Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒުގެ ވައުދުފުޅުތައް

ރައީސް މުއިއްޒު އަށް: ހިއްކާފައި ހުރި ތަނެއްގައި ޚިދުމަތް ދޭން ނުފަށައި، އައު މަޝްރޫއެއް ހިންގުމަކީ އެންމެ ފައިދާ ހުރި ގޮތްތޯ؟

ބަޖެޓުގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ހިމަނާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2023 | ހޯމަ 07:21
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންނަށް ވަރަށް ގިނަ ވައުދުފުޅުތައް ވެވަޑައިގެންނެވިއެވެ. އެގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅަކީ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުފުޅެވެ. މީގެ އިތުރުން ކުރީ ސަރުކާރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ އިންތިޚާބަށް އެންމެ ދެ ހަފުތާއަށް ވުމުން ނެތް ބިމަކުން ރައްޔިތުންނަށް ގޯތި ބަހަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެ ގޯތިތައް ފެނުން މައްޗަށް ނަގައިދެއްވާނެ ކަމަށާއި ފްލެޓުތައް ވެސް އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެެވެ.

26 އޯގަސްޓު 2023 ގައި ކެންޕޭން ޖަގަހައެއް ހުޅުއްވައިދެއްވައި ދެއްކެވި އެވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް އެތައް އުންމީދީ ގިނަ މެސެޖްތަކެއް ދެއްވާފައެވެ. ރައީސް މުއިއްޒުގެ ވައުދުފުޅުތަކާއެކު ގިނަ ރައްޔިތުންތަކެއް އެމަނިކުފާނު އިތުބާރު ކުރެއްވިކަން މިއަދު މިއޮތީ ފެންނާށެވެ. އެއްބަޔަކު ވޯޓު ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައީދުކުރާތީ އެވެ. އަނެއްބަޔަކު ވޯޓު ދިނީ ގައުމަށް ގެންނަ ތަރައްގީއާއި ދިރިއުޅުމަށް ހެޔޮ އަސަރުކުރާނެ ކަމުގެ ފޮނި އުންމީދާއެކު އެވެ.

ނަމަވެސް މިހާރު ކަންތައްތައް ވަމުންދަނީ ރައްޔިތުން އުންމީދު ކުރި ގޮތާ އެއްގޮތަކަށް ނޫނެއެވެ. ކުރީ ސަރުކާރުން ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަޝްރޫއަށް އިތުރަށް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އެއްވެސް ސަމާލުކަމެއް ދީފައިނުވެއެވެ. ގުޅީފަޅު، އުތުރުތިލަފަޅުން، ގިރާވަރުފަޅު ތަރައްގީ ކުރުމަށް ބަޖެޓުގައި ހިމަނާފައިނުވެއެވެ. ރައީސް ސާލިހުގެ ސަރުކާރުގައި ވަނީ އެ ސަރަހައްދުތައް ހިއްކަން ފަށައި، ބިން ހަވާލުކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުތަކުގައި މީހުންނަށް އާބާދުވެވޭނީ އެތަންތަން ތަރައްގީ ކޮށްގެންނެވެ. އަސާސީ ޚިދުމަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށްގެންނެވެ. ނަމަވެސް ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ވެސް މިމަޝްރޫއުތައް ހިމަނުއްވާފައެއް ނުވެއެވެ.

ބިން ދޫކޮށްފައިވާ ސަރަހައްދުތައް ތަރައްގީގެ ކުރުމުގެ ބަދަލުގައި މިސަރުކާރުގެ ވިސްނުންހުރީ މާލެސިޓީއާއި މާދުރުގައި ގޮތް ކ. ފުށިދިއްގަރުފަޅު ހިއްކުމަށެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ މަސްތެރޭގައި ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކާ ނިންމުމަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. އަދި ބަޖެޓުގައި ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި، އެތަނުން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ރައީސް މުއިއްޒުގެ ވިސްނުންފުޅާއި ސިޔާސަތެވެ.

ނަމަވެސް ކުރީ ސަރުކާރުން ބިން ހިއްކަން ފަށައި ރަޖިސްޓްރީ ދޫކޮށްފައިވާ ސަރަހައްދުތައް ތަރައްގީ ކުރުމުން އެކަމުން ލިބޭނެ ގެއްލުމަކީ ކޮބައިތޯއެވެ. އަނެއްކާ ވެސް ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދުތަކެއް ކުރަންވީ މުޅިން އައު މަޝްރޫއަކަށްތޯއެވެ. ބޯހިޔާވަހިކަމަށް ކެތްމަދުވެފައި ތިބި ރައްޔިތުން އަނެއްކާ ވެސް އިތުރަށް އިންތިޒާރު ކުރަންވީތޯއެވެ. ރައީސް މުއިއްޒުގެ މި ސިޔާސަތުތަކާއެކު ގޯތިތައް އެ ތަންތަނުން ލިބޭނެ ކަމާމެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެއީ ސަރުކާރުން ދައުލަތުގެ އެސެޓްތައް ބޭނުންކުރެވެނީ ރަނގަޅަށްތޯ ރިވިއު ކުރާނެ ކަމަށާއި، ގުޅިފަޅާއި އެހެން ތަންތަނުގެ އިންފްރާސްޓަރކްޗަރ އަދި އަސާސީ ހިދުމަތްތައް ގާއިމް ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވިދާޅުވެފައިތީއެވެ.

މީގެ އިތުރުން ވެސް ކުރީ ސަރުކާރުން މުޅި ރާއްޖޭގައި ހިންގަމުން ދިޔަ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓުވާނެ ކަމަށް ވިދާޅުވެ ރައީސް ވެރިކަމަށް ވަޑައިގަންނަވާ އެންމެ ހަފްތާއެއް ނުވަނީސް ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައިވާ މަޝްރޫއުތައް ބަޖެޓުގައި ހިމަނާފައިނުވާކަން ވެސް ބައެއް މެންބަރުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ރަށްރަށުގައި ހިންގި ތަރައްގީގެ މަޝްރޫއުތަކާއި މެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އަދި މާގިނަ ދުވަހެއް ނުވެއެވެ. މިހާރު ވެސް ރައްޔިތުންގެ ހިތްތައް މިވަނީ ނުތަނަވަސްވެފައެވެ. ލާމަރުކަޒީ ނިޒާމާއެކު މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހުއްޓި، މަރުކަޒުވެގެން ދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫނެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމަށް ވުރެ ރައްޔިތުންނަށް މުހިންމީ ހިއްކަން ފަށާފައި ހުރި ތަންތަނުގެ މަސައްކަތް ނިންމާ، އެ ތަންތަނުގައި ޚިދުމަތް ދިނުމެވެ. އަވަސް އަދި ދާއިމީ ބޯހިޔާވަހިކަމެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ އަމަލުފުޅުތަކާއި ސިޔާސަތުތައް ހުރި ގޮތުން ރައީސް މުއިއްޒު މަސައްކަތް އެ ކުރައްވަނީ ރައްޔިތުންނާއި ގައުމަށް އެންމެފައިދާވާ ގޮތަށްތޯ ނުވަތަ އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތުތޯ މިއީ އުފެދޭ ސުވާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު