Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސްލަމް އިންޑިޔާގެ ސަފީރާ ބައްދަލުކުރެއްވުން

މަޖިލިސް ރައީސް އަސްލަމް، އިންޑިޔާގެ ސަފީރާ ބައްދަލުކުރައްވައިފި

ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 14:05
މަޖިލިސް ރައީސް އިންޑިޔާގެ ސަފީރާ ބައްދަލުކުރެއްވުން

މަޖިލިސް ރައީސް އިންޑިޔާގެ ސަފީރާ ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރު އާއި ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު އޮތް މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އިންޑިޔާ އަކީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި މުހިންމު ބައިވެރިއެއް ކަން ފާހަގަ ކުރައްވަމުން އަސްލަމް ވަނީ އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތަކަށް އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ހަމަ އެހެންމެ، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދޭ އެހީތަކާއި، ތަމްރީނުގެ ފުރުސަތުތަކަށް ޝުކުރު އަދާ ކުރެއްވުމުގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުުރުން އިންޑިޔާގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިޔާގެ ދެމެދުގައި އޮންނަ ޒަމާނީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަދި އިންޑިޔާ އަކީ ރާއްޖޭގެ ތަރައްގީގެ ޒަމާންވީ ބައިވެރިޔާގެ ގޮތުގައި އޮތް އޮތުން، ދަމަހައްޓަވާނެ ކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު