Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ބްރެޒިލާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަންޗެލޮޓީގެ ފިނި ޖަވާބެއް

30 ނޮވެމްބަރު 2023 | ބުރާސްފަތި 00:23

ރެއާލާއެކު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2023 | ބުރާސްފަތި 00:23
ރެއާލުން ކުޅުނު މެޗެއްގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލުން ކުޅުނު މެޗެއްގައި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ

ބްރެޒިލްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ފިނި ޖަވާބެއް ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު، ބްރެޒިލްގެ ކޯޗުކަމުގެ މަޤާމު އޮންނަނީ ހުހަށެވެ. އެއީ އެ މަގާމުގައި ހުރި ޓީޓޭ ވަކިވުމުންނެވެ. އޭގެ ފަހުން ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ވަނީ، އެ މަޤާމަށް އަންޗެލޮޓީ ގެންނަން ބޭނުންވާކަން ހާމަކުރައްވައިފަ އެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވޭ ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަންޗެލޮޓީ އަށް އަމާޒުވާއިރު، މިހާތަނަށް އޭނާ ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ދާދި ފަހުން އަނެއްކާ ވެސް ނޫސްވެރިޔަކު ވަނީ އަންޗެލޮޓީ އަށް އެ ސުވާލު އަމާޒުކޮށްފަ އެވެ. އެއާއެކު އަންޗެލޮޓީ ބުނީ، ރެއާލްގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން، ވަރަށް އުފަލުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭންގޭނެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ވާން ހުރި ގޮތެއް ވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ރެއާލްގައި ހިތްހަމަ ޖެހިގެން ހުރި ކަމަށް ބުނާ ބުނުން އޭނާ ވަނީ ތަކުރާރުކޮށްފަ އެވެ.

ރެއާލާއެކު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވުމާއެކު އަމަލުކުރާނެ ވަކި ގޮތެއް މިހާތަނަށް އަންޗެލޮޓީ ނިންމާފައެއް ނުވެ އެވެ. ރެއާލުން ބޭނުންވަނީ އިތުރު މުއްދަތަކަށް އަންޗެލޮޓީ އެ ކުލަބުގައި ބަހައްޓަން ކަމަށް ވެސް ސްޕެއިންގެ މީޑިއާ ތަކުން ބުނެ އެވެ. ނަމަވެސް، އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ބްރެޒިލް ޤައުމީ ޓީމާ އޭނާ ހަވާލުވާނެ ކަމަށް ވެސް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް