Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް-ޕީއެންސީ

އިނގިލީގައި ޖެހި ފާހަގަ ނުފޮހެވެނީސް އެ ގޮވަން ފެށީ އިސްތިއުފާ އަށް!

ޕީޕިއެމް އިން ވަކިވެ ވަޑައިގެން، ޔާމީން ވަނީ އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2023 | ހޮނިހިރު 05:37
ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު، މިހާރުގެ ރައީސް ޑރ މުޢިއްޒު ފާހަގަ ދައްކާލައްވަނީ

ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު، މިހާރުގެ ރައީސް ޑރ މުޢިއްޒު ފާހަގަ ދައްކާލައްވަނީ

މިދިޔަ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބު، ޕީޕީއެމް-ޕީއެންސީން ކާމިޔާބު ކުރީ ލައްކަ ގިނަ ވާހަކަތައް ދައްކައިގެންނެވެ. އެކި ގޮތްގޮތަށް އެކި ވާހަކަތަކުގެ ޙަޤީޤަތް އަނބުރައިގެންނެވެ. އޭރު ވެސް، ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، އިންތިޚާބަށް ފަހު، ދެ ޕާޓީގެ ގުޅުން ގޯސްވާނެ ކަމަށެވެ. އިދިކޮޅުގެ މައި ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާއި، އަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ގުޅުން ގޯސްވާނެ ވާހަކަ އެވެ. އެހެންވިޔަސް، އޭރު ދެ ޕާޓީގެ ސަޕޯޓަރުން ބުނަމުން ދިޔައީ އެކަން އެހެން ނުވާނެ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި މައްސަލަ ޖެހި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދުރުވާން ޖެހުނުހެން، ޕީޕީއެމް-ޕީއެންސީ އަށް ނުވާނެ ކަމަށެވެ. އެއަށްވުރެ، ރައީސް ޔާމީނާއި ރައީސް މުޢިއްޒުގެ ގުޅުން ރަނގަޅު ވާނެ ކަމަށެވެ.

ތިން ހާހެއްހާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޕީއެންސީގެ ރައީސް އަދި މިހާރުގެ ރައީސް ޑރ މުޙައްމަަދު މުޢިއްޒު ހުވާ ކުރެއްވީ މީގެ ހަފުތާއެއް ކުރިންނެވެ. ވެރިކަމަށް ހަފްތާއެއް ފުރުން ފާހަގަ ކުރަން ޖެހުނީ ވަރަށް ހިތްދަތި ގޮތަކަށެވެ. ރައީސް މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސް ޔާމީންގެ ފޮޓޯފުޅު ވިއްކަވައިގެންނެވެ. ކެމްޕެއިންގެ ޕޯސްޓަރު ތަކުގައި އޭރުގެ ކެންޑިޑޭޓް މުޢިއްޒު އަދި އިންތިޚާބީ ބައިވެރިޔާ ޙުސެއިން މުޙައްމަދު ލަޠީފް (ސެންބެ) އަށް ވުރެ ކުރީގައި ހުންނަވަނީ ރައީސް ޔާމީން އެވެ. ގައިމު ސަބަބުތަކެއް އޮތަތީ އެވެ. އޭރު ވެސް މީޑިއާ ތަކުގައި ދެކެވޭ އެއް ވާހަކަ އަކަށް އޮތީ، ޙަގީގަތުގައި ރައީސް ޔާމީންގެ ތާއީދު މުޢިއްޒު އަށް ނެތް ކަމަށެވެ. "މުޢިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި" މިހެން ވެސް ރައީސް ޔާމީން ވިދާޅުވެފައި އޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، މިއިން ކޮންމެ ފަހަރަކު ވެސް ޕީޕީއެމް-ޕީއެންސީގެ މުޅި ލީޑަރޝިޕް ފައިބަނީ ޑިފެންސަށެވެ. އެޓޭކުގައި ކުޅުމުގެ ބަދަލުގައި، މުޅި ޓީމު ފޭބީ ޑިފެންސަށެވެ. އެއަށްފަހު ބުނަމުން ގެންދިޔައީ، ރައީސް ޔާމީންގެ ފުރިހަމަ ތާއީދު މުޢިއްޒު އަށް އޮތް ކަމަށެވެ. ބަޔަކަށް ހަޖަމު ނުވެގެން، ދެ ލީޑަރުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރަނީ ކަމަށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ރައީސް ޔާމީން ބޭނުންފުޅު ވަނީ، މުޢިއްޒު އިންތިޚާބުވެވަޑައިގަންނަވަން ކަމަށް ވެސް ބުންޏެވެ. ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު މުޢިއްޒު އަށް އޮތް ކަމަށް ބުނަމުންދިޔައީ، ލަވައެއް ކިޔާ ޢުސޫލުންނެވެ. ކޮންމެ ރަށަކަށް ދިޔަ ނަމަވެސް، ކޮންމެ ތަނެއްގައި ވާހަކަ ދެއްކި ނަމަވެސް، އެހެން ބުނަމުން ދިޔަ އެވެ.

ކެމްޕެއިނުން ދެން ފެނުނީ އެހެން ކަމެކެވެ. ޖަގަހަ ޖަލްސާ އެއް ނުވަތަ ބޮޑު ޖަލްސާއެއް ބޭއްވި ނަމަވެސް، ރައީސް ޔާމީންގެ ނަންފުޅު ޖައްސަވާފައި ހުސް ގޮނޑިއެއް ހުރެ އެވެ. ކަންމަތީ ޖަލްސާއެއް ނަމަ، ރައީސް ޔާމީނަށް ހުސް ޖާގައެއް ވެސް ބައިންދާ ހިސާބުގައި ތިއްބެވީ ހަމަ އިދިކޮޅު ލީޑަރުންނެވެ. އިންތިޚާބަށްފަހު، އެއްވެސް ޖަލްސާ އަކުން، އެއްވެސް އެއްވުމަކުން އެ ގޮނޑިއެއް ނުފެނެ އެވެ. ޖާގައެއް ވެސް ނެތެވެ. އަމުދުން، ރައީސް ޔާމީންގެ ނަންފުޅު ދުލު ކުރިއަށް ވެސް ނާދެ އެވެ. ޤައުމިއްޔަތުގެ ބަހާއިން ފުރިފައިވާ ތަޤުރީއެއް ހުވާ ކުރެއްވުމަށްފަހު ދެއްވި ނަމަވެސް، ރައީސް ޔާމީން އަކީ ހުންނެވި ބޭފުޅެއްކަން ވެސް ހަނދާން ނެތެވެ.

މިއީ އިންތިޚާބަށް ފަހު، ރައީސް ޔާމީނާއި ރައީސް މުޢިއްޒުގެ ގުޅުން ގޯސްކަމުގެ ނިޝާންތައް ކަމަށް އާންމުން ބުނަން ފެށުމާއެކު، އެއްކަލަ ޕީޕީއެމް-ޕީއެންސީގެ ލީޑަރުން ބުނަމުން ދިޔައީ، ރިޔާސީ އިންތިޚާބުގެ ބަލި ހަޖަމު ނުވަނީ ކަމަށެވެ. ވެރިކަމަށް ހަފްތާއެއް ނުވަނީސް މި އިވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ ރައީސް ޔާމީނަށް، ރައީސް މުޢިއްޒު ކެހި ދެއްވި ވާހަކަ އެވެ. އާންމު ބަހުރުވައިން ބުނާނަމަ، ހެޔޮވަރުގެ "ދޯކާ"އެއް ދެއްވީ އެވެ. ގުޅުއްވީމާ ފޯނު ނުނަންގަވާތާ، ކޮށްލާ މެސެޖަކަށް ރިޕްލައި ވެސް ނުކުރައްވަ އެވެ. މި ހުރިހާ ވާހަކައެއް ވިދާޅުވީ، ސީދާ ރައީސް ޔާމީންގެ އެންމެ އިސް ވަކީލު އަދި އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ، ކުރީގެ ނާއިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙުމަދު އެވެ. އެވާހަކަތައް ހިއްސާ ކުރެއްވުމަށް ފަހު ވިދާޅުވީ، ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ ވަޑައިގެންފި ކަމަަށެވެ. އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވި ވާހަކަ އެވެ. އަސްތާ! މިކަން މިހެން ވާނީ ގައިމު ލައްކަ ކަންކަން ހިނގީމަތާ އެވެ.

އެވާހަކަތައް ކުރުކޮށްލާނަމެވެ. ބަދަހި ދެ ލީޑަރުންގެ ގުޅުން ކެނޑެން ހަފުތާއެއް ވެސް ނުނެގި އެވެ. މުޅިން ވަކިވެއްޖެ އެވެ. ތާއީދު ވެސް އަނބުރާ ގެންގޮސްފި އެވެ. ދަންނަވަންތޯ އެވެ! އަދި މި އުޅެނީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާފައި، އިނގިލީގައި ދަމާލި ރޮނގު ބުރީގެ ނިޝާން ރަނގަޅަށް ނުފިލައިގެންނެވެ. މިހާރު އެ ގޮވަނީ އިސްތިއުފާ އަށެވެ. ދެން އިތުރަށް ބުނަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

19 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު