Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އިގުތިސާދު

އިންޑިއާ އިން ބުނަނީ އެ ގައުމުން ދިން 400 މިލިއަން ޑޮލަރުގެ އެހީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާ ކަމަށް ދައްކާތީ ހިތްހަމަ ޖެހޭ ކަމަށް

14 ޖޫން 2025 | ހޮނިހިރު 09:14

ރޭޓިންގ އޭޖެންސީ ފިޗުން ފާހަގަކުރާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިޔަ ނަމަވެސް އަދި އާރްބީއައި ގެ އެހީތެރިކަމާއެކު ޖުމްލަ ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވީ ނަމަވެސް، ސަރުކާރަށް ކުރިމަގުގައި އަދާ ކުރަންޖެހޭ ބޮޑެތި ބޭރުގެ ދަރަނިތައް އަލުން ފައިނޭންސް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރާއްޖެ އެމްވީ | 14 ޖޫން 2025 | ހޮނިހިރު 09:14
އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް

އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވަނީ ހުސްވި އަހަރު އޮކްޓޯބަރުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދިން 400 މިލިއަން ޑޮލަރުގެ އެހީގެ ސަބަބުން ކަމަށް ވީތީ ހިތްހަމަ ޖެހޭ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

"އިންޑިއާއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވަނީ 2024 އޮކްޓޯބަރު 24 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒަރވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ހެދުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ނެގުނު 400 މިލިއަން ޑޮލަރުގެ ސަބަބުންކަން އެ ޤައުމުން ހިތްހަމަޖެހުމާއެކު ފާހަގަކުރެއެވެ." ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ދަރަނި އަދާ ނުކުރެވިދާނެ ކަމުގެ ރިސްކް ބޮޑު ކަމަށް ބުނެ ބައިނަލް އަގްވާމީ ރޭޓިންގ އޭޖެންސީ ފިޗުން 2025 ޖޫން 12 ގައި ނެރުނު ރޭޓިންގްސް ގައި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ބޭރު ފައިސާގެ އިޝުއަރ ޑިފޯލްޓް ރޭޓިންގ (އައިޑީއާރު) 'CC' ގައި ދެމެހެއްޓުމާއެކު، ކުރިއަށް އޮތް މުސްތަޤުބަލުގައި ސަރުކާރުން ދަރަނި އަދާ ނުކުރެވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ފިޗުން އިންޒާރުދީފައިވެއެވެ.

ވެރިކަމާ ހަވާލުވި އިރު ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، އެހީގެ ކަންކަން ހުރީ ހަމަޖެހިފައި ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް ވެރިކަމަށް ވަޑައިގަތް ފަހުން އެހީގެ ގޮތުގައި އެ ވިދާޅުވި އެއްވެސް ކަމެއް ހިނގާތަން ނުފެންނަ އިރު، އެކަށީގެންވާ އެހީއެއް މުއިއްޒުގެ ސަރުކާރަށް ދީފައިވާ ހަމައެކަނި ގައުމަކީ "އިންޑިއާ އައުޓް" ގެ ނަމުގައި މުއިއްޒު އިސްވެ ހުންނަވާ ހިންގެވި ނެގެޓިވް ކެމްޕޭން އަމާޒު ކުރި އިންޑިއާ ކަން ފާހަގަ ކުރެވެއެވެ.

ފިޗުން އެންމެ ފަހުން ނެރުނު ކްރެޑިޓް ރޭޓިންގ އަށް ހަވާލާދީ އިންޑިއާ އިން ބުނީ އެ ގައުމުން ދިން "އެހީގެ ސަބަބުން ފިޗް ކްރެޑިޓް ރޭޓިންގ އިން ފާހަގަކޮށްފައިވާ ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެން ގޮސްފައިވާ؛" ކަމަށެވެ.

ސަރުކާރުން ޖޫން 12 ގައި ނެރުނު ބަޔާނެއްގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަށް ހެޔޮ ބަދަލެއް އައުމުގައި "ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭ އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާކަމާއެކު ބޭނުން ކުރެވިފައި ވުން؛" ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ތަނބު ކަމުގައި އޭރުވެސް މިހާރުވެސް އޮތް ފަތުރުވެރި ކަމުން 2025 ވަނަ އަހަރުގެ ޖޫން 10 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މިކަމުގެ ސަބަބުން 2025 ވަނަ އަހަރު ޖީޑީޕީ 4.8 އިންސައްތައިން ކުރިއަރާނެ ކަމަށް ފިޗް އިން ލަފާކުރެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މި އަހަރު ފުރިހަމައަށް ހިންގަން ފެށުމާއެކު، ސަރުކާރުން އަންދާޒާކުރާ ގޮތުގައި 2026 ވަނަ އަހަރު ޖީޑީޕީ 6.0 އިންސައްތައިން ކުރިއަރާނެ ކަން ފިޗުން ފާހަގަ ކުރެއެވެ.

2025 ވަނަ އަހަރުގެ ޖޫން 5 ގެ ނިޔަލަށް ޖުމްލަ ފިސްކަލް ސަރޕްލަސް 71.0 މިލިއަން ޑޮލަރުގައި ހުއްޓެވެ. މީގެ މައިގަނޑު ސަބަބަކީ ކުރިން ޓެކްސް ބޮޑު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް އެއަރޕޯޓް ޓެކްސްތަކާއި ފީތައް، ގްރީން ޓެކްސް އަދި އިމްޕޯޓް ޑިއުޓީގެ ރޭޓުތައް މަތި ކުރުމުން އިތުރުވި އާމްދަނީއެވެ.

ސަރުކާރުން ބުނީ "ފިޗް ރޭޓިންގްސް އިން ފާހަގަކޮށްފައިވާ ފަދައިން، އިތުބާރުހުރި ފިސްކަލް ކޮންސޮލިޑޭޝަން ސްޓްރެޓެޖީއެއްގެ ބޭނުންތެރިކަން ސަރުކާރުން ގަބޫލުކުރާ ކަމަށެވެ." އެ ގޮތުން، މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައި ޞިއްޙީ އަދި ހަކަތަ އުފެއްދުމުގެ ދާއިރާތަކުގައި ހުރި އިންއެފިޝެންސީ އާއި އިސްރާފު ހުއްޓުވުމަށް އަމާޒުކޮށްގެން ސަރުކާރުގެ ޚަރަދުތައް އެކަށީގެންވާ މިންވަރަކަށް ގެނައުމަށް ފުރިހަމަ ފިސްކަލް އިސްލާހީ އެޖެންޑާއެއް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރާ ކަމަށް ބުނި ނަމަވެސް، ސިޔާސީ ވަޒީފާތައް އިތުރުވުމާއި، ސިޔާސީ ބޭނުންތަކަށް ކުންފުނިތަކުން ވަޒީފާތައް އިތުރު ކުރަމުންދާ ދިއުމާ މެދު އާންމުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ފިޗުން ފާހަގަކުރާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިޔަ ނަމަވެސް އަދި އާރްބީއައި ގެ އެހީތެރިކަމާއެކު ޖުމްލަ ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވީ ނަމަވެސް، ސަރުކާރަށް ކުރިމަގުގައި އަދާ ކުރަންޖެހޭ ބޮޑެތި ބޭރުގެ ދަރަނިތައް އަލުން ފައިނޭންސް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ދެކޭ ކަމަށެވެ.

މިހާރުގެ ފިޗް ރޭޓިންގ އަކީ ދިވެހިރާއްޖެ އަށް މިދިޔަ އަހަރު ވެސް ލިބުނު ރޭޓިންގ އެވެ. މިގޮތުން 2024 އޯގަސްޓު މަހު 'CCC+' އިން 'CC' އަށް ދަށްކުރެވުނު ރޭޓިންގ އަދި އޭގެ ކުރިން 2024 ޖޫން މަހު 'B-' އިން ދަށްކުރެވުނު ރޭޓިންގ 'CC' ގައި ދެމެހެއްޓިފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 އެޕްރީލު 2018

ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދެނީ

02 އެޕްރީލު 2018
ދިރާގުން އޯޓިޒަމް އެސޯސިއޭޝަން ކުދިންނަށް ޕްލޭ ގްރައުންޑެއް ގާއިމުކޮށްދެނީ
25 ފެބުރުއަރީ 2018

ސައީދު ވިދާޅުވީ، ޕްރައިވެޓް ޖެޓްތައް ހުއްޓުމެންނެތި އަންނަ ކަމަށް، ވިޔަފާރިވެރިން ބުނަނީ ޗަރޓާޑް ފްލައިޓްތައް ކެންސަލްވަމުންދާ ވާހަކަ!

25 ފެބުރުއަރީ 2018
ސައީދު ވިދާޅުވީ، ޕްރައިވެޓް ޖެޓްތައް ހުއްޓުމެންނެތި އަންނަ ކަމަށް، ވިޔަފާރިވެރިން ބުނަނީ ޗަރޓާޑް ފްލައިޓްތައް ކެންސަލްވަމުންދާ ވާހަކަ!
28 ޑިސެމްބަރު 2017

އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ

28 ޑިސެމްބަރު 2017
އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
01 ޑިސެމްބަރު 2017

އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް

01 ޑިސެމްބަރު 2017
އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް
06 ސެޕްޓެމްބަރު 2017

ލެގޯ ކުންފުނިން 1،400ވަޒީފާ އުވާލަން ނިންމައިފި

06 ސެޕްޓެމްބަރު 2017
ލެގޯ ކުންފުނިން 1،400ވަޒީފާ އުވާލަން ނިންމައިފި
26 އޯގަސްޓު 2017

އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް

26 އޯގަސްޓު 2017
އުރީދޫން ބުނަނީ ފެންތައްޓެއް ބޯލުންހާ، ސެލްފީއެއް ނެގުންހާ ފަސޭހަ ކަމަށް
03 ޖުލައި 2017

ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި

03 ޖުލައި 2017
ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
29 ޖޫން 2017

އެއަރ އިންޑިއާ ޕްރައިވެޓައިޒް ކުރުމަށް އިންޑިޔާގެ ކެބިނެޓުން ނިންމައިފި

29 ޖޫން 2017
އެއަރ އިންޑިއާ ޕްރައިވެޓައިޒް ކުރުމަށް އިންޑިޔާގެ ކެބިނެޓުން ނިންމައިފި
14 ޖޫން 2017

އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

14 ޖޫން 2017
އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް