Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންްސް ލީގު

"ވަރުގަދަ" ބާސެލޯނާއާ ދެކޮޅަށް ޕޯޓޯ އޮތީ ތައްޔާރަށް!

ބާސެލޯނާ މެޗަކީ ވަރަށް "ޓަފް" މެޗެއް ކަމަށާއި، މޮޅުވުމަކީ ދެ ޓީމަށް ވެސް ފަސޭހެ ކަމަކަށް ނުވާނެ ކަމަށް ކޮންސެއިސާއޯ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2023 | އަންގާރަ 09:50
ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ

ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސްޕެއިންގެ "ވަރުގަދަ" ބާސެލޯނާއާ ދެކޮޅަށް ޕޯޓޯ އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޮންސެއިސާއޯ ބުނީ، ބާސެލޯނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. މެޗަށް ކުރިމަތިލަނީ ވަރަށް ރަނގަޅަށް އެކަން އެނގި ތިބެ ކަމަށާއި، މެޗަށް ފުރިހަމަ އަށް ތައްޔާރު ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން ބާސެލޯނާގެ ކުޅުންތެރިންނަކީ ހުނަރުވެރި، މޮޅު ކުޅުންތެރިންތަކެއް ކަމަށް ވެސް އޭނާ ޤަބޫލު ކުރެ އެވެ. އަނެއްކޮޅުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަކީ ޗެމްޕިއަންސް ލީގަށް ވަރަށް ފަރިތަ، އެ މުބާރާތުގެ ތަޖުރިބާ ބޮޑު ކޯޗެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން ބާސެލޯނާ މެޗަކީ ވަރަށް "ޓަފް" މެޗެއް ކަމަށާއި، މޮޅުވުމަކީ ދެ ޓީމަށް ވެސް ފަސޭހެ ކަމަކަށް ނުވާނެ ކަމަށް ކޮންސެއިސާއޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ނިންމާލަން ބޭނުންވަނީ އުފާވެރި އިހުސާސްތަކާ އެކު ކަމަށާއި، ޕޯޓޯ އަކީ ބާސެލޯނާ ބަލި ކުރެވޭ ފެންވަރުގެ ޓީމެއް ކަމަށް ވެސް ކޮންސެއިސާއޯ ވަނީ ބުނެފަ އެވެ. މެޗަށް ކުރިމަތިލަނީ މޮޅުވާން ބޭނުންވެގެން ކަމަށާއި، މެޗުން މޮޅުވެ އަނެއް ބުރަށް ދިޔުމަކީ އެ ޓީމުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެހެންކަމުން މިވަގުތު ފޯކަސް ކުރަން ޖެހެނީ ބާސެލޯނާ މެޗަށް ކަމަށާއި، މެޗުން މޮޅުވެވޭނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މި ދެ ޓީމު ކުރިމަތިލާއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ހަތަރު މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. އެހެންކަމުން، މި މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕޯޓޯސާޖިއޯ ކޮންސެއިސާއޯ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު