Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓެރީ ވެނެބަލްސް

އިންގްލެންޑާއި ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނެބަލްސް މަރުވެއްޖެ

އޭނާ މަރުވީއިރު އުމުރުން 80 އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2023 | ހޯމަ 00:42
އިންގްލެންޑު އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނެބަލްސް

އިންގްލެންޑު އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނެބަލްސް

އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމާއި ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ކޯޗު ޓެރީ ވެނެބަލްސް އުމުރުން 80 އަހަރުގައި މަރުވެއްޖެ އެވެ.

ވެނެބަލްސް މަރުވިކަން އޭނާގެ އާއިލާ އިން ހާމަކޮށްފައި ވަނީ އާދީއްތަ ދުވަހު އެެވެ. އޭނާ މަރުވެފައިވާއިރު، އެހާތަނަށް އައީ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ވެނެބަލްސްގެ އިރުޝާދުގެ ދަށުން 1996 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދިޔަ އެވެ. ނަމަވެސް ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު އަތުން ބަލިވީ އެވެ.

އޭނާގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް އިން ވަނީ 91-1990 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގެ އިތުރުން ކްރިސްޓަލް ޕެލަސް، ކުއީންސް ޕާކް ރޭންޖާސް އަދި ލީޑްސް ޔުނައިޓެޑަށް ވެސް އިރުޝާދު ދީފަ އެވެ. ބާސެލޯނާ އާއެކު ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ވެނެބަލްސްގެ އާއިލާ އިން ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، އޭނާ މަރުވެފައިވާ ކަމަށެވެ. އޭނާގެ ވަކިވުމާއެކު އެ އާއިލާ އަށް ބޮޑު ހިތާމަވެރިކަމެއް ލިބުނު ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

ޗެލްސީން ކެރިއަރު ފެށި މިޑްފީލްޑަރު ވަނީ އިންގްލެންޑަށް ބައިނަލްއަގުވާމީ ދެ މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ޓޮޓެންހަމް އަށް ކުޅެ، ކުޅުންތެރިއެއްގެ ގޮތުގައި 1967 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް، ކުއީންސް ޕާކް ރޭންޖާސް އާއި ކްރިސްޓަލް ޕެލަސް އަށްވެސް ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު