Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެފްއޭއެމް

އަޑިއަޅާލި އެފްއޭއެމަށް ފަހު، ޖަވާ ކުޅިވަރާ ބެހޭ ވުޒާރާއަށްތަ؟

މީގެ ކުރިން އެފްއޭއެމުން ވަކިވި ގިނަ ބޭފުޅުން ވަޑައިގެންނެވީ ކުޅިވަރު ވުޒާރާ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2023 | ހޯމަ 06:11
އެފްއޭއެންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)

އެފްއޭއެންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)

ބޮއްސުންލައި ބަނގުރޫޓުވުމާ ގާތުގައިވާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެރަނަލް ސެކްރެޓަރީގެ މަޤާމުން އަށް އަހަރަށް ފަހު އިސްތިއުފާ ދެއްވާފައިވާކަން، ޙުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އާދީއްތަ ދުވަހު އެވެ. އެ މަގާމުން ޖަވާ އިސްތިއުފާ ދެއްވިއިރު، ޖަވާ އަކީ އެފްއޭއެމަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދީފައިވާ ފަރާތެކެވެ. އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާ ޖަވާ ވިދާޅުވީ، އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. މި ޖުމުލައަކީ އޭނާ އަށް އެއިދާރާއަށް ދެވިފައިވާ ލޯތްބާއި އޮތް ގާތްކަން ބަޔާން ކޮށްދޭ ޖުމުލަ އެކެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ، ޖަވާ ކުޅިވަރުގެ ދާއިރާ އިން ކުރިއަށް އޮތް ތަނުގައި ފެނިދާނެތޯ އެވެ؟ ފެންނަ ނަމަ، ފުރުސަތު އޮތީ ކޮން ދިމާލަކުންތޯ އެވެ؟

މާޒީގައި މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެފްއޭއެމުން ގިނަ ފަރާތްތަކެއް ވަކިވި އެވެ. އެފްއޭއެމުން ނުކުތް ނަމަވެސް، ކުޅިވަރުގެ ދާއިރާއަކުން އޭގެއިން އެއްވެސް މީހަކު ނުގެއްލެ އެވެ. އެފްއޭއެމްގެ އިތުރުން ބައެއް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގައި މަސައްކަަތް ކޮށްފައިވާ ފަރާތްތައް ވެސް ކަންތައް ކުރީ މިހެންނެވެ. އެސޯސިއޭޝަނުން ދުރަށް ޖެހި ވަޑައިގެން ނަމަވެސް، ކުޅިވަރުގެ އެކި ކަންކަމުގައި އުޅުއްވި އެވެ. ޚާއްސަކޮށް އޭގެ ތެރެއިން ގިނަ ބޭފުޅުން ވަޑައިގެންނެވީ ކުޅިވަރަށް ޚިދުމަތް ކުރުމަށް ސަރުކާރުން އުފައްދާފައި އޮތް ކުޅިވަރު ވުޒާރާ އަށެވެ. އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ، ޖަވާ ވެސް ކުޅިވަރާ ބެހޭ ވުޒާރާ އަށް ވަޑައިގަންނަވަނީތޯ އެވެ؟

އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ނަން ފާހަގަކޮށްލާނަމެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އަދި ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ، ޝާހު އިސްމާއީލް (ސާޔާ) އެވެ. އެފްއޭއެމުން ވަކިވުމަށްފަހު، ސާޔާ ވަޑައިގެންނެވީ ކުޅިވަރު ވުޒާރާ އަށެވެ. އަނެއް ބޭފުޅަކީ އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް، އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު، ޢަބްދުލް މުޙްސިން ޙަމީދު (ޖޭފޯ) އެވެ. އެފްއޭއެމް އިން ވަކިވެ، ޖޭފޯ ވަޑައިގެންނެވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. މީގެ އިތުރުން އިސްމާއީލް ނާޖި (ނާޖީ) އަދި މުޙައްމަދު ނާސިރު (ނާބެ) ފަދާ ބޭފުޅުން ވެސް އެފްއޭއެމުން ވަކިވެވަޑައިގެން، ދެން ގުޅިވަޑައިގެންނެވީ ކުޅިވަރު ވުޒާރާ އަށެވެ. އެހެންކަމުން، މުސްތަޤުބަލުގައި ޖަވާ ވެސް ކުޅިވަރު ވުޒާރާ އިން ފެނިދާނެ ހެއްޔެވެ؟ ފެނުމުގެ ފުރުސަތު ބޮޑޭ ވެސް ދެންނެވިދާނެ އެވެ.

އަނެއްކޮޅުން އަދުގެ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އަކީ މީގެ ކުރިން އެފްއޭއެމްގައި މަސައްކަތް ކުރެއްވި ޚިދުމަތްތެރި އެކެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންގެ މެޑިކަލްގެ ކަންކަން ރާފިޢު ބެއްލެވީ، ޖަވާގެ ދަށުން މަސައްކަތް ކުރައްވަމުންނެވެ. މިހެންވެ ދެ ބޭފުޅުންގެ މެދުގައި ގާތްގުޅުންތަކެއް އޮންނާނެ އެވެ. އެހެންކަމުން، ކުޅިވަރު ވަޒީރު ރާފިޢުގެ މާލިމީކަމުގެ ދަށުން، އެ ވުޒާރާގައި މަސައްކަތް ކުރައްވަން ޖަވާ ވަޑައިގެންފާނެ ހެއްޔެވެ؟

ނަމަވެސް އެފްއޭއެމާއި މިހާރުގެ ސަރުކާރުގެ ކުޅިވަރު މިނިސްޓްރީގެ ގުޅުން އެހާ ރަނގަޅު ކަމަށް ފެނުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ކުރީގެ ސަރުކާރުތަކުން ހެއްދެވި ގޯސްތަކުގެ ސަބަބުން އެފްއޭއެމް ބޮއްސުންލައި، ފުޓްބޯޅަ ފުނޑިގެން ދިއުމުން، އެކަންކަން ހައްލުކުރަން ޖެހިފައިވާތީ އެވެ. ފުޓުބޯޅަ އަށް ދިމާވެފައިވާ ބޮޑު މައްސަލަ ޙައްލު ކުރުމަަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
12 ޖުލައި 2017

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
04 ޖޫން 2017

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު