަރަދު ކުރާނެ ގޮތުގެ މައުލޫމާތާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

ބުރުގެ އައު ރައީސް އަޙުސަން ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ފުޓުބޯޅަ އަށް ޚާއްސަ ސަމާލުކަމެއް ދީގެން އަންނަ އަހަރަށް ތައްޔާރުވުން ކަމަށެވެ. އަދި ހަމަ އެހެންމެ، ކުލަބުގެ ޙަރަކާތްތެރިކަން އިތުރުކޮށް، ފުޓުބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކާއި، ޙަރަކާތްތަކުގައި ކުލަބު ތަމްސީލު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބުރުން ވަނީ މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު މި ސީޒަންގައި އެ ޓީމު އަންނަނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންނެވެ.

ބުރު ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު