Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރާ ބެހޭ ވުޒާރާގެ ނައިބަކަށް ނާޒިމާ!

ނާޒިމާ ވަނީ، ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2013 ވަނަ އަހަރު ހާސިލްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 00:40
ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސެވި ނާޒިމާ

ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސެވި ނާޒިމާ

އައު ސަރުކާރުގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް، ވޮލީ ބޯޅައިގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޢާއިޝަތު ނާޒިމާ ހަމަޖައްސަވައިފި އެވެ.

ނާޒިމާ އަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން ނާޒިމާ އަކީ ތިން ކުޅިވަރަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. ނާޒިމާ ވަނީ ވޮލީ ބޯޅައިގެ އިތުރުން، ބާސްކެޓު ބޯޅަ އަދި ނެޓު ބޯޅައިގައި ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. ފަހުން ވޮލީ ކުޅުން ހުއްޓާލުމަށް ފަހު ނާޒިމާ ވަނީ ވޮލީގެ ކޯޗިންގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ކުލަބު ވެމްކޯގެ އަންހެން ވޮލީ ބޯޅަ ޓީމަށް އިރުޝާދުދީ، ކާމިޔާބީތައް ވަނީ ހޯދައިފަ އެވެ.

ނާޒިމާ ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކޮށްފަ އެވެ. ނާޒިމާ ވާދަކޮށްފައިވާ ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، ސާފް ޗެމްޕިއަންޝިޕް ވޮލީ ބޯޅަ މުބާރާތް އަދި އޭޝިއަން ޗެމްޕިއަންޝިޕް ފަދަ މުބާރާތްތައް ހިމެނެ އެވެ.، 2008 ވަނަ އަހަރު ކުރިއަށް ދިޔަ ޓްރައި ނޭޝަނަލް ޗެމްޕިއަންޝިޕުގައި ނާޒިމާ ހިމެނުނު ޓީމުން ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ.

ނާޒިމާ ވަނީ "ހަވީރު ސްޕޯޓްސް އެވޯޑު"ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މި އެވޯޑުގެ ދެ ވަނަ އަދި ތިން ވަނަ ވެސް ނާޒިމާ ހޯދި އެވެ. މީގެ އިތުރުން އާފަތިސް ނޫހުން 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ހޮވި އަަހަރުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު ވެސް ނާޒިމާ ހޯދި އެވެ. 2009 ވަނަ އަހަރު އަދި 2010 ވަނަ އަހަރު ސަން އެފްއެމް އިން ހޮވި އަހަރުގެ ކުޅިވަރު ޝަޚުސިއްޔަތަކަށް ވެސް ހޮވުނީ ނާޒިމާ އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހޮވި އަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ނާޒިމާ ހިނެނުއިރު، އެންމެ މޮޅު ބީޗު ވޮލީ ކުޅުންތެރިޔާގެ މަގާމު ވެސް ނާޒިމާ ހޯދި އެވެ.

ކުޅިވަރުގައި ފާހަގަކޮށްލެވުނު ނާާޒިމާ އަށް ވަނީ 2008 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ވެސް ލިބިފަ އެވެ. މީގެ އިތުރުން ނާޒިމާ ވަނީ، ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމުގެ ރޮނގުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2013 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށްފަހު، ކުޅިވަރު ހިންގުމުގެ ދާއިރާގައި ވެސް ނާޒިމާ ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސްކަން ވެސް ނާޒިމާ ވަނީ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށް ހާއްސަކޮށްގެން ސްޕޯޓްސް ސެމިނާއެއް ކުރިއަށް ގެންގޮސްފި!

ކުޅިވަރާއި ކަސްރަތުގެ ދާއިރާއަށް ހާއްސަކޮށްގެން ސްޕޯޓްސް ސެމިނާއެއް ކުރިއަށް ގެންގޮސްފި!

22 އޮކްޓޯބަރު 2018
މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

02 ޖުލައި 2018
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި

25 ޑިސެމްބަރު 2017
ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

05 ސެޕްޓެމްބަރު 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު