Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

"ޕިއްޒާ ނޭޝަނަލް ކޮންގްރެސް" ނުވަތަ "ވެރިކަންކުރާ ޕިއްޒާ ޕާޓީ"

ކަންކަން ވައިގާ ހިފާކަށްވެސް ލަހެއްފަހެއް ނުވެއެވެ. ބަސްބުނާ ހިނދުން މަޝްހޫރުވެގެން ދެއެވެ. އެކިއެކި މިސާލުބަސްވެސް އުފެދޭ އެއްސަބަބަކަށް އެކަން ވެދެއެވެ. އެބީދައިން ބަލާއިރު މިދުވަސްވަރު އެންމެ ބާރަށް ހިނގާ އެއް ނަމަކީ "ޕިއްޒާއެވެ. ޕިއްޒާ ޕާޓީއެވެ. އިހަށްވެސް ފަހަށްވެސް އައްވަލަށްވެސް އަހަރެން ބުނާނަމެވެ. އެމީހުން އެބުނާ ޒާތަށް މަށަކުވާ އެހެން ބުނާކަށް ނެތީމެވެ. އެނަމުން ކިޔާކަށް ހަމަ ލާހިކެއް ނޫނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2025 | ބުރާސްފަތި 11:18
ޕިއްޒާ ޕާޓީ

ޕިއްޒާ ޕާޓީ

ކަންކަން ވައިގާ ހިފާކަށްވެސް ލަހެއްފަހެއް ނުވެއެވެ. ބަސްބުނާ ހިނދުން މަޝްހޫރުވެގެން ދެއެވެ. އެކިއެކި މިސާލުބަސްވެސް އުފެދޭ އެއްސަބަބަކަށް އެކަން ވެދެއެވެ. އެބީދައިން ބަލާއިރު މިދުވަސްވަރު އެންމެ ބާރަށް ހިނގާ އެއް ނަމަކީ "ޕިއްޒާއެވެ. ޕިއްޒާ ޕާޓީއެވެ.

އިހަށްވެސް ފަހަށްވެސް އައްވަލަށްވެސް އަހަރެން ބުނާނަމެވެ. އެމީހުން އެބުނާ ޒާތަށް މަށަކުވާ  އެހެން ބުނާކަށް ނެތީމެވެ. އެނަމުން ކިޔާކަށް ހަމަ ލާހިކެއް ނޫނެވެ.

ހެޔޮ ނުވާނެއެވެ. އެހެން ނުކިޔާށެވެ. ޕީއެންސީއަށް އެހެން މުޚާތަބު ނުކުރާށެވެ. މިއީ މަގޭ ޚިޔާލެވެ. އެއީ މިވަގުތު އޮތް އެންމެ ބާރުގަދަ ޕާޓީއެވެ. ޖަލުގައި އޮންނަވަނިކޮށް އެޕާޓީގެ ލީޑަރަށް ހާއްސަކުރި ހުސްގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައިސް ވެރިކަން ކުރާ ޕާޓީއެވެ. އިދިކޮޅު ޕާޓީގައިތިބި 13 މެންބަރަކު ކުއްލިގޮތަކަށް ހެޔޮހިތުންގޮސް ކޮޅުބަދަލުކޮށް ގުޅުނު ޕާޓީއެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއެވެ. ކުރުމުއްދަތެއްގައި އެންމެގިނަ މީހުންތަކެއް ވެއްދި ޕާޓީއެވެ. އެޕާޓީން ބޭނުން ވެގެން އެޕާޓީގެ މައި ޕާޓީ ޕީޕީއެމް އުވާލަން ނިންމި ޕާޓީއެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑުނު ފަދައިން ޕާޓީގެ ލީޑަރަކީ މީހަކަށް ނުހަދާ އެއްލާލި ޕާޓީވެސް މެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެ އެއީ އެޕާޓީއެވެ. ޕީއެންސީއެވެ. ވެރިކަމަށް އަންނަން ދެއްކި ވާހަކަތައް ދިމާ އިދިކޮޅަށް ކަންކުރަން ފެށީމާ  އެޕާޓީއަށް ޑަބަލް ޓޭޕް ފަދަ އެހެން ނަމެއްބަޔަކު ކިޔަސްވެސް މެއެވެ.  ކުރާ ކަންކަން ހަމަ އެނޭވޭގައި އިހުކުރިގޮތައް ބަދަލުކުރާތީ އުނބަށްޖަހާ ޕާޓީއޭވެސް ބުނާބަޔަކު އުޅެއެވެ. ވެރިއަކަށް ހުރި މީހާގެ އަމަލްތައް ހުރި ގޮތުން އޭނާއަށް ނިސްބަތްކޮށް އަރަބި ނަމަކުން މުޚާތަބުކޮށްވެސް އެޕާޓީއަށް ގޮވާހަދައެވެ. ދެން ގޮވާ އުޅޭ ނަން ކިޔާކަށް ލާހިކު ކުޅަދާނައެއް ނޫނެވެ.

އެކަމަކު މަގޭ ޚިޔާލު މުޅިން ތަފާތެވެ. އެހެން ނުކިޔާށެވެ. އެއީ ހަމަ ޕީއެންސީއެވެ. ވެރިކަން ކުރާ މައިޕާޓީއެވެ.

އެކަމަކު މިހުރިހާ ނަންތަކަށްވުރެ ބޮޑަށް މިހާރު ވައިގާ ހިފާފައިވަނީ މިވަގުތައް ޕިއްޒާ ޕާޓީގެ ނަމުގައެވެ. މިއީކީ ޕާޓީއާ އިދިކޮޅު ބަޔަކު ކުރި ކަމަކުން ވީކަމެއް ނޫނެވެ. އެޕާޓީއަށް ނިސްބަތްވާ ބަޔަކު ކުރިކަމަކުން ކިޔާއުޅޭ ނަމެކެވެ. އެތައް ހާސް ބަޔަކު އެޕާޓީއަށް ވެއްދުމަށް ފުރި ފޯމުތަކަކުން ކިޔާން ފެށުނު ނަމެކެވެ. އެފޯމްތައް ފުރާން ކުރި މަސައްކަތުގެ ޚައްސާސްކަމުން ގޮވާ އުޅޭ ނަމެކެވެ. އެފޯމްތައް ފުރުމުގެ މަސައްކަތުގެ އާރުކާޓީއަކަށް ހުންނެވި ވަޒީރަކު އެކަމުގައި ބައިވެރި ނުވާކަން ދައްކާން މަތިއެޅުވި ޕިއްޒާގެ ސަބަބުން ކިޔާން ފެށުނު އެއްޗެކެވެ. އެކަމުން ސަލާމަތްވާން ނޫސްވެރިން ގެންގޮސް ކުޅުވަން އުޅުނު ޕިއްޒާ ޑްރާމާއެއްގެ ސަބަބުން އިތުރަށް ވައިގާ ހިފި ނަމެކެވެ. ފޯރީގައި ފަތުއަޑުކިޔާފައި މީހުންނަށް އެނގުނު ނަމެކެވެ.

ކައްގަލަށް ދިގުކުރާކަށް ހާސަރުތަކެއް ދަމާކަށް ނެތީމެވެ. ސީދާ މަރުތޭލުން މޮހޮރުގެ ބޮލުގައި ޖަހާނަމެވެ. މި ނަމެއް މިހާބާރަށް ވައިގާ ހިފައިގެން މިއުޅެނީ ޕީއެންސީއަށް މީހުން ވެއްދުމަށް ވަގުފޯމު ފުރިކަމަށް ތުހުމަތު ކުރެވޭ ޑީއެންއާރުން އެކަން ނަފީ ކުރުމަށް ނޫސްވެރިން ގެންގޮސް ޕިއްޒާ އަތުރައިގެން ބާއްވަން އުޅުނު މޮޅު ޕްރެސް ކޮންފަރެންސްއިންނެވެ. ވަޒީރާއި ޕާޓީގެ ބޮޑުން ބޮނދާތިބެ އާދައިގެ ސިޔާސީ ދެތިން ކެނާ ނެރެގެން ދޭން އުޅުނު ރައްދުގެ ސަބަބުން ހާމަވި ކަމެއްގެ ސަބަބުންނެވެ. އެ ޕްރެސްކޮންފަރެންސްގައި ޕީއެންސީއަށް ކުރެވުނު ތުހުމަތުތަކަށް ބާރުދޭނޭ އެތައް ހެއްކަކާއި ގަރީނާއެއް ލިބުނީތީ ކިޔާއުޅޭ އެއްޗެކެވެ. ސަބަބުވެރި އިންސާނާއަށް އަދި މަށްދިވެހި ރައްޔިތުމީހާއަށް ފަހުމްވީލެއް ބޮޑުކަމުންނެވެ. ފްރަންޓަށް ނިކުތް ކުދިންކޮޅަށް އަމާޒުވި ސުވާލުތަކަށް ޖަވާބު ނުދެވި ގަންނާ ކުރެއްވި ބިރުން ވަލުދޮރާށީން ނުކުމެ ފިއްލެވީމާ މީހުންނަށް ރީތިވެގެން ކިޔާއުޅޭންފެށި ނަމެކެވެ. ސާފު މުތުލަގަށް އެމީހުން އެކަން ކޮށްފިކަމަށް ސާފުވީމާ އެނޫން އެއްވެސް ނަމެއް ކިޔާން ނުފެންނަ ކަމަށްބުނެ އިދިކޮޅު ސިޔާސީ މީހުން ލަވަޔަކަށް ހަދައިގެން ގޮވާންފެށި ނަމެކެވެ. ފޮޓޯތަކާއެކު މުޅި ސޯޝަލް މީޑިއާ ފްލަޑް ކޮށްލީތީ އެނބުރެންފެށި ނަމެކެވެ.

ކޮންމެއަކަސް އެނަން ބޭނުންކޮށް އެތުހުމަތު ޔަގީނާ ގާތްކަމަށް ބުނާން ފެށީކީ އެފޯމް ފުރަންތިބެ ކޭ ޕިއްޒާތަކުގެ ފޮޓޯއަކަށް ނޫނެވެ. އަދި އެބުނާ ފޯމުތަކުގައި އެޅި ސޮއިތަކުންނާއި ފިންގަރ ޕްރިންޓަށް ބަލާފައި އެކަނި ކިޔާންފެށި އެއްޗެއްވެސް ނޫނެވެ. އެއަށްވުރެ އޭގައި ބޭނުންކޮށްފައިހުރި ފޮޓޯތަކަކީ ޑީއެންއާރަށްގޮސް އެތަނުން ނަގާ ފޮޓޯއިން އެކަނި އައިޑީކާޑު ހެދުނު ޒަމާންތަކުގެ ފޮޓޯގަނޑުތައް އިއްތިފާގުން އެފޯމްތަކުގައި ހުރީތީއެވެ. މިވާހަކަތައް ދޮގުކުރަން ނުކެރި ސީދާ ކަމާ ނުވެސް ގުޅޭ ބަޔަކު ގެންގޮސް އެމީހުންނަށް ދޭން އުޅުނު ޕިއްޒާ ޕާޓީއަކާހުރެ ހަރުލި ނަމެކެވެ. ޕާޓީއަށް ރައްދުވި ހުތުރު ނަމުން ސަލާމަތްވާން ކުޅެން އުޅުނު ޕިއްޒާ ޑްރާމާއިން ގިނަބަޔަކަށް އިތުރަށް ފާޅުވި ނަމެއްގެ ގޮތުގައެވެ. އެއީ މިއަދު މަސްއޮޑި އަތިރީގައާއި ރަށްރަށުގެ ހޮޅުއަށިތަކުގައި އަދި މަގު ކުނިކަހާން ނުކުންނަ އަންހެންވެރިންގެ އިތުރުން ޒުވާނުން ބިޑިއޮޅާން ދުންފަތް ކިއޫގައި ތިބެގެންވެސް ގޮވާއުޅޭ ނަމެވެ. "ޕިއްޒާ ނޭޝަނަލް ކޮންގރެސް" އެވެ. ވެރިކަންކުރާ ޕިއްޒާ ޕާޓީއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫސިޓީގެ ތަރައްޤީއަށާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބެންފަށާ އައު ދިރުމަކީ ކޮބާ؟

އައްޑޫސިޓީގެ ތަރައްޤީއަށާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބެންފަށާ އައު ދިރުމަކީ ކޮބާ؟

11 ނޮވެމްބަރު 2020
ގާސިމް ނަހުލާއާ މުޚާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން

ގާސިމް ނަހުލާއާ މުޚާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން

22 އޮކްޓޯބަރު 2019
އެފްއޭއެމްގެ އެއްބާރުލުން ނުލިބުމުން، ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ!

އެފްއޭއެމްގެ އެއްބާރުލުން ނުލިބުމުން، ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ!

28 ފެބުރުއަރީ 2019
ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

06 ސެޕްޓެމްބަރު 2018
ޕްރިޔަންކާއަކީ ނިކް ރަށްޓެހިވި ހަމަ އެކަނި 'ޕަރްދޭސީ' ނުވަތަ ރީތީގެ ރާނީއެއް ނޫން!

ޕްރިޔަންކާއަކީ ނިކް ރަށްޓެހިވި ހަމަ އެކަނި 'ޕަރްދޭސީ' ނުވަތަ ރީތީގެ ރާނީއެއް ނޫން!

19 އޯގަސްޓު 2018

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު