Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޭ ސޯލާ ޕްރޮގްރާމް

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

ޕްރޮގްރާމް ހިންގުމަށް ރާވާފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2023 | ބުދަ 17:27
ޕްރޮގްރާމުގެ އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ އަހްމަދު ރައުފް މުހައްމަދު

ޕްރޮގްރާމުގެ އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ އަހްމަދު ރައުފް މުހައްމަދު

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފައިވާއިރު އެ ޕްރޮގްރާމުގެ ދަށުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ ކަމަށް ޕްރޮގްރާމުގެ އެސިސްޓަންޓް ސްޓެޓިސްޓިކަލް އޮފިސަރ އަހްމަދު ރައުފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައުފް ވިދާޅުވީ ޓެންޑަރިންގ މަރުހަލާ ކުރިއަށް ގެންދަނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭނެކަމަށް ލަފާކުރިނަމަވެސް ރީ ޓެންޑަރިންގއަށް އަލުން އިއުލާން ކުރަން ޖެހިއްޖެނަމަ އިތުރު މުއްދަތެއް ނަގާފާނެ ކަމަށް ރައުފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ވަރަށް މަދު ރަށެއް ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި، ސޯލާ ޕެނަލް ހަރުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙު ކޮށްފައިވަނީ ނޮވެމްބަރު 28 ގައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމަށް ރާވާފައިވަނީ ސަރުކާރާއި، ޔުޓިލިޓީ ކުންފުނިތަކާއި އަދި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެންނެވެ.

މިނިސްޓްރީން ބުނީ، މިފަހަރު އިފްތިތާހް ކުރެވިގެން މިދަނީ މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހިކަމަށެވެ. މި ފިޔަވަހީގައި ސޯލާ ޕީވީ އިން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެއެވެ.

މިފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، އަދި މިނިޒާމުތައް ގާއިމުކުރެވޭނީ ނެޓް މީޓަރިންގ އުޞޫލުގެ ދަށުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ސޯލާ ހަކަތަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
20 ރަށެއްގައި 20 މެގަވޮޓުގެ، އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރަނީ

20 ރަށެއްގައި 20 މެގަވޮޓުގެ، އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރަނީ

11 މެއި 2023
ސޯލާރ ހަރުކުރުމަށް ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ދޫކުރުމަށް އެދިއްޖެ

ސޯލާރ ހަރުކުރުމަށް ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ދޫކުރުމަށް އެދިއްޖެ

07 މެއި 2023
މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

06 ފެބުރުއަރީ 2023
މި 4 އަހަރުތެރޭގައި އިއާދަކުރަނިވި ހަކަތަ 37 މެގަވޮޓަށް އިތުރު ކުރެވިއްޖެ - އެންވަޔަރމަންޓް މިނިސްޓްރީ

މި 4 އަހަރުތެރޭގައި އިއާދަކުރަނިވި ހަކަތަ 37 މެގަވޮޓަށް އިތުރު ކުރެވިއްޖެ - އެންވަޔަރމަންޓް މިނިސްޓްރީ

14 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު