Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފި

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވަނީ، ކުޅިވަރަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ މަސައްކަތްތަކާއި، ކުޅިވަރުން ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީދު ކުރުމަކީ މުހިންމު ކަމެއް ކަމަަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2025 | ހޮނިހިރު 04:44
ކުޅިވަަރު ވަޒީރުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން

ކުޅިވަަރު ވަޒީރުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން

ރާއްޖޭގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ އިން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އެ ޙަފުލާގައި ވަނީ މިހާތަނަށް ރާއްޖޭގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ 13 ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފަ އެވެ. އެއީ އެކި އެކި ސަރުކާރު ތަކުގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ.

އެގޮތުން ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ އަލްމަރުޙޫމް ޢުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑޮކްޓަރު މުޙައްމަދު ޒާހިރު ޙުސެއިން، އިބްރާހީމް ޙުސެއިން މަނިކު، ޙުސެއިން ޙިލްމީ، މުޙްމަދު ވަޙީދުއްދީން، ޑޮކްޓަރު އައިޝަތު ޝިހާމް، އަލްއުސްތާޛް ޙަސަން ލަޠީފް، މުޙައްމަދު ޙުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަޙުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަޙުމަދު މަޚްލޫފްގެ ޚިދުމަތުގެ އަގު ވަނީ ވަޒަން ކޮށްފަ އެވެ.

މި ބޭފުޅުންގެ ތެރެއިން އެ ޙަފްލާގައި ބައިވެެރިވެ ވަޑައިގެންނެވީ ފަސް ބޭފުޅުންނެވެ. އެއީ ޑޮކްޓަރު މުޙައްމަދު ޒާހިރު ޙުސެއިންގެ އިތުރުން، ޑޮކްޓަރު އައިޝަތު ޝިހާމް، މުޙައްމަދު ޙުސެއިން ޝަރީފް، އަޙުމަދު ޒުހޫރު އަދި އަޙުމަދު މަޚްލޫފް އެވެ.

ކުޅިވަރު ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން މިހާރުގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވަނީ، ކުޅިވަރަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ މަސައްކަތްތަކާއި، ކުޅިވަރުން ރާއްޖެ އަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީދު ކުރުމަކީ މުހިންމު ކަމެއް ކަމަަށެވެ.

އަދި ރާއްޖޭގެ އަންނަ އޮތް ޖީލުތަކަށް އެކަން ވާސިލު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެކަންކަން ކުރިއަށް ގެންދިޔުމާއި، މުސްތަޤުބަލުގައި ވެސް އެކަންކަން ފެންނަން ހުރުމަކީ، ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން އިތުރު ކާމިޔާބީ ހޯދުމަށް ލިބޭނެ ހިތްވަރެއް ކަމަށް ވެސް ރާފިޢު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

20 މެއި 2017
ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި
04 މެއި 2017

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު