Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯސީ

އައިއޯސީގެ ބައްދަލުވުމެއް ޕެރިހުގައި

ތިން ދުވަހަށް މި ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބުދަ ދުވަހު ބާއްވާފައި ވަނީ ފުރަތަމަ ބައްދަލުވުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 00:26
ފްރާންސްގައި ކުރިއަށް ގެންދިޔަ އައިއޯސީގެ ބައްދަލުވުމުގެ ތެރެއިން

ފްރާންސްގައި ކުރިއަށް ގެންދިޔަ އައިއޯސީގެ ބައްދަލުވުމުގެ ތެރެއިން

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ގެ ބައްދަލުވުމެއް ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބާއްވައިފި އެވެ.

މިއީ އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސް ގޭމްސްއާ ގުޅިގެން އައިއޯސީން ބޭއްވި ބައްދަލުވުމެކެވެ. ތިން ދުވަހަށް މި ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބުދަ ދުވަހު ބާއްވާފައި ވަނީ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި އައިއޯސީގެ ރައީސް ތޯމަސް ބެކް ބައިވެރިވެ ވަޑައިގަންނަވާއިރު، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް އޭނާ އެވެ. މި ބައްދަލުވުންތަކުގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، މުބާރާތް ހިންގާ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތައް ދިރާސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އޮލިމްޕިކް ކުރިއަށްދާ ވަގުތުތަކުގައި ހިނގާނެ ކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. ހަމައެހެންމެ، އައިއޯސީގެ ކޮމިޝަންތަކާއި، އައިއޯސީގެ އިދާރީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރާނެ އެވެ. އެއަށްފަހު، ހުކުރު ދުވަހު ޕެރިސް އޮލިމްޕިކް ވިލެޖަށް އައިއޯސީގެ ހިންގާ ކޮމެޓީގެ މެމްބަރުން ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ޕެރިސް އޮލިމްޕިކްސް 2024

އިތުރަށް ކިޔާލަން

25 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟
25 ޖުލައި 2024

އޮލިމްޕިކްސް ގައި ރެފްރީއާ ވާހަކަ ދެއްކޭނީ ހަމައެކަނި ކެޕްޓަނަށް!

25 ޖުލައި 2024
އޮލިމްޕިކްސް ގައި ރެފްރީއާ ވާހަކަ ދެއްކޭނީ ހަމައެކަނި ކެޕްޓަނަށް!
25 ޖުލައި 2024

މޮރޮކޯއިން އާޖެންޓީނާ ބަލިކޮށްފި، މެޗު ދެ ގަޑިއިރަށް މެދުކަނޑާލި!

25 ޖުލައި 2024
މޮރޮކޯއިން އާޖެންޓީނާ ބަލިކޮށްފި، މެޗު ދެ ގަޑިއިރަށް މެދުކަނޑާލި!
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
22 ޑިސެމްބަރު 2023

ސެކިއުރިޓީން ބޭނުންވެއްޖެނަމަ، އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޕްލޭން ބަދަލުކުރަން ފްރާންސުން ތައްޔާރު

22 ޑިސެމްބަރު 2023
ސެކިއުރިޓީން ބޭނުންވެއްޖެނަމަ، އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޕްލޭން ބަދަލުކުރަން ފްރާންސުން ތައްޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު