Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މ.ކުނޫޒް

ކުނޫޒު ބަލާ ފާސްކުރުމަށްފަހުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި !

ކުނޫޒު ބަލާ ފާސްކުރުމަށް ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 26 ޖުލައި 2017 | ބުދަ 06:47
ކުނޫޒު ކައިރީގައި އަދިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ކުނޫޒު ކައިރީގައި އަދިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން މާފަންނު ކުނޫޒް ބަލައި ފާސްކޮށް އެއްވެސްހެއްކެއް ނުފެނުނު ކަމަށް ފުލުހުން ބުނެފައިވާއިރުވެސް އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ކުނޫޒު އޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ޖޭޕީގެ ސްޕޯކްސްޕާރސަން އަލީ ސޯލިޙް ވިދާޅުވީ އާންމު އުސޫލުން ޖޭޕީ އޮފީހަށް މުވައްޒަފުން މަސައްކަތަށް ނިކުތުމުން ފުލުހުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށާއި ކޯޓް އަމުރުގެ ދަށުން އަދިވެސް 4 ގަޑި އިރު ފުލުހުންނަށް އެބައޮތް ކަމަށް ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ޖަގަހަ އާއި އެ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް ފުލުހުން އެތަނުގައި ގާތްގަނޑަކަށް ފަސް ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ މައްސަލައާ ގުޅުންހުރި އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް ބުނެ ފުލުހުން ލިޔުމެއް ދިން ކަމަށެވެ. ފުލުހުން ކުނޫޒު ބަލާ ފާސްކުރުމަށް ވަނީ އަންގާރަ ދުވަހުގެ ރޭ 20.30 ހާއިރެވެ. އަދި އެތަނުން ފުލުހުން ނިކުތީ ދަންވަރު 1.30 ހާއިރެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒު ބަލައި ފާސްކުރުމަށް އަންގާރަ ދުވަހުގެރޭ ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެތަން ބަލާ ފާސްކުރަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް ބައެއް ފަރާތްތަކުން އިސްކޮށް ތިބެ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި، ސަރުކާރު ވައްޓާލުމަށް ސައްލާކޮށް، ރާވާއި، އަދި ރައްޔިތުން މަޖިލީހުން ކުރާ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީ އެކަމާ ގުޅޭ ހެކި ހޯދުމަށް ކަމަށެވެ.

މި އަމުރުގައިވާ ގޮތުން ކުނޫޒުން ބަލައި ފާސްކުރަން ހަމަޖެހިފައި ވަނީ ސަރުކާރު ބަދުނާމުވާ ގޮތަށް ލިޔެފައިވާ ލިޔެކިޔުންތަކާއި ބެނާތަކާއި ފޮތިތަކާއި އަދި ސީސީޓީވީ ފޫޓޭޖް ހޯދުމަށެވެ. އަދި ކޯޓް އަމުރުގައި ބުނެފައިވަނީ ކުނޫޒް ބަލައި ފާސްކުރުމަށް ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު ސިއްރު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

ކުނޫޒް ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުން ނެރެފައިވަނީ 72 ގަޑިއިރުގެ ކޯޓް އަމުރެކެވެ. ކުނޫޒް ފާސްކުރަމުން ދިޔައިރު، ފުލުހުން ވަނީ އެ ސަރަހައްދު ނުފެންނަހާ ދުރަށް އާންމުންނާއި ނޫސްވެރިން ޖައްސާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

ފުލުހުން ބަލާ މައްސަލައަކާ ގުޅިގެން ރާއްޖެޓީވީގެ އަޒްމޫނާއި ފައިރޫޒް ޕޮލިހަށް ހާޒިރުކޮށްފި

07 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު