Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ އެތުލެޓިކްސް މުބާރާތް

ސާއިދު ސްޕޯޓްސް އަށް ތާރީޚީ ކާމިޔާބީއެއް

ސާއިދު ސްޕޯޓްސް އިން ފިރިހެން ބައިގެ އެއް ވަނަ ހޯދީ ޖުމުލަ 171 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2023 | އާދީއްތަ 09:42
ފިރިހެން ބައިގެ އެއް ވަނަ ހޯދި ސާއިދު ސްޕޯޓްސް

ފިރިހެން ބައިގެ އެއް ވަނަ ހޯދި ސާއިދު ސްޕޯޓްސް

ޤައުމީ އެތުލެޓިކްސް މުބާރާތުގައި ސާއިދު ސްޕޯޓްސް އިން ތާރީޚީ ކާމިޔާބީއެއް ހޯދައިފި އެވެ.

ސާއިދު ސްޕޯޓްސް އިން ވަނީ މިއަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ ޓީމުގެ މަޤާމު ހޯދައިފަ އެވެ. އެ މަގާމު ސާއިދު ސްޕޯޓްސް އިން ހޯދީ ޖުމުލަ 171 ޕޮއިންޓާއެކު އެވެ. މިއީ، ފާއިތުވި 18 އަހަރުގެ ތެރޭގައި ދިވެހި ސިފައިންގެ ކުލަބު ނޫން ޓީމަކުން މި ބައިގެ އެއް ވަނަ ހޯދި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި އެ ޓީމަށް ލިބުނީ ދެ ވަނަ އެވެ. އެއީ ޖުމުލަ 168.5 ޕޮއިންޓު ހޯދައިގެންނެވެ. މިއަހަރުގެ ޤައުމީ މުބާރާތުގެ ފިރިހެން ބައިގެ ތިން ވަނަ ހޯދީ، 103.5 ޕޮއިންޓާއެކު ނަސީރު ސްޕޯޓްސް އެވެ.

ދިވެހި ސިފައިންގެ ކުލަބުން ވަނީ 16 ފަހަރު ފިރިހެެން ބައިގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2015، 2016، 2017، 2018، 2019، 2021 އަދި 2022 ވަނަ އަހަރު އެވެ. މީގެ ތެރެއިން 2009 ވަނަ އަހަރާއި، 2020 ވަނަ އަހަރު ޤައުމީ އެތުލެޓިކްސް މުބާރާތް ބާއްވައިފައެއް ނުވެ އެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ބައިގެ އެއް ވަނަ ހޯދީ، އެންމެ ފަހުން ވެސް އެ މަޤާމު ހޯދި ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަން އެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު