Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނައުން

މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި - ބަދަލުތަކުގެ ތެރޭގައި އައު ކޮމިޓީއެއް އުފެއްދުން

މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ ދަށުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ނޮވެމްބަރު 2023 | ހޯމަ 05:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 249 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއެވެ. މި އިސްލާހު ދިރާސާކުރުމަށް އާއްމު ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.

Advertisement - newsAdvertisement

މި އިސްލާހުގައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ(ހ)ގެ 2 ވަނަ ނަންބަރާއ،ި 3 ވަނަ ނަންބަރު އިސްލާހުކުރުން ހިމެނެއެވެ. އެގޮތުން އެ މައްދާ އިސްލާހު ކުރުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކަމަށް ކަނޑައެޅުމަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުމަށް ހިމަނާފައިވެއެވެ. އެގޮތުން އިބްތިދާއީ ބަހުސް އާއި ގުޅޭގޮތުން ޢަމަލުކުރާ ގޮތަށް ބަދަލުގެނައުމަށް ހުށަހަޅާފައިވެއެވެ. އައު އިސްލާހުގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެ ވެސް ފުރަތަމަ ކިޔުން އިއްވައި ބިލު ތަޢާރުފުކުރުމަށްފަހު 3 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސެއް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާގެ ފެށޭ ޢިބާރާތް އިސްލާހުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެ އިސްލާހަކީ ދައުލަތުގެ އިދާރާތަކާގުޅޭ ކޮމިޓީތަކަށް ކޮމިޓީ އެއް އިތުރުކުރުމަށް ހިމެނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ތެރޭގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ ކޮމިޓީގެ މަސައްކަތްތައް ހިމަނާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުުރުކުރަން ވަނީ ހިމަނާފައެވެ.

އެ މާއްދާގައި ބުނާގޮތުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ މަސްއޫލިއްޔަތަކ،ީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާގުޅޭ އެންމެހައި ކަންކަން ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އަދި އިދާރާ އާއި ގުޅުން ހުރި ބައެއް ކަންކަން ކުރުމަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި

1. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ

2. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް

3. ޤައުމީ ފެންވަރުގައި އެކުލަވާލައި ހިންގާ ޕަބްލިކް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ޑިޖިޓަލް ސަރވިސްތައް ހިންގާ އިދާރާތައް ނުވަތަ ހިންގުމަށް އުފައްދާ އެންމެހައި އިދާރާތަކާއި އެފަދަ އެންމެހައި ކުންފުނިތައް

4. މިނޫންވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ރާވައި ހިންގާ ނުވަތަ ރާވައި ހިންގަންޖެހޭ ކޮންމެ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް

މި އިސްލާހުގައި ވަނީ އެ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ދާއިރާއާގުޅޭ ބިލުތައް ދިރާސާކޮށް ފުރިހަމަކޮށް މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ރިޕޯޓު މަޖިލީހަށް ހުށަހެޅުމަށް ހިމަނާފައެވެ. އަދި އަދި އެ މާއްދާގައި ބުނާ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ނުވަތަ ކުންފުނިތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް އެ ކަންކަމުގައި ކުރިއަށް ދެވިދާނެ ގޮތުގެ ލަފާދިނުމަކީ ވެސް ކޮމިޓީގެ މަސްޢޫލިއްޔަތެކެވެ. ހަމަައެހެންމެ އެ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކާއި ނުވަތަ ކުންފުނިތަކާ ބައްދަލުކޮށް އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދާ ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާ ގޮތް ބަލާ، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމަކީވެސް ކޮމިޓީގެ ޒިންމާއެކެވެ.

މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން މި އިޞްލާޙު ފާސްކުރާ ތާރީހުން ފެށިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު