Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލް އަށް މުހިންމީ މޮޅުވުން

25 ނޮވެމްބަރު 2023 | ހޮނިހިރު 11:21

އޭނާ ބުނީ މެޗުގެ ނަތީޖާ އަކީ، އެއް ލަނޑުން ބަޔާން މޮޅުވުން ކަމަށާއި، ނަމަވެސް ބައެއް މީހުން އެއަށްވުރެ ބޮޑު ނަތީޖާ އަކަށް އުންމީދު ކޮށްފާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ނޮވެމްބަރު 2023 | ހޮނިހިރު 11:21
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

މެޗެއްގައި ގިނަ ލަނޑުތަކެއް ޖެހުން މުހިންމު ނޫން ކަމަށާއި، މުހިންމީ މޮޅުވުން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޓުޗެލް މިހެން ބުނީ ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ، ބަޔާން އެއް ވަނަ އަށް ޖެހިލުމާއެކު އެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ އަކީ، އެއް ލަނޑުން ބަޔާން މޮޅުވުން ކަމަށާއި، ނަމަވެސް ބައެއް މީހުން އެއަށްވުރެ ބޮޑު ނަތީޖާ އަކަށް އުންމީދު ކޮށްފާނެ ކަމަށެވެ. ނަމަވެސް އޭނާގެ ނަޒަރުގައި އެންމެ މުހިންމީ މެޗުން މޮޅުވުން ކަމަަށް ޓުޗެލް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ޓީމެއްގެ ގޮތުގައި ހަމަޖެހިގެން ކުޅެވުނު ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އެގޮތުން މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވާކަން އޭނާ ފާހަގަ ކުރި އެވެ. އިތުރަށް ޓުޗެލް ވަނީ ބަޔާނަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ދައްކަމުން އަންނަ ކުޅުމަށް ވެސް ތައުރީފު ކޮށްފަ އެވެ. އެގޮތުން މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޭން ވަރަށް ރަނގަޅަށް ޓީމަށް ހޭނިއްޖެކަން ފާހަގަކޮށް ޓުޗެލް ބުނީ، ކޭންގެ ކުޅުމާ މެދު އޭނާ އުފާވާ ކަމަށެވެ. އަދި ބަޔާނުން ކުރިއަށް ދާން ބޭނުންވާ ގޮތާއި، ހޯދަން ބޭނުންވާ ކާމިޔާބީތަކުގައި ކޭންގެ ހިއްސާ ބޮޑުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓުޗެލް ބުނީ، އަބަދު ވެސް މަސައްކަތް ކުރަނީ އެެއް މެޗު ނިމުމާއެކު، ދެން ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ކަމަށެވެ. އެގޮތުން އަބަދު ވެސް ރަނގަޅު ކުރަން ހުންނަ ކަންކަން ފާހަގަވަމުންދާ ކަމަށާއި، އެކަންކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖޫން 2020

އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ

15 ޖޫން 2020
އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި ޓުޗެލް މަޑުކުރާނެ
11 ފެބުރުއަރީ 2020

މާޒިޔާއަށް މުހިންމީ ސަޕޯޓަރުންގެ އެހީ: ސެކުލޮސްކީ

11 ފެބުރުއަރީ 2020
މާޒިޔާއަށް މުހިންމީ ސަޕޯޓަރުންގެ އެހީ: ސެކުލޮސްކީ
25 މެއި 2019

ޕީއެސްޖީގެ އެއްބަސްވުން ޓުޗެލް އާކޮށްފި

25 މެއި 2019
ޕީއެސްޖީގެ އެއްބަސްވުން ޓުޗެލް އާކޮށްފި
21 މެއި 2018

ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ

21 މެއި 2018
ޕީއެސްޖީގެ ކޯޗުގެ މަގާމައި ޓުޗެލް ހަވާލުވެއްޖެ
30 ޖުލައި 2017

ނޭމާ އަށްވުރެ ލަލީގާއަށް މުހިންމީ ރޮނާލްޑޯ އާއި މެސީ: ޖެވިއާ ޓޭބަސް

30 ޖުލައި 2017
ނޭމާ އަށްވުރެ ލަލީގާއަށް މުހިންމީ ރޮނާލްޑޯ އާއި މެސީ: ޖެވިއާ ޓޭބަސް
17 ޖުލައި 2017

ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ

17 ޖުލައި 2017
ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ
22 ޖޫން 2017

އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު

22 ޖޫން 2017
އީގަލްސް ކުރިޔަށްވުރެ ވަރުގަދަ، މެޗުން މޮޅުވުން މުހިންމު: މާޒިޔާ ކޯޗު
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
29 އެޕްރީލު 2017

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް