Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓަނަލުން މީހުން ސަލާމަތް ކުރުން

އިންޑިޔާގެ ޓަނަލެއްގައި ބަންދުވެފައި ތިބި 41 މަސައްކަތްތެރިން ސަލާމަތްކޮށްފި

ހިތް ނުތަނަވަސްވާ ވަގުތުތައް އަންނަ ނަމަވެސް، އެންމެން އެކުގައި އުޅުމުން ހިތްވަރު ލިބުނު ކަމަށް އެމީހުން ބުނެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ނޮވެމްބަރު 2023 | ބުދަ 09:57
އިންޑިޔާގައި މީހުން ބަންދުވި ޓަނަލް

އިންޑިޔާގައި މީހުން ބަންދުވި ޓަނަލް

އިންޑިޔާގެ އުއްތަރަޚާންދްގައި ހަދަމުން ދިޔަ ޓަނަލެއްގެ ބައެއް ވެއްޓުމުގެ ސަބަބުން ޓަނަލް ތެރޭގައި ބަންދުވެފައި ތިބި 41 މަސައްކަތްތެރިން 17 ދުވަސް ފަހުން ސަލާމަތްކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓަނަލުން ނެރުމަށް ފަހު އެންމެން ވަނީ އެމްބިއުލައިންސްތަކެއްގައި ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ޚަބަރުތައް ބުނާގޮތުން އެންމެންގެ ވެސް ހާލު ރަނގަޅެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާ އަދި އެކި ޓެސްޓުތައް ހެދުމަށެވެ.

އެމީހުން ތިބި ހޮސްޕިޓަލުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެން ވެސް ތިބީ ވަރަށް އުފަލުން އަދި ހަމަޖެހިފަ އެވެ. އެއްބަޔަކު އެނދު މަތީ ތިބެ ކައިބޮއި ހަދާ މަންޒަރު ފެންނަ އިރު އަނެއްބަޔަކު އެހެން ބައެއް ކަންކަމުގައި ޝާމިލުވެ އުޅެއެވެ.

އެމީހުން ކިޔާދީފައިވާ ގޮތުގައި ޓަނަލް ތެރޭ ތިބި ދުވަސްތަކުގައި ކުރާކޮންމެ ކަމެއް ކުރަނީ އެންމެން އެކުގައެވެ. މިގޮތުން ޔޯގާ ކަސްރަތު ކުރުމާއި ޓަނަލް ތެރޭ ލިބެން އޮތް ޖާގައިގައި ހިނގާލަން ގޮސް ހަދާކަމަށް ބުނެފައި ވެއެވެ. އަދި ކެއުމަށް އިންސާފް ކުރަނީ ވެސް އެންމެން އެކުގައި ކަމަށް ބުނެފައި ވެއެވެ. ހިތްނުތަނަވަސްވާ ވަގުތުތައް އަންނަ ނަމަވެސް، ސަލާމަތްވުމުން މިހާރު ވަރަށް އުފާކުރާކަމަށް ބުނެފައި ވެއެވެ.

ފޯނު ފުރަތަމަ ބޭނުން ކުރަނީ ހަމަ އެކަނި ގަޑިބަލާލުމަށް ކަމަށާއި ނަމަވެސް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކުން ފޯނު ޗާޖަރުތަކެއް ފޯރުކޮށްދިނުމުން މުނިފޫހިފިލުވުމަށް ޓަކައި ފޯނުން ގޭމު ކުޅެހަދާކަމަށް އެމީހުން ބުނެފައި ވެއެވެ.

41 މީހުން ޓަނަލުން ނެރެފައިވަނީ ވަކިން ކޮނުނު ހަނި މަގަކަށް ތިންފޫޓްފުޅާ ޕައިޕްތަކެއް ވައްދާ އެ ޕައިޕް ތެރެއިން ފަހަރަކު މީހަކުއެވެ. މިގޮތުން ނެރެވޭ މީހާ އޮންނަނީ ސްޓްރެޗްރެއްގައި ބެލްޓު އަޅާ ހައްޔަރުކޮށްފައެވެ. އަދި މަތީގައި ތިބި މީހުން ސްޓްރެޗަރު ދަމާ ނެރެފައިވެއެވެ.

އެންމެ ފަހު މީހާ ނެރެވުމާއެކު އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އެތެރޭގައިވީ މީހުންގެ އާއިލާގެ އެތައް މެންބަރުންނެއް އެމީހުން ބަންދުވީއްސުރެ ތިބީ ޓަނަލް ކައިރީގައެވެ.

ވެއްޓިފައިވާ ޓަނަލަކީ ހިމާލިޔާ ފަރުބަދަތެރޭން ކަނޑަމުން އައި 4.5 ކިލޯމީޓަރުގެ ޓަނަލެކެވެ. "ޗަރު ޑޭޕް ޕްރޮޖެކްޓް"ގެ ދަށުން ހަދަމުން އައި ޓަނަލްގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސަލާމަތާ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަން ނުދީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

ޓަނަލްއިންޑިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު