Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭވާލާ ނިޒާމުގެ ބަލިތައް

ނޭވާލާ ނިޒާމުގެ ބަލިތައް އަނެއްކާވެސް ޗައިނާގައި އިތުރުވެގެން އުޅެނީ ކީއްވެ؟

ކޮވިޑް-19އަށްފަހު ބައެއް ކަހަލަ ވައިރަސްތަކާ ދެކޮޅަށް މަސައްކަތް ކުރެވޭވަރަށްވުރެ މީހުންގެ ހަށިގަނޑުގެ ދިފާއީބާރު ދަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 12:33
ޗައިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ފަރުވާ ދެނީ

ޗައިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ފަރުވާ ދެނީ

މީލާދީ ސަނަތުން އައު ސާސްކަފެއް ފަށަން ތައްޔާރުވަމުން ދިޔައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ބާރަށް ދައްކަމުން ދިޔައީ "2020"ގެ ތަޞައްވުރެއްގެ ވާހަކައެވެ. އެމީހެއްގެ ހިތް، އެކަމަކަށް އެދެމުންދިޔަ ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނާނެ ޒަމާނެއްގެ ވާހަކައެވެ. ނަމަވެސް، މީލާދީ ކަލަންޑަރުން 2020 ވަނަ އަހަރާ ދުނިޔެ ކުރިމަތިލީ ބަޔަކު ހީވެސް ނުކޮށް ތިބި، ނުރައްކާތެރި ބަލިމަޑުކަމެއްގެ ތޫފާނީ ބަނަ ކޮޅިގަނޑެއްގައި ޖެހިފައި އޮވެގެންނެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ރިޕޯޓްކުރަން ފެށި ރޯގާއެއްގެ ބަލިމަޑުކަން، މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި، 2020ގެ ތަސައްވުރުގެ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައެވެ. މުޅި ދުނިޔެ، ފުރަބަންދުވިއެވެ.

އާދޭހެވެ! މި ދަންނަވަނީ އެ ނާމާން ދުވަސްވަރުގެ ހަނދާންތައް އަދިވެސް އަޅުގަނޑުމެންގެ ސިކުނޑީގައި ތާޒާކަމާއެކު އާވެ، އާލާވަމުންދާ، ކޮރޯނާވައިރަސް ޑިސީޒް (ކޮވިޑް-19)ގެ އާލަމީ ބަލިމަޑުކަމުގެ ވާހަކައެވެ. މުޅި ދުނިޔޭގެ ސަމާލުކަން ޗައިނާއަށް ހުއްޓި، ޗައިނާއަށް ދިމާއަށް ނުގޮވާ އެއްޗެއް ނެތެވެ. އަމާޒުނުކުރާ ބަދުނާމެއްވެސް ނެތެވެ. އެ ގޮވެލިފަތި އެންމެ ބާރަށް ގޮވަމުންދިޔަ ގައުމަކީ އެމެރިކާއެވެ. ބަލީގެ އަސްލަކީ ޗައިނާ ކަމަށް އެމެރިކާއިން ތަކުރާރުކޮށް ބުނާއިރު، ޗައިނާއިން އެކަމަށް އިންކާރު ކުރެއެވެ. އަދި އެކަމުގައި އެމެރިކާގެ އަތެއް ވާކަމަށް ޗައިނާއިން އަޑުތައް ފެތުރިއެވެ.

ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލު، އަދާ ޖެހުނުއިރުވެސް ކަށަވަރުނުވެ އުޅެނިކޮށް، އަނެއްކާވެސް ދުނިޔެ ސިއްސުވާލީ ޗައިނާގައި އާދަޔާ ޚިލާފަށް ރޯގާއެއް ފެތުރެމުންދާ ޚަބަރުންނެވެ. އަނެއްކާވެސް އަހަރެއް ނިމި، އަނެއް އަހަރާ ބައްދަލުވާ ހިސާބުންނެވެ. ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއަކަށް ޗައިނާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވަމުންދާ ޚަބަރަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ޚަބަރުތަކުން މީޑިއާގެ ގިނަ މަންސަތައް ފުރިފައި އޮތުމުން، ޗައިނާގައި ފެތުރެމުންދާ ރޯގާގެ ބަލިމަޑުކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮތީއެވެ.

ޗައިނާގެ ނޭންޖީންގް ޔުނިވަރސިޓީ މެޑިކަލް ސްކޫލްގެ ސެންޓަރ ފޮރ ޕަބްލިކް ހެލްތު ރިސަރޗްގެ ޑައިރެކްޓަރު، ވޫ ޗީވޭއި ވިދާޅުވާ ގޮތުގައި ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަންތަކާ ގުޅިފައިވާ ބަލިތައް މި ދުވަސްވަރު ޗައިނާގައި ފެތުރިގެން ދިއުން އިތުރުވެފައިވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު، ބައެއް ކަހަލަ ވައިރަސްތަކާ ދެކޮޅަށް، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭ ވަރަށްވުރެ މީހުންގެ ހަށިގަނޑުގެ ދިފާއީބާރު ދަށްވެފައިވުމުން ކަމަށް ވެދާނެއެވެ.

ކޮންމެ އަހަރެއްގެވެސް ފިނި މޫސުމުގެ ދުވަސްވަރާ ދިމާކޮށް ޗައިނާގައި އާންމުކޮށް ފެތުރޭ ރޯގާތަކެއް އުޅޭކަމަށާއި، ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ރޯގާގެ ކޭސްތައް ގިނަ އަދަދަކަށް ފެނިފައި ނެތުމީ، އެ ފަދަ އިންފެކްޝަންތަކާ ދެކޮޅަށް މީހުންގެ ހަށިގަނޑުގެ ދިފާއީބާރު ދަށްކުރުވާނެ ކަމެއްކަންވެސް ވޫ ވަނީ ފާހަގަކުރައްވާފައެވެ.

މި ދުވަސްވަރަކީ އަނެއްކާވެސް ޗައިނާގައި ރޯގާގެ ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއް ކަމުން، ކޮވިޑް-19ގެ ބަލިމަޑުކަމުން ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލުކޮށް، ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށްވެސް ވޫ ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުތައް ވާންޖެހޭނީ ސިއްހީ އާލާތްތައްއެއް ތަނުން އަނެއް ތަނަށް ބަދަލުކުރަން ފަސޭހަ ނިޒާމެއް އޮންނަ ތަންތަނަށް ކަމަށާއި، ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ސިއްހީގޮތުން އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވޫ ވަނީ ގޮވާލައްވާފައެވެ. ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށާއި، ކޮންމެ މީހަކުވެސް އަމިއްލަ ފުރާނައިގެ ސަލާމަތަށް ވިސްނައި، އާންމު ތަންތަނަށް ނުކުމެއުޅޭއިރު އަނގަޔާއި ނޭފަތް ނިވާވާނެ ގޮތަށް މާސްކު އަޅައި، ގިނަގިނައިން، ރަނގަޅަށް އަތްދޮވެ ސާފު ކުރުމަށްވެސް ޗައިނާގެ ތަޖުރިބާކާރު ވަނީ އިރުޝާދު ދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ނިޒާމުގެ މައްސަލައެއް ނޫން، ރާވައިގެން ހިންގާފައިވާ 'ޖަރީމާ' އެއް!

18 ސެޕްޓެމްބަރު 2018
ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!

ރާއްޖޭގެ ސިޔާސީ ޕާޓީ ނިޒާމުގެ ޙަޔާތުގައި ލަދުވެތި ދުވަހެއް!

31 މެއި 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު