Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮލިމްޕިކް ގޭމްސް 2024

ރަޝިޔާގެ އުންމީދަކީ އަންނަ އަހަރުގެ އޮލިމްޕިކްސްގެ ކުރިން އެ ޤައުމުގެ އެތުލީޓުންނަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރުން

ރަޝިޔާގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން ރަޝިޔާގެ އޮލިމްޕިކް ކޮމެޓީ އާއި އާންމު ޖަމިއްޔާތަކުން އެ ޤައުމުގެ އެތުލީޓުންނަށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ބައިވެރިވެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 02:29
ރަޝިޔާގެ ބައެއް އެތުލީޓުން

ރަޝިޔާގެ ބައެއް އެތުލީޓުން

އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ ކުރިން ރަޝިޔާގެ އެތުލީޓުންނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މުރާޖާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ޤައުމުގެ ކުޅިވަރު މިނިސްޓަރު އިގޯ ލެވިޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން އައި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ކުޅިވަރު އިދާރާތަކުން ވަނީ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރަޝިޔާގެ ޤައުމީ ޓީމާއި، އެ ޤައުމުގެ ކުލަބުތައް ވެސް ސަސްޕެންޑުކޮށްފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ވެސް ވަނީ ރަޝިޔާގެ އެތުލީޓުނަށް ގޭމްސްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް މިހާރު އަންނަނީ ބައެއް ގޭމްސްތަކުގައި އެ ޤައުމުގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ދެމުންނެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ރަޝިޔާގެ ކުޅިވަރު މިނިސްޓަރު ލެވަޓިން ވިދާޅުވީ، ގިނަ ޤައުމުތަކުން ރަޝިޔާ އަށް ތާއީދު ކުރާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބައިނަލްއަޤުވާމީ އެންމެހައި މުބާރާތްތަކުގައި ރަޝިޔާގެ ޓީމުތަކާއި، އެތުލީޓުން ބައިވެރިވުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، މައްސަލަތަކެއް ކުރިމަތީގައި އޮތް ކަމަށާއި، ނަމަވެސް ކުރިއަށް ދެވޭނެ އެންމެހައި މަގަކުން މަސައްކަތް ކުރައްވާނެ ކަަމަށެވެ. ލެވެޓިން ވިދާޅުވީ ރަޝިޔާގެ ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން ރަޝިޔާގެ އޮލިމްޕިކް ކޮމެޓީ އާއި އާންމު ޖަމިއްޔާތަކުން އެ ޤައުމުގެ އެތުލީޓުންނަށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ބައިވެރިވެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

މީގެ އިތުރުން ރަޝިޔާގެ އޮލިމްޕިކް ކޮމެޓީގެ ރައީސް ސްޓެނިސްލާވް ޕޮޒްޑްނިޔާކޯވް ވިދާޅުވީ، ރަޝިޔާއާ ދެކޮޅު މީހުން ވެސް މިއަދު ޤަބޫލު ކުރާ ހަގީގަތަކީ އެ ޤައުމާ ދެކޮޅަށް މީގެ އަހަރެއްހާ ދުވަސް ކުރިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް މުރާޖާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެއީ ނުހައްގުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގައި އެންމެންގެ ބައިވެރިވުމެއް ނެތް ނަމަވެސް، ފިޔަވަޅުތައް ލުއި ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެކަމުގައި ދެން ފަހަތަށް ނުޖެހޭނެ ކަމަށެވެ. ޕޮޒްޑްނިޔާކޯވް ވިދާޅުވީ އަންނަ އަހަރު އޮންނަ އޮލިމްޕިކްސްގެ ކުރިން އައިއޯސީން ވެސް މަސައްކަތް ކުރަނީ އެކަން ލުއި ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ނުހައްގު ފިޔަވަޅުތައް އައިއޯސީން މުރާޖާ ކުރާނެ ކަމުގެ ޔަޤީންކަން ވެސް އޮތް ކަމަށެވެ.

ރަޝިޔާގެ އިސް ފަރާތްތައް މިފަދައިން ވާހަކަ ދައްކާފައިވާއިރު، އައިއޯސީގެ ރައީސް ތޯމަސް ބާކް ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެވޭނީ ކޮން އެތުލީޓުންނެއްތޯ ނިންމުމުގެ ޒިންމާ ކުޅިވަރު ޖަމިއްޔާތަކަށް އޮންނަންވާނީ ސިޔާސީ ގޮތުން ނުވަތަ ޕާސްޕޯޓުގެ ސަބަބުން ނޫން ކަމަށާއި އެކަން އޮންނަން ވާނީ ކުޅިވަރުގެ މޮޅުކަމަށް ބަލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އިވެންޓްތައް އިންތިޒާމްކުރާ ފަރާތްތަކާއި ސްޕޯޓްސް ފެޑެރޭޝަންތަކަށް އަމަލުކުރަންޖެހޭ ލަފާތަކުގެ ތެރޭގައި ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުންނަށް ވާދަކުރެވޭނީ ހަމައެކަނި ނިއުޓްރަލްގެ ގޮތުގައި، ދިދައެއް ނުވަތަ ލަވައެއް (ޤައުމީ ސަލާމް) ނެތި ކަމަށެވެ.

ޕެރިސް އޮލިމްޕިކްސް 2024ރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު