Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީ މެޗުން ތިން ޕޮއިންޓު ނޫން އެއްޗެއް ނިއުކާސަލް ބޭނުން ނުވޭ!

އޭނާ ބުނީ ޕީއެސްޖީ މެޗަށް ދުރާލާ ތައްޔާރުވަމުން އަންނަނީ މޮޅުވުމުގެ މަޤުސަދުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 09:32
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ ތިން ޕޮއިންޓު ކަމަށް ނިއުކާސަލް ޔުނައިޓެޑުގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޕީއެސްޖީ މެޗަށް ދުރާލާ ތައްޔާރުވަމުން އަންނަނީ މޮޅުވުމުގެ މަޤުސަދުގައި ކަމަށެެވެ. އޭގެ ފަހުން އޭސީ މިލާނާ ދެކޮޅަށް ކުޅެން ޖެހޭއިރު، އެ މެޗާ ދޭތެރޭގައި ވިސްނަން ބޭނުންވަނީ ވެސް ޕީއެސްޖީ މެޗަށްފަހު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ނިއުކާސަލް އޮތީ އެންމެ ބޭނުންވާ ޙާލަތެއްގައެއް ނޫނެވެ. އެހެން ނަމަވެސް މިވަގުތަށް ބަހަނާ ދައްކަން ބޭނުން ނުވާ ކަމަށާއި، މެޗުން ބަލި ނުވެ ކުރިއަށް ދާން ޖެހޭ ކަމަށް ހޯވް ބުންޏެވެ.

ޕީއެސްޖީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، އެ ޓީމުގައި ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. ޚާއްސަކޮށް ކޮންމެ މަގާމަކަށް ކުޅެން ވެސް ތިބީ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިން ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އެ މެޗަށް ނިއުކާސަލުން ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް ކަމަށާއި، މެޗުން މޮޅުވެވޭނެ ހުރިހާ ގޮތްތަކެއް ރާވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ނިއުކާސަލްގެ ކުޅުންތެރިން ފަރާތުން ފެންނަމުން އަންނަ މަސައްކަތާއި، ކުޅުންތެރިންގެ ހިތްވަރަށް ބަލާއިރު، ޕީއެސްޖީ މެޗުން މޮޅު ނުވެވޭންވީ ސަބަބެއް ނެތް ކަމަަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ މެޗަށް ކުރިމަތިލާއިރު، ނިއުކާސަލް އޮތީ ގުރޫޕުގެ ފުލުގަ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ނަމަވެސް، ޕީއެސްޖީ މެޗުން މޮޅުވެ، އަނެއް ބުރަށް ދިޔުމަށް އެ ޓީމަށް އުންމީދެއް ލިބޭނެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުނިއުކާސަލް ޔުނައިޓެޑްއެޑީ ހޯވް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު